އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި އިލްމުވެރިން ވެސް މިހާރު ދައްކަނީ ނުވާނެ ހުއްޖަތް: ޔާމީން

ޕީއެންއެފްގެ ޖަލްސާއެއްގައިި ރައީސް ޔާމީން މީގެ ކުރިން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު ފައިލް

ޕީއެންއެފްގެ ޖަލްސާއެއްގައިި ރައީސް ޔާމީން މީގެ ކުރިން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު ފައިލް

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ދިގުލައިގެން ގޮސް އަހަރު ދުވަސް ވާން ކައިރިވީއިރު، ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ފަރާތުން ވެސް މިހާރު އިވެނީ އެކަން ކޮށްފި ނަމަ ވާނެ ގެއްލުމުގެ ވާހަކަ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަކީ ޓޫރިޒަމަށް ގެއްލުންވެދާނެތީ ނުކޮށް ތިބޭވަރު ކަމެއް ނޫން ކަމަށާއި އެ ގައުމުން ރާއްޖެއަށް އަންނަނީ މަދު ފަތުރުވެރިންތަކެއް ކަމަށެވެ.

ޕާސްޕޯޓު މަނާ ކުރަން ބުނިތާ އަހަރު ވާން ކައިރިވެފައިވާއިރު، އެކަމުގައި މިހާރު އެކި ފަރާތްތަކުން ދައްކަވާ ވާހަކަ ބަދަލުވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެންގެ ދީނީ އިލްމުވެރިން ވެސް މީގައި ނުވާނެހައި ހުއްޖަތެއް އެބަ ދައްކާ، އެކަމަކު އޭގެ ކުރިން މިއީ ކުރަންޖެހޭ ކަމެއް ކަމަށް، ނައޫޒުބިﷲ އިނގޭތޯ އެމީހުން މިތަނަށް އަންނާތީ، އަޔަދޭތީ ނައޫޒުބިﷲ މިހާރު އައޫޒުބިﷲ އިނގޭތޯ؟ މިހާލެއްގައ މިދަނީ މިއީ ކޮން ހިޕޮކްރިސީއެއްހެއްޔޭ؟" ޔާމީން ސުވާލު އުފެއްދެވި އެވެ.

ގާނޫނަށް ގެންނަޖެހޭ ބަދަލުތައް ގެނެެސްގެން އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ކެބިނެޓުން ނިންމީ ޖޫން 2024، ގަ އެވެ. އޭގެ ތިން ދުވަސް ކުރިން އެގޮތަށް ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އޮތީ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކެބިނެޓުން ނިންމިތާ 10 ދުވަސް ފަހުން ބަންޑާރަ ނައިބު، އުޝާމް ވަނީ އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ސަރުކާރާއި އުޝާމަށް ފާޑުކިޔެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ލަސްވެގެންދާ ސަބަބާ ގުޅޭގޮތުން ސެޕްޓެމްބަރު 10، ގައި ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވީ އެކަން ނުކުރެވި އޮތީ މަޖިލިސް ޗުއްޓީގައި އޮތުމުން ކަމަށެވެ. ނަމަވެސް މަޖިލީހުން ޗުއްޓީއަށް ދިޔައީ ވަޒީރުންގެ މަޖިލީހުގެ ނިންމުމަށް 88 ދުވަސް ފަހުން އޮގަސްޓު 22، ގަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް މިހައި ދިގުލައިގެން ދިޔައިރު، އަދިވެސް އެކަން ކުރަން ސަރުކާރުން ނޫޅޭ ކަމަށެވެ.

"[މަޖިލީހަށް] ފޮނުވާލައިފައި އެ އޮންނަނީ މަޖިލީހުގައި، އެކަމެއް ނިންމާކަށް ނޫޅޭ، ދެން ހަމަ، ދިދަޔާ ދިމާލަށް ބަލާފައި ފަލަސްތީނުގެ ކެފިޔާ އަޅާފައި، ފަލަސްތީނު މީހުން ރޯތީވެ، އެއަށްވުރެ ބޮޑަށް ރޮއެފައި އުޅުން، މިއަކުންނެއް އެމީހުންގެ ހިތުގެ ޝުއޫރެއް އަޅުގަނޑުމެންނަކަށް ނުފެނޭ އިނގޭތޯ؟" ޔާމީން ވިދާޅުވި އެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މި ނިންމުން ލަސްވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅަނގުގެ ބާރުތަކުން ކުރިމަތިކުރަމުންދާ ޕްރެޝަރުތަކުގެ ސަބަބުންނެވެ. އެގޮތުން މި ސަރުކާރުން އިޒްރޭލުގެ ގަތުލުއާންމަށް އެންމެ ބޮޑަށް ތާއީދުކޮށް އެހީވާ އެމެރިކާއާއެކު ބާއްވަމުންދާ ގާތް ގުޅުން އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox