ރައީސް ވިދާޅުވީ "ވިޝަން ޑޮކިއުމެންޓު" އާ ގުޅޭގޮތުން ހަބަރު ގެނެސްދިން ނޫސްވެރިން ދޮގު ހެދީ ކަމަށް

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު: ރައީސް ވިދާޅުވީ "ވިޝަން ޑޮކިއުމެންޓު" އާ ގުޅޭގޮތުން ހަބަރު ގެނެސްދިން ނޫސްވެރިން ދޮގުހެދީ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު: ރައީސް ވިދާޅުވީ "ވިޝަން ޑޮކިއުމެންޓު" އާ ގުޅޭގޮތުން ހަބަރު ގެނެސްދިން ނޫސްވެރިން ދޮގުހެދީ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުގައި އެ ގައުމާއެކު އެއްބަސްވި ކަންކަން ހިމެނޭ ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމަންޓު" އާ ގުޅޭގޮތުން ހަބަރުތައް ގެނެސްދިން ނޫސްވެރިން ދޮގު ހަދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ވިޝަން ޑޮކިއުމެންޓު އެކުލަވާލައި ޝާއިއުކުރީ ހޯމަ ދުވަހު އެވެ. އެ ޑޮކިއުމެންޓުގެ އިނގިރޭސި ތަރުޖަމާ ރައީސް އޮފީހުގައި ޝާއިއުކުރުމާއެކު މި ނޫހުން ވާނީ އިންޑިއާއާއެކު އެއްބަސްވި ސަލާމަތީ، ސިއްހީ، ތައުލީމީ، އަދި ތަރައްގީއާ ގުޅޭ މުހިންމު ކަންކަން ގެނެސްދީފަ އެވެ.

އޭގެތެރޭގައި އިންޑިއާއާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަށް އެއްބަސްވީ ކަންކަންވެސް ހިމެނެ އެވެ. އެއާއެކު އިދިކޮޅާ ރައްޔިތުންވެސް ވަނީ ސަރުކާރަށާއި ރައީސް މުއިއްޒުއަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައްދު ދެއްވަމުން ރައީސް ރޭ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިންޑިއާއާއެކު ގުޅުން އޮތް ގޮތަށް އެނބުރި މި ސަރުކާރުން ދާނެ ކަމަށް ވިސްނައިދޭން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެންމެ މުހިންމީ ރާއްޖޭގެ މިނިވަންކަން ކަމަށްވެސް ވިދާޅުވި އެވެ.

"ބައެއް ނޫސްތަކުގެ އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ ގައުމާ ބެހޭގޮތުން. މި ހާރިޖީ ސިޔާސަތަށް ފާޑުކިޔުމަށް ހަގީގަތަށް ހިލާފަށް. ބައެއް ނޫސްތަކެއް ނޫން އެންމެ ނޫހެއް ދެ ނޫހެއްގަ ފެނުނީ، ގިނަ ނޫސްވެރިން. ޖާނަލިޒަމްގެ ދާއިރާގެ އުޅުއްވާ ބޭފުޅުން ވަރަށް ޒިންމާދާރު," ރައީސް ވިދާޅުވި އެވެ.

ގިނަ ނޫސްވެރިން ހުރިހާ ކަމެއްގައިވެސް ޒިންމާދާރު ކަމަށާއި އެކަމަށް "ތެދު ހަދާ" ނޫސްވެރިންނަށް ރައީސް ރޭ ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގައި އެހެން ގައުމެއް ސިފައިން ވަޒަންވެރިވާނޭ، އަޅުގަނޑުމެންގެ ކަންކަން ކުރުމުގައި އެހެން ގަައުމެއްގެ އަތްމައްޗަށް ކަންތައްތައް ދޫކޮށްލާނޭ. ނޫން. އަޅުގަނޑުމެން މި ދަތުރުގައި އިއުލާނުކުރި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ނިންމައިގެން އިއުލާނުކުރި ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީއަކީ ލިޔެވިފައި އޮތް އެއްޗެއް،" ނޫސްވެރިން ހަވާލާދިން ލިޔުމާ ގުޅުވާ ރައީސް ރޭ ވިދާޅުވި އެވެ.

ރައީސް ރޭ ވާހަކަ ދައްކަވަމުން އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގަދީމީ ގުޅުމެއް އޮތް ގައުމެއް ކަމަށާއި ރާއްޖޭގެ އެންމެ ގާތް މިތުރުގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ކެމްޕޭނުގަ އަދި ވެރިކަމުގެ ކުރީކޮޅު އެ ގައުމާ ދެކޮޅަށް ގެންގުޅުއްވި ބަސްމަގު އެކީހެން ވަނީ ބަދަލުކުރައްވާފަ އެވެ.

ވިޝަން ޑޮކިއުމެންޓުގައި އެއްބަސްވި ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ދޮގުހެދި ކަމަށް ރައީސް ވިދާޅުވުމާއެކު މި ނޫހުން ވާނީ އެ ޑޮކިއުމެންޓުގެ ފުރިހަމަ ދިވެހި ތަރުޖަމާއެއްވެސް އާންމުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox