ސިނގިރޭޓު ފޮށްޓެއްގެ އަގު 300ރ. އާ ގާތްކުރާނެ

ސިނގިރޭޓު ފޮށްޓެއްގެ އަގު 300ރ. އާ ގާތްކުރާނެ

ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމަށް ކަމަށް ބުނެ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނު ބަދަލުކުރުމާ އެކު ސިނގިރޭޓު ފޮށްޓެއްގެ އަގު 300ރ. އާ ގާތްކުރާނެ ކަމަށް ބެލެވިއްޖެ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ގާނޫނު އިސްލާހުކުރަން ހުށަހަޅާނެކަން ހާމަކުރެއްވީ މިއަދު ހެނދުނު ރައީސް ޑރ. މުހަައްމަދު މުއިއްޒު އެވެ.

މި ބަދަލާ ގުޅިގެން ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ ދުންފަތުގެ ބާވަތް ކަމަށްވާ ސިނގިރޭޓުގެ އަގަށް އަންނާނެ ބަދަލުތަކާ ގުޅޭ މައުލޫމާތުތައް "އަދަދު" ނޫހުން އެއްކުރުމުން ގާތްގަނޑަކަށް ދެތިން ގުނަ ކޮންމެ ސިނގިރޭޓު ފޮށްޓަކުން ބޮޑުވާނެކަން ވަނީ އެނގިފަ އެވެ.

ރާއްޖޭގެ ފިހާރަތަކުން މިވަގުތު ސިނގިރޭޓު ފޮށްޓެއް ވިއްކަނީ 105ރ. އާއި 112ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިއަދު ވެސް ސިނގިރޭޓު ކާޓަނެއްގެ އަގު ހުރީ 995ރ. އަށެވެ.

ސިނގިރޭޓަކަށް އިތުރުވާ 5ރ. އާއެކު ސިނގިރެޓެއް 9ރ. ގެ ރޭޓުން ބަލައިގެން 180ރ. އަށް 20 ސިނގިރޭޓު އޮންނަ ފޮއްޓެއްގެ އަގު އަރާނެ އެވެ. ބައި ރުފިޔާގެ ރޭޓުން ކޮންމެ ސިނގިރޭޓަކަށް ދައްކަން ޖެހޭ އިންވޮއިސް ފީއާއެކު 10ރ. އިތުރުވާނެ އެވެ. ޖީއެސްޓީ ކަލްކިއުލޭޓް ކުރާނީ ފޮށްޓަކަށް 190ރ. އިން އަށް ޕަސެންޓުގަ އެވެ. އެހެންކަމުން ގާތްގަނޑަކަށް ފޮށްޓެއްގެ އަގު 205ރ. އަށް އަރާނެ އެވެ.

މިއީ ވިޔަފާރި އުސޫލުން ވިއްކާ އެއްޗެއް ކަމަށްވާއިރު އާންމު މީހާއާ ހަމައަށް ސިނގިރޭޓު ފޮއްޓެއް ދާނީ ޓެކްސްތަކާއި ޑިއުޓީގެ ބޭރުން ހިނގާ ހުރިހާ ހަރަދެއް ކަވަރުވާ ގޮތަށް ހަދާ ވިޔަފާރީގެ ފައިދާ ހިމަނައިގެންނެވެ.

ފައިދާއަށް 50ރ. އިތުރުކުރުމުން ވެސް ފޮށްޓެއްގެ އަގު 255ރ. އަށް އަރާނެ އެވެ. މި ހަބަރަށް އެކި މަސްދަރުތަކުން އެއްކުރި މައުލޫމާތުތަކުން ކަށަވަރު ކުރެވޭ ގޮތުގައި ފައިދާގެ ގޮތުގައި 70ރ. އަށްވުރެ ބޮޑުކޮށް ސިނގިރޭޓު ވިއްކާ ވިޔަފާރިތަކުން ނަގާނެ އެވެ. އެހެންކަމަށް ވެއްޖެނަމަ ފޮށްޓެއްގެ އަގު 275ރ. އަށްވުރެ އިތުރުވާނެ އެވެ.

ދުވާލަކަށް ސިނގިރޭޓު ފޮށްޓެއް ބޯ މީހަކު މަހެއްގެ މައްޗަށް ހަރަދުކުރަނީ ގާތްގަނޑަކަށް 3,000ރ. އެވެ. ޑިއުޓީ ބޮޑުކުުރުމުން ސިނގިރޭޓު ފޮއްޓެއްގެ އަގު އުފުލުމުން އޭރުން މަހަކު 8,000ރ. އަށްވުރެ އިތުރަށް ދުވާލަކު ފޮށްޓެއް ބޯ މީހަކު ހަރަދުކުރަން ޖެހޭނެ އެވެ.

ސިގަރެޓް އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތައް

  • ޑިސެމްބަރު 2011 - ސްޕެސިފިކް ރޭޓް 0.90ރ. އަށް ހެދުން
  • އެޕްރީލް 2015 - ސްޕެސިފިކް ރޭޓް 1.25ރ. އަށް ބޮޑުކުރުން
  • މާޗު 2017 - ސްޕެސިފިކް ރޭޓް 2ރ. އަށް ބޮޑުކުރުން
  • އޮގަސްޓު 2020 - ސްޕެސިފިކް ރޭޓް 3ރ. ބޮޑުކުރުން
  • ނޮވެމްބަރު 2024 - ސްޕެސިފިކް ރޭޓް 8ރ. އަށް މަތިކުރުން

ގާނޫނަށް ގެންނަ ބަދަލުތައް

ރައީސް މުއިއްޒުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ބޮޑުކުރަން ގާނޫނަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމަވާފައިވާ ކަމަށެވެ.

މަޖިލީހަށް ފޮނުވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

  • އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން
  • މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން

ސިނގިރޭޓު ފޮށީގެ އިތުރުން އެހެން ހުރިހާ ބާވަތެއްގެ ދުންފަތުގެ އަގުތައް ވެސް ބޮޑުތަނުން އުފުލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox