އެމެރިކާ އިންތިހާބު: ބައެއް ސްޓޭޓްތަކުގައި އާލީ ވޯޓިން ފަށައިފި

އެމެރިކާ އިންތިހާބުގެ އާލީ ވޯޓިންއަށް ކިއު ހަދާފައި: އާލީ ވޯޓިން ކުރިއަށްދާނީ އޮކްޓޯބަރު 26، ގެ ނިޔަލަށް -- ފޮޓޯ: އޭޕީ

އެމެރިކާ އިންތިހާބުގެ އާލީ ވޯޓިންއަށް ކިއު ހަދާފައި: އާލީ ވޯޓިން ކުރިއަށްދާނީ އޮކްޓޯބަރު 26، ގެ ނިޔަލަށް -- ފޮޓޯ: އޭޕީ

ކުރިއަށް އޮތް ހަތަރު އަހަރަށް އެމެރިކާގެ ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބަށް ބައެއް ސްޓޭޓްތަކުގައި އާލީ ވޯޓިން ފަށައިފި އެވެ.

އާލީ ވޯޓިން މިހާތަނަށް ކުރިއަށް ދިޔަ ސްޓޭޓްތަކުގެ ތެރޭގައި ޖޯޖިއާ، އެރިޒޯނާ، ޓެކްސަސް، އުތުރު ކެރޮލީނާ، އަލްބާމާ، މިސިސިޕީ، މިޝިގަން ހިމެނެ އެވެ.

އާލީ ވޯޓިންއަކީ ވޯޓުލާން ކަނޑައެޅިފައި އޮތް ދުވަހުގެ ކުރިން ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ތަނަވަސް ކޮށްދީފައި އޮންނަ ފުރުސަތެކެވެ. އެ ފުރުސަތު ދީފައި އޮންނަނީ އިންތިހާބުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރި ކުރުވުމަށެވެ.

އާލީ ވޯޓިންގައި ބޭނުންނަމަ މެއިލް މެދުވެރިކޮށް އަދި ޕޯލިން ސްޓޭޝަނަށް ގޮސްގެން ވެސް ވޯޓުލާން ފުރުސަތު ލިބޭނެ އެވެ،

ވޯޓިން ކުރިއަށް ދާނީ އޮކްޓޯބަރު 26، ގެ ނިޔަލަށެވެ. އަދި ރަސްމީކޮށް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 5، ގަ އެވެ.

ހުރިހާ ވޯޓެއް ގުނުމަށްފަހު އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނެ އެވެ. އަދި އާ ރައީސް ހުވާ ކުރައްވާނީ އަންނަ ޖެނުއަރީ 25، ގަ އެވެ.

މިފަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އެހެން ފަހަރުތަކަކޭ އެއްގޮތަށް ފެނިގެންދާނީ ޑިމޮކްރެޓްސް އަދި ރިޕަބްލިކަންގެ ފަރާތުންނެވެ. އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ވާދަ ކުރައްވާއިރު، ރިޕަބްލިކަންއިން ވާދަ ކުރައްވާނީ ޑޮނަލްޑް ޓްރަމްޕް އެވެ.

އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ކުރިން ވާދަ ކުރައްވާ ގޮތަށް ހަމަޖެހިފައި އޮތީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. ނަމަވެސް ފަހުން ބައިޑެން ވަނީ ރޭހުން ފަހަތަށް ޖެހި ކަމަލާއަށް ފުރުސަތު ދޫކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox