ސިޓީ އަށް އަންނަ ސީޒަން ފެށުން ފަސްކޮށްދޭން ގާޑިއޯލާ އެދިއްޖެ

Oct 5, 2024, 8:44 AM
ސިޓީ އަށް އަންނަ ސީޒަން ފެށުން ފަސްކޮށްދޭން ގާޑިއޯލާ އެދިއްޖެ

މެންޗެސްޓާ (އޮކްޓޫބަރު 5) - މެންޗެސްޓާ ސިޓީ އަށް އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ފެށުން ފަސްކޮށްދޭން ޖެހޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ، މި ގޮތަށް ބުނެފައިވަނީ، އަންނަ ޖޫން/ޖުލައި މަހު ފީފާ ކްލަބް ވޯލްޑް ކަޕްގައި ސިޓީން ކުޅުމަށް ފަހު، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމާ ދެމެދުގައި، ތިން ހަފްތާގެ ބްރޭކެއް ނުލިބޭނެތީ އެވެ. ގާޑިއޯލާ ބުނީ، ޕްރިމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ ދެ މެޗު ފަސްކޮށްދޭން ސިޓީން ހުށަހެޅި ޕްރޮޕޯސަލަށް، އެކަށީގެންވާ ޖަވާބެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

"ޕްރިމިއާ ލީގުން އަހަރެމެންނަށް ހުއްދައެއް ދޭނެ ކަމަށް ނުބެލެވޭ ފުރަތަމަ ދެ މެޗު ފަސްކުރާކަށެއް. އެއީ، އެކަމަކު އަހަރެމެންގެ ރިކަވަރީ އަށްޓަކައި ވިޔަސް އަންނަން ޖެހޭ ކަމެއް، ވަރަށް ބޮޑަށް ޝުކުރިއްޔާ،" ގާޑިއޯލާ ބުންޏެވެ.

"އަހަންނަށް ހީވަނީ ކްލަބުން އެދުނީ އާ ސީޒަން ފެށުން ދެ ހަފްތާއެއް ނޫނީ ތިން ހަފްތާއެއް ފަސްކޮށްލަން. އެއީ ކުޅުންތެރިންނަށް ޗުއްޓީއެއް ދޭން ބޭނުންވާ ވަގުތެއް. އެކަމަކު، އެކަން އެ ގޮތަށް ދާނެހެން ހީއެއްނުވޭ. ޕްރިމިއާ ލީގުން މި ކަމަށް ރުހޭނެ ކަމަށް ނުބެލެވޭ،"

ޕްރިމިއާ ލީގުން އަންނަ ސީޒަން ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ބެލެވޭ ގޮތުގައި އޮގަސްޓް 9-16 އާ ދެމެދު ތާރީހެއްގައި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާނެ އެވެ. މާނަ އަކީ، ޖުލައި 12 ވަނަ ދުވަހު ނިމޭ ފީފާ ކްލަބް ވޯލްޑް ކަޕާއި ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފެށުމާ ދެމެދު އޮންނާނީ، ގާތްގަނޑަކަށް މަހެއްހާ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox