ސަރުކާރުން ފައިސާ ދޫނުކުރާތީ އަމިއްލަ ކުންފުނިތައް އިނދަޖެހެނީ

ފިނޭންސް މިނިސްޓްރީގެ އިމާރާތް. ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ ކުންފުނިތަކުގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ---

ފިނޭންސް މިނިސްޓްރީގެ އިމާރާތް. ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ ކުންފުނިތަކުގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ---

މަސައްކަތް ކުރުވުމަށްފަހު އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދޫނުކުރާތީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއްވެ، ވިޔަފާރި ވެސް ހުއްޓާލަންޖެހޭ ހިސާބަށް ބައެއް ކުންފުނިތައް ގޮސްފި އެވެ.

ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވެ މާލީ ހާލަތު ދަށްވުމާ ގުޅިގެން ކޭޝްފްލޯއަށް ދަތިވެ ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ފައިސާ ނުދެވޭނެކަން ފިނޭންސް މިނިސްޓްރީން ދަނީ ކޮންޓްރެކްޓަރުންނަށް އަންގަމުންނެވެ.

"އަދަދު" ނޫހުން އެކި ކޮންޓްރެކްޓަރުންނާ ގުޅައި އެއްކުރި މައުލޫމާތުތަކުން ކަށަވަރު ކުރެވޭ ގޮތުގައި އެ މިނިސްޓްރީގެ ކޯލް ސެންޓަރަށް ގުޅުމުން އަންގަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ވެސް ފައިސާ ދޫނުކުރަން އަންގާފައިވާ ކަމަށެވެ.

"ބުނަނީ ކޭޝްފްލޯ ދަތިކަން ހުރުމުން ފައިސާއެއް ނެތޭ ދެވޭކަށް. ކުރިއަށް އޮތް ދެ ހަފްތާގައި ވެސް ނުދެވޭނެ ކަމަށް ބުނަނީ. ކުދިކުދި ޕޭމަންޓުތައް ވެސް އެބަހުރި އަޅުގަނޑުމެންނަށް ނުލިބި," ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ކޮންޓްރެކްޓަރަކު ބުންޏެވެ.

ސަރުކާރުން ދޭންޖެހޭ ފައިސާ ދޫނުކުރާތީ މުވައްޒަފުންނަށް މުސާރަ ނުދެވި، ލޯނުތައް ނުދެއްކި، އާ މަސައްކަތްތައް ނުނެގި، ވަރަށް ބޮޑަށް ހާލަތު ދަށްވެފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ކުންފުނިތަކުން ބުންޏެވެ.

"ސަރުކާރުން ދޭންޖެހޭ ފައިސާއެއް އަހަރުމެންނަކަށް ނުލިބޭ. އެކަމަކު ބަރާބަރަށް ޓެކްސް ދައްކަންޖެހޭ. ޓެކްސް ނުދައްކައިފިއްޔާ ޖޫރިމަނާ ކުރާނެ ކަމަށް އެބަ އަންގާ. މިތަނުގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވިގެން މި އުޅެނީ. ދެން ކިހިނެއް ހަދާނީ،" ސަރުކާރުން ފައިސާ ދޭންޖެހޭ އެއް ކުންފުނީގެ ވެރިޔަކު ބުންޏެވެ.

ނަމަވެސް, ފިނޭންސްގެ އޮފިޝަލަކު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުންފުނިތަކާއެކު އެއްބަސްވެފައިވާ ގޮތަށް ފައިސާ ދޫކުރަމުންދާ ކަމަށެވެ.

ފިނޭންސުން އެހެން ބުނި ނަމަވެސް ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮޖެކްޓަކަށް ސަރުކާރުން ދޭންޖެހޭ އެއްވެސް ފައިސާއެއް އޮކްޓޯބަރުން ފެށިގެން ދޫނުކުރާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

މިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު އެކަން ދޮގު ނުކުރައްވައި ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރާއި ނޮވެމްބަރަކީ ދައުލަތުގެ ކޭޝް ފްލޯ ދަށްކޮށް ދާ ދެ މަސް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox