ސަރުކާރުގެ މުއައްސަސާތައް ކައިރިއަށް ރައްޔިތުން އެއްވާން ޔާމީން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނު މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ ސަރުކާރުގެ ސަރުކާރުގެ މުއައްސަސާތައް ކައިރިއަށް ރައްޔިތުން އެއްވާން ގޮވާލައްވާފަ ---- ފޮޓޯ: މިރާން ނާޝިމް / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ ސަރުކާރުގެ ސަރުކާރުގެ މުއައްސަސާތައް ކައިރިއަށް ރައްޔިތުން އެއްވާން ގޮވާލައްވާފަ ---- ފޮޓޯ: މިރާން ނާޝިމް / އަދަދު

ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ދޮށަށް އެއްވެ އެ ތަންތައް ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް ގާނޫނުން ބާރުދީ މަގާމުތައް ދީފައި ތިބި މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން އެ މީހުން ކުރި ހުވަޔާ އެއްގޮތަށް ޒިންމާތައް އަދާކުުރުމަކީ ރައްޔިތުން ބާރުވެރިކުރުވަން ކުރަން ޖެހޭ ކަންކަން ކަމަށެވެ.

ރައްޔިތުން ބާރުވެރި ވަނީ ކޮންމެފަހަރަކު މަގުމައްޗަށް ނުކުންނަން ޖެހޭ ހިސާބުން ނޫން ކަމަށާއި އެހެން ނަމަވެސް މުއައްސަސާތައް ހަމަމަގަށް އެޅުވުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަަމަށްވެސް، މިހާރު ވެރިކަންކުރާ ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު ވިދާޅުވި އެވެ.

"އެކަމަކު ރައްޔިތުންގެ ބާރުގެ ތެރޭގަ ހިމެނޭ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިހާރު ހުށަހެޅިފަ ހުރި މައްސަލަތައް ނުބަލާ ހުރީ ކީއްވެތޯ ބަލަން ރައްޔިތުން އެތަނަށް އެއްވުން. ސްޓެލްކޯ އިން ކަރަންޓު ބިލުން ރައްޔިތުން ފެލައިލާތީ އެތަނަށް އެއްވާން ޖެހޭ ރައްޔިތުންގެ ބާރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ސްޓެލްކޯގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފެނަކައިންވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުމާލުވެ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ޔާމީނު ރޭ ތުހުމަތުކުރެއްވި އެވެ.

"މުއައްސަސާތަކެއް ނުހިނގަ. އެއްވެސް މުއައްސަސާއެއް ހިނގަނީއެއް ނޫން. އެއްވެސް މުއައްސަސާއެއް ހިނގަނީއެއް ނޫން. ކޮންމެ މީހަކުވެސް ބުނަނީ ތިމަންނަގެ ވަޒީފާ ގެއްލިދާނެތީއޭ. އެކަމަކަށް ނޫނެ އެމީހުން މަގާމުތަކަށް އައްޔަންކޮށްފަ ތިބީކީ. މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރަނީ މަގާމުގެ ޒިންމާ އަދާކުރުމަށްޓަކައި."

ޔާމީނު ވިދާޅުވީ މިފަދައިން ކަންކަން ހިނގަމުންދާއިރު ސިޔާސީން މިއީ ޅަފަތުގަ އޮތް ޑިމޮކްރަސީއެއް ކަމަށް ބުނު އުޒުރުދައްކާ ކަމަށެވެ. ނަމަވެސް ޅަފަތުގައި އޮތީ ޑިމޮކްރަސީ ނޫން ކަމަށާއި ޅަފަތުގައި އޮތީ އިންސާނާގެ ސިކުނޑި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި، ނޫސްތަކަށް އަރާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޕީޖީ ފަދަ މާގަމުތަކުގައި ތިބި މީހުން ފުލުހުންނަށާއި އޭސީސީއަށް ހުށަހަޅާ އެކަންކަން ތަހުގީގުކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox