ދަރަވަންދޫ އިޝްތިހާރުކުރަން "ވިޒިޓް ދަރަވަންދޫ 2025" ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި

ދަރަވަންދޫ, އާބާދީގައި ގާތްގަނޑަކަށް ހާހެއްހާ މީހުން އުޅޭ---ފޮޓޯ: ސޯޝަލް މީޑިއާ

ދަރަވަންދޫ, އާބާދީގައި ގާތްގަނޑަކަށް ހާހެއްހާ މީހުން އުޅޭ---ފޮޓޯ: ސޯޝަލް މީޑިއާ

ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ދަރަވަންދޫ އިޝްތިހާރުކުރަން "ވިޒިޓް ދަރަވަންދޫ" ގެ ނަމުގައި އެރަށު ކައުންސިލުން ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

ދަރަވަނދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު "އަދަދު" އަށް ވިދާޅުވީ އެ ހަރަކާތަކީ ކައުންސިލުން އެކުލަވައިލި ތަރައްގީގެ ޕްލޭނުގައި ހިމެނޭ ކަމެއް ކަމަށެވެ. އެ ޕްލޭނުގައި އޮތީ ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ދަރަވަންދޫ އިޝްތިހާރުކުރަން ދެމިގެންދާ ގޮތެއްގައި ހަރަކާތެއް ހިންގާށެވެ.

"ތަރައްގީ ޕްލޭން އެކުލަވައިލިއިރުގަ އަޅުގަނޑުމެން ހިމަނާފަ އެބައޮތް ދަރަވަންދޫއަކީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުން. އެ ޝިއާރުގެ ދަށުން ޑެސްޓިނޭޝަނަކަށް ދަރަވަންދޫ ފަތުިރުވެރިންގެ މަގުބޫލު މަންޒިލަކަށް ހެދުމަށްޓަކައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތް މި ވިޒިޓް އިޔާ ފާހަގަކުރުން" ސަމީހު ވިދާޅުވި އެވެ.

އެ ހަރަކާތުގެ ތެރެއިން އަންނަ އަހަރުގެ ކޮންމެ މަހަކު ވަކި ތީމް އެއްގެ ދަށުން ދަރަވަންދޫ ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިމަހުގެ 24 ވަނަ ދުވަހު އެ ހަރަކާތް އިފްތިތާހު ކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަމީހު ވިދާޅުވި ގޮތުގައި ދަރަވަންދޫގެ ޕްރޮމޯޝަނަލް ލަވައަކާއި ލޯގޯއެއް ލޯންޗުކުރުން، އެ ރަސްމިއްޔާތުގައި އޮންނާނެ އެވެ.

އެ ހަރަކާތުގައި ކައުންސިލާއި މަދަނީ ޖަމިއްޔާ އަދި ރައްޔިތުންނާ ގުޅިގެން ކުރާނެ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ދަރަވަންދޫއަށް މީހުން އަންނަން ޖެހޭ ސަބަބުތަކެއް އުފެއްދުމެވެ. ބޭރުގެ ޓޫރިސްޓުންގެ އިތުރުން ދަރަވަންދުއަށް ޒިޔާރަތްކުރާ ދިވެހިން ވެސް އިތުރުކުރަން އަމާޒުކޮށްގެން ހިންގާ އެ ހަރަކާތް 2030 ހަމައަށް ދެމިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރަވަންދޫގެ އާބާދީ އަކީ 997 އެވެ. ޑޮމެސްޓިކް އެއާޕޯޓެއް ހިންގާ އެރަށުގައި 14 ގެސްޓްހައުސް ހިންގަ އެވެ އެއީ 250 ޓޫރިސްޓް އެނދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox