ހުލާސާކޮށް އިއްޔެ: އެއްބަސްވި ކަންކަމުން ހައިރާންކަން

Oct 9, 2024, 1:28 AM
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކުރިން ދެއްކެވީ އިންޑިއާގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާނެ ކަމުގެ ބިރުގެ ވާހަކަ އެވެ. އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެފައި އޮތް އޮތުމާއި ހަނިމާދޫ އެއާޕޯޓާއި އުތުރު ތިލަފަޅާއި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ހެދުމުގެ ނުރައްކާ ބޮޑު ވާހަކަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ކުރި އެވެ. އިންޑިއާ އަށް ކުޑައިމީސްކޮށް، ރައީސް މުއިއްޒު އާއި އެ މަނިކުފާނުގެ ސަރުކާރުގެ ވެރިންވެސް ވާހަކަ ދެއްކެވި އެވެ.

މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސް މުއިއްޒު އުނބަށް ޖައްސަވައި، ގިނަ ކަންތައްތަކަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ދެ ގައުމުގެ މަޝްވަރާތަކަށް ފަހު ނެރެފައިވާ ޖޮއިންޓް ޕްރެސް ރިލީޒްގައި ހިމެނޭ ބައެއް ކަންކަން ހިމަނައިލާނަމެވެ.

  • ހދ އަތޮޅުގައި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް ގާއިމުކުރުމާއި، "އެގްރިކަލްޗާ އިކޮނޮމިކް ޒޯން" ގާއިމުކުރުމާއި، އިންޑިއާގެ އެހީގައި ހއ. އަތޮޅުގައި މަސް ޕްރޮސެސްކުރުމާއި ކޭނިން ފެސިލިޓީ ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުން
  • އިންޑިއާގެ ފާމަކޮޕިއާގެ އަގު ވަޒަންކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރުމާއި، އިންޑިއާއިން އަގު ހެޔޮ، ފެންވަރު ރަނގަޅު ޖެނެރިކް ބޭސް ތައް ފޯރުކޮށްދީ، ރާއްޖޭގެ ސިއްހީ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ-މޯލްޑިވްސް ޖަން އޯޝަދީ ސެންޓަރުތައް ޤާއިމުކުރުން.
  • އިންޑިއާގެ ފާމަކޮޕިއާ ދިވެހި ސަރުކާރުން ބަލައިގަތުމަށްފަހު، ރާއްޖޭގައި ގާއުމު ކުރެވޭ އިންޑިއާ-މޯލްޑިވްސް ޖަން އޯޝަދީ ސެންޓަރުތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދިނުން.
  • އިމާޖެންސީ މެޑިކަލް އިވެކުއޭޝަންތައް ހެދުމަށްޓަކައި ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުން.
  • ރާއްޖޭން އިސްކަންދޭ ގޮތުގެ މަތިން، ކަނޑުމަތީގެ އަދި ސަލާމަތީ ކަންކަން ކުރިއެރުވުމުގައި، ސިފައިންނާއި، ދިވެހި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް، ދިފާއީ ޕްލެޓްފޯމްތައް (އަސްކަރީ އުޅަނދުތައް) އަދި އެސެޓްތައް ރާއްޖެއަށް ފޯރުކޮށްދިނުމަށް
  • ރާޑަރު ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ފޯރުކޮށްދީ އެމްއެންޑީއެފްގެ ސަވައިލަންސް އަދި މޮނިޓަރިންގެ ގާބިލުކަން އިތުރުކުރުން
  • ހައިޑްރޯގްރެފިކް ކަންކަމުގައި، ދިވެހި ސަރުކާރުން ބޭނުންވާ ގޮތުގެމަތިން، ކެޕޭސިޓީ ބިލްޑިން އާއި ތަމްރީނުގެ ޒަރިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުން

އިތުރު ގިނަ ކަންތައްތަކަށް ވެސް ދެ ގައުމުން އެއްބަސްވި އެވެ.

އިންޑިއާ އައުޓު ކެމްޕޭނުން ވެރިކަން ހޯއްދެވި ރައީސް މުއިއްޒު ރާގު ބަދަލުކޮށް، އަދި އިންޑިއާ ގުޅުން ބަދަހިކޮށް، ތައުރީފު އޮއްސަމުން ގެންދަނީ، ސަރުކާރުގެ ހަރަދު ބޮޑުވުމާއި މާލިއްޔާ މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން ބޮޑުވެ، ރާއްޖެ ދަރާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.

އިންޑިއާ އިން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕެއްގެ ދީފަ އެވެ.

މިހާތަނަށް އިންޑިއާއިން ފިޔަވައި ރައީސް މުއިއްޒުގެ ސަރުކާރަށް މާލީ ލުޔެއް ދީފައެއް ނުވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox