ރައީސްގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް މިމަހު ވެސް ބައިލައްކަ ރުފިޔާ ދީފި

"ރައީސް މުއިއްޒުގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދޭއިރު، އެ ފައިސާ ހޯދަނީ ކޮންތަކުން ކަމެއް ނޭނގެ، ރައީސުލްޖުމްހޫރިއްޔާގެ މަހު މުސާރައަކީ 100،000ރ. -- އާޓްވޯކް: އިސްމާއިލް އިމްދާދު

"ރައީސް މުއިއްޒުގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދޭއިރު، އެ ފައިސާ ހޯދަނީ ކޮންތަކުން ކަމެއް ނޭނގެ، ރައީސުލްޖުމްހޫރިއްޔާގެ މަހު މުސާރައަކީ 100،000ރ. -- އާޓްވޯކް: އިސްމާއިލް އިމްދާދު

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވަމުން އަންނަ ނަގުދު ބައިލައްކަ ރުފިޔާ މިމަހު ވެސް ދީފި އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިމަހުގެ ފައިސާ ދީފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން އެކަން "އަދަދު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެ މެންބަރުން ވިދާޅުވީ މިމަހު ގިނަ މެންބަރުންނަށް ފައިސާ ދިނީ މީގެ ކުރިން ދެމުން އައި ގޮތާ ހިލާފަށް ގޭގެއަށް ގޮސް "އަތުން އަތަށް" ކަމަށެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތުން މިދިޔަ މަހު ވެސް ވަނީ ފައިސާ ދީފަ އެވެ. އެގޮތުން މިދިޔަ މަހު ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަސް 75،000ރ. ރައީސްގެ ފަރާތުން ދެއްވިކަމަށް ޕީއެންސީގެ ބައެއް މެންބަރުން މި ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.

މިދިޔަ މަހު ފައިސާ ބެހި ރޭ ރައީސް މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުން ނެރެގެން ގެންދިޔަ ކަޅު ދަބަހެއް ޕީއެންސީ އޮފީހަށް ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލީ ވެއްދި އެވެ. އެ ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ އަދި ކޮން ބޭނުމެއްގައި ޕީއެންސީ އޮފީހަށް ގެންދިޔަ ދަބަހެއްތޯ ސުވާލު ކުރަން މުހައްމަދު އަލީއަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

ހަމަ އެ ރޭގެ އެ ވަގުތު ޕީއެންސީގެ އޮފީހަށް އެތައް ބައިވަރު މަޖިލިސް މެންބަރުން ވަދެ ނުކުތް މަންޒަރު އެ ސަރަހައްދުގައި ހަރަކާތްތެރިވި މި ނޫހުގެ ނޫސްވެެރިންނަށް ފެނުނެވެ. އަދި، މި ނޫހުގެ ކެމެރާތަކަށް އެ މަންޒަރުތައް ރިކޯޑު ވެސް ކުރި އެވެ.

ނަމަވެސް އެރޭ ޕީއެންސީ އޮފީހުން ފައިސާ ލިބުނުކަން އެ މެންބަރުން އިންކާރު ކުރެއްވި އެވެ. ޕީއެންސީ މެންބަރުންނަށް ބެހި ކަމަށް ބުނާ ފައިސާ ހޯދީ ކޮންތަނަކުންތޯ އެ ޕާޓީގެ ލީޑަޝިޕުގެ ބޭފުޅުންނާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު ފައިސާ ދެއްވާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެ މައްސަލަ ބަލާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މުލިއާގޭގައި މެއި 22، ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށްފަހު ފާއިތުވި ހަތަރު މަހު ވެސް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް، 50،000ރ. ގެ މަގުން ފައިސާ ދީފައިވާކަން ޕީއެންސީގެ ބައެއް މެންބަރުން ކަށަވަރު ކޮށްދީފައިވެ އެވެ.

ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

"ރައީސްގެ ފަރާތުން" ދެއްވާ ފައިސާއާ ނުލައި ވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބޭނެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވަން ނިންމަވައި، އެކަން އިއުލާނު ކުރެއްވި ބައްދަލުވުމުގައި، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ އެގޮތަށް އެކަން ނުކުރުމަށް ބައެއް މެންބަރުން އެދުވަހު ރައީސްގެ އަރިހުން އެދުނު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން މައުލޫމާތު ދިނެވެ.

ނަމަވެސް "އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެކަން އެމަގުން ކުރައްވަމުން ގެންދަވަނީ ކަމަށް އެމީހުން ބުންޏެވެ.

އެ ފައިސާގެ އިތުރުން ޕީއެންސީގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންނަށާއި ޕީއެންސީ ހިންގުމަށް ވެސް "ރައީސްގެ ފަރާތުން" ފައިސާ ދޭ ކަމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ މި ނޫހަށް މައުލޫމާތު ދީފަ އެވެ. އެ ފައިސާގެ ޖުމުލަ އަދަދު ހަ މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް އެ ބޭފުޅުން މި ނޫހަށް ކަށަވަރު ކޮށްދިނެވެ.

"ރައީސް މުއިއްޒުގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދޭން ފައިސާ ހޯދަނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަހު މުސާރައަކީ އެންމެ 100،000ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox