ޓެކްސް ބޮޑު ކުރަން ރިސޯޓު އޯނަރުން ނުރުހިދާނެ، އެކަމަކު އެއީ ގައުމު ސަލާމަތް ކުރަން ކުރަންޖެހޭ ކަމެއް: ފަލާހު

މެޖޯރިޓީ ލީޑަރު ފަލާހު: ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޓެކްސް ބޮޑު ކުރަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް

މެޖޯރިޓީ ލީޑަރު ފަލާހު: ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޓެކްސް ބޮޑު ކުރަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ރިސޯޓު އޯނަރުން ނުރުހިދާނެ ކަމަށާއި ނަމަވެސް "ގައުމު ސަލާމަތް ކުރަން" ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަންޖެހޭ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެނެސް، ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް އަދި ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑު ކުރަން ހުށަހަޅާފައި އޮތް ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެއީ ގައުމަށްޓަކައި ގެންނަންޖެހޭ ހެޔޮ ބަދަލެއް ކަމަށެވެ.

"ވެދާނެ މިއީ ފަހަރެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރިސޯޓު އޯނަރުންނާއި ނޫނީ އެ ނޫން ވެސް އެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް އެންމެ ހިތްގައިމު ކަމަކަށް ނުވެދާނެ [ޓެކްސް ބޮޑުކުރުން]،" ފަލާހު ވިދާޅުވި އެވެ. "މި ރާއްޖެއަށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަދު ކޮންމެހެން ވެސް ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހިފައިވާ ކަމެއް."

ޓެކްސް ބޮޑު ކުރުމުގެ ބިލަށް ރިސޯޓު އޯނަރުން ނުރުހިދާނެ ކަމަށް ފަލާހު ވިދާޅުވީ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދަށް ރައްދެއް ދެއްވުމަށް ކަމަށް ބެލެވެ އެވެ. ފަލާހު ވާހަކަ ދެއްކެވީ ސިޔާމަށް ފަހެވެ. ސިޔާމަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގާ އެކަކެވެ. ސިޔާމް މިއަދު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑު ކުރުމަކީ ލިބޭނެ ގެއްލުމެއް ކަމަށެވެ.

"މި ގައުމަށް ލާރި ވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިޔާގައި އޮތް އެންމެ، ހަގީގަތުގައި ބުނާ ނަމަ އެންމެ މުއްސަނދި ގައުމު ވެސް މެ ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާއިރު. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ލިބޭ ޓެކްސްގެ ތެރެއިން، ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާމު ދެ ބިލިއަން ޑޮލަރު ކޮންމެ އަހަރަކު މި އަޅާލަނީ ކަނޑަށް،" ސިޔާމް ވިދާޅުވި އެވެ.

އެ ބިލަށް ވާހަކަ ދެއްކެވި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެންބަރު މުމްތަޒިމް އިބްރާހިމް އާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ އިސްލާހުތަކަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެ މެންބަރުން ވިދާޅުވީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން ދިވެހި ރައްޔިތުންނަށް އެއިން އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން، ދައުލަތުގެ އާމްދަނީ އިތުރުވެ، ލޯނު ނުނަގައި، ގައުމު ހިންގޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"މިއީ މިވަގުތަށް ވަރަށް މުހިންމު ބިލެއް. ހާއްސަކޮށް އަޅުގަނޑުމެންގެ އިގްތިސާދު މިވަގުތު އޮތް ގޮތުން، ދިވެހިންގެ ޖީބަށް ބުރަ ނުވާނެ ގޮތަކަށް އާންމު ރައްޔިތު މީހާއަށް އުނދަގޫނުވާނެ ގޮތަކަށް އާމްދަނީ އިތުރުވާނެތީ، މި ބިލު އަޅުގަނޑުމެންނަށް މުހިންމުވަނީ،" ސައުދުﷲ ވިދާޅުވި އެވެ.

ނަމަވެސް އެ ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ވާހަކަ ދެއްކެވީ ބިލާ ދެކޮޅަށެވެ. އޭގެ ތެރޭގައި މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނެ އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު ޓެކްސް ބޮޑު ކުރުމާ ގުޅިގެން މި ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު، އެރައިވަލްސްތައް ބޮޑުތަނުން މަދުވެގެންދާނެ. މީގެ ފައިދާ ކުރާނީ ކައިރި ހުރި އަވައްޓެރި ގައުމުތަކަށް އިއްޒަތްތެރި ރައީސް. އެބޭފުޅުން އެ އަތް ޖަހަނީ މިހާރު،" ނާޒިލް ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގައި ކަނޑައަޅާފައި ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox