ދަރަވަންދޫގައި ފެން އުފައްދަނީ މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައިގެން

ބ.ދަރަވަންދޫ: ދަރަވަންދޫ ފެން ޕްލާންޓަށް މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައި ބޭނުންކުރާތީ ކައުންސިލްގެ ކަންބޮޑުވުން -- ފޮޓޯ: އަވޭލާ މަންޓާ ވިލޭޖް

ބ.ދަރަވަންދޫ: ދަރަވަންދޫ ފެން ޕްލާންޓަށް މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައި ބޭނުންކުރާތީ ކައުންސިލްގެ ކަންބޮޑުވުން -- ފޮޓޯ: އަވޭލާ މަންޓާ ވިލޭޖް

ބ. ދަރަވަންދޫ ފެން ޕްލާންޓުން ފެން އުފައްދަމުން ދަނީ މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައިގެން ކަމަށް ހާމަވެއްޖެ އެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް "އަދަދު" ނޫހަށް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ކްލޮރިން އެޅި ކަމަށް ކައުންސިލަށް ލިބުނު ރިޕޯޓަކާއެކު، ކައުންސިލުން ގޮސް ބެލި ބެލުމުން އެކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ދަރަވަންދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާ ވާހަކަ ދެއްކި ކަމަށާއި އެ މުވައްޒަފުން ބުނީ، މުއްދަތު ހަމަވެފައިވާ ކްލޮރިން ބޭނުން ކުރީ ހެޑް އޮފީހުން އަންގައިގެން ކަމަށެވެ.

"ކައުންސިލާއި ސިއްހީ މަރުކަޒުގެ ބައެއް މީހުން އެތަނަށް ގޮސް ބެލިއިރު މުއްދަތު ހަމަވެފައި ހުރި ކްލޮރިން ހުރި ހަންތައް ފެނުނު. ފެން ދޫކުރުން ހުއްޓާލަން ފެނަކައަށް އެންގުމުން ވެސް އެކަން އެގޮތަށް ކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އެ ފެން ބޭނުން ނުކުރަން ރައްޔިތުންނަށް އަންގާފައިވާ ކަމަށާއި، އަދި ފެނަކައިން ދޫކުރަމުން ދަނީ ރައްކާތެރި ފެނެެއް ނޫން ކަމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ސަމީހު ވިދާޅުވި އެވެ.

މުއްދަތު ހަމަވެފައި ހުރި ކްލޮރިން ބޭނުންކުރި މައްސަލަ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ސަމީހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox