ތާރީހީ ކަމެއް، ޖޭމްސް ދެބަފައިން އެކުގައި މެޗަކަށް

Oct 8, 2024, 9:48 AM
ލެބްރަން (ވ) އާއި އޭނާގެ ދަރިފުޅު ބްރޯނީ (ކ).

ލެބްރަން (ވ) އާއި އޭނާގެ ދަރިފުޅު ބްރޯނީ (ކ).

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 8) - ޕްރީ ސީޒަަން މެޗެއްގައި ފީނިކްސް ސަންސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި، ލޮސް އެންޖެލްސް ލޭކާސް (އެލްއޭ ލޭކާސް) އަށް ކުޅޭ ބާސްކެޓްބޯޅަ ލެޖެންޑް، ލެބްރަން ޖޭމްސް އާއި އޭނާގެ ދަރިފުޅު، ބްރޯނީ ޖޭމްސް އެކުގައި ފުރަތަަމަ ފަހަރަށް ރަސްމީ މެޗެއްގައި ކުޅެފި އެވެ.

މީގެ ކުރިން ބައްޕަ އާއި ދަރިފުޅު، އެންބީއޭ ލެވަލްގެ އެއްވެސް މެެޗެއްގައި އެކުގައި ކުޅެފައި ނުވެ އެވެ. އެހެންކަމުން، ޖޭމްސް ދެބަފައިންނަށް މި ހާސިލްކުރެވުނީ ތާރީހީ ކަމެކެވެ.

ލެބްރަން ޖޭމްސް، 39 އާއި ބްރޯނީ ޖޭމްސް، އެކުގައި ފުރަތަމަ ފަހަރަށް މެޗެއްގައި މި ގޮތަށް ކުޅުނުއިރު، މި މެޗު ކުޅެފައިވަނީ ބްރޯނީ ޖޭމްސްގެ 20 ވަނަ އުފަން ދުވަހުގަ އެވެ. ލޭކާސް އަތުން 118-114 އިން ސަންސް މޮޅުވި މެޗުގައި، ބްރޯނީ ކުޅެން އެރީ ދެ ވަނަ ކުއާޓަރުގަ އެވެ.

"މިއީ އަހަރެން ހީވެސް ނުކުރާ ކަމެއް. ޓައިމްއައުޓަށް ފަހު ކުޅެން އަރައި، އޭނަ (ބްރޯނީ) ހުރީ އަހަރެން ގާުތުގައި. އަހަރެން އެ ހިސާބުން ހުރެވުނީ ހުއްޓިފައި، މިއީ އަސްލަށް ވެސް ހިނގާ ކަމެއްގެ ގޮތުގައި ސުވާލު އުފެދިފަައި،" އެ މެޗުގައި، 19 ޕޮއިންޓް ސްކޯކުރި، ލެބްރަން ޖޭމްސް ބުންޏެވެ.

ބްރޯނީ، ލޭކާސް ޓީމަށް ނެގީ، ދެ ވަނަ ރައުންޑްގެ ކުރިން ޑްރާފްޓުންނެވެ. އޭރު އޭނާ އައީ، ޔުނިވާސިޓީ އޮފް ސަދާން ކެލިފޯނިއާ ޓީމަށް ވެސް ކުޅެމުންނެވެ. ބްރޯނީ ގެނައުމާ އެކު، ލެބްރަން ޖޭމްސް ވަނީ ލޭކާސްއާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ލެބްރަން ޖޭމްސް އަކީ އެންބީއޭގެ އެންމެ ގިނަ ޕޮއިންޓް ސްކޯކުރުމުގެ ރެކޯޑް ހޯލްޑަރެވެ. އޭނާ ވަނީ ހަތަރު ފަހަރު އެންބީއޭ ކާމިޔާބުކޮށްފަ އެވެ. ކުރިއަށް އޮތީ، އެންބީއޭގައި ލެބްރަން ޖޭމްސް ފެންނާނެ 22 ވަނަ ސީޒަނެވެ.

މި މަހު 22 ވަނަ ދުވަހު އެންބީއޭގެ އާ ސީޒަން ފަށާއިރު، ފުރަތަމަ މެޗުގައި، ލޭކާސް އިން ކުޅޭނީ މިނެސޯޓާ ޓިމްބަވޫލްވްސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox