ރޮޖާސްގެ "ކޯލްޑް" ގޯލް ސެލެބްރޭޝަން ޕާމާގެ "ޓްރޭޑްމާކް" އަަކަށް

Oct 4, 2024, 4:49 AM
ރޮޖާސްގެ "ކޯލްޑް" ގޯލް ސެލެބްރޭޝަން ޕާމާގެ "ޓްރޭޑްމާކް" އަަކަށް

ލަންޑަން (އޮކްޓޫބަރު 4) - ޗެލްސީގެ ތަރި، ކޯލް ޕާމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރާއިރު ހަދާ "ކޯލްޑް" ސެލެބްރޭޝަން، އެންމެ ފުރަތަމަ ހަދާފައިވަނީ، އެސްޓަން ވިލާ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، މޯގަން ރޮޖާސް އެވެ. އެކަމަކު، ރޮޖާސް ދެކޭގޮތުގައި މިހާރު، "ކޯލްޑް" ސެލެބްރޭޝަން އަކީ، ޕާމާގެ ހައްގެކެވެ.

ރޮޖާސް އާއި ޕާމާ އަކީ މެންޗެސްޓާ ސިޓީ ޔޫތު ޓީމަށް އެކުގައި ކުޅެފައިވާ ދެ ކުޅުންތެރިންގެ އިތުރުން، ދެ ގާތް ރަހުމަތްތެރިންނެވެ. ޕާމާ، މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުުވިއިރު، ރޮޖާސް ބަދަލުވީ، މިޑްލްސްބަރާ އަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 23 ވަނަ ދުވަހު، ރޮޖާސް، އެންމެ ފުރަަތަަމަ "ކޯލްޑް" ސެލެބްރޭޝަން ހެދީ، މިޑްލްސްބަރާ އަށް ކުޅެމުން ވެސްޓް ބްރޮމް ކޮޅަށް ލަނޑު ޖަހައިފަ އެވެ. އޭގެ ހަފްތާއެއް ފަހުން، ލޫޓަން ޓައުން ކޮޅަށް ލަނޑު ޖަހައިފައި، ޕާމާ ފުރަތަމަ ފަހަރަށް "ކޯލްޑް" ސެލެބްރޭޝަން ހެދިއިރު، އެކަން ބޮޑަށް ވައިގައި ހިފި އެވެ.

ޗެމްޕިއަންސް ލީގުގައި، ބަޔާން މިއުނިކް އަތުން އެސްޓަން ވިލާ މޮޅުވި މެޗަށް ފަހު، ރޮޖާސް ބުނީ، "ކޯލްޑް" ސެލެބްރޭޝަން އަކީ އޭނާ ފެށި ކަމެއް ކަމަށާއި އެކަން ޓައިމްލައިނަށް ބަލާލުމުން ސާފުވާނެ ކަމަށެވެ.

"ޔަގީންކަމެއް، އޭނަ (ޕާމާ) މި އޮތީ އަހަރެން ކޮޕީކޮށްފައި. އެކަމަކު، މިހާރު އެއީ އޭނަގެ ހައްގެއް، 40 ވަރަކަށް ގޯލު ޖަހާފައި އެ ސެލެބްރޭޝަން ހަދައިފި. އެހެންވީމަ، އަހަރެން އެބަޖެހޭ ގިނަ ގޯލު ޖަަހަން،" ރޮޖާސް ބުންޏެވެ.

"މިހާރު ޔަގީނުން ވެސް ގިނަ ބަޔެއް ގަބޫލުކުރާނީ، އެއީ އޭނަ (ޕާމާ)ގެ ސެލެބްރޭޝަނެއް ކަމަށް، އަހަރެން ވެސް ދެކެނީ އޭނަގެ ހައްގެއްގެ ގޮތުގައި،"

މީގެ ކުރިން، ޕާމާ ވެސް ވަނީ "ކޯލްޑް" ސެލެބްރޭޝަން އެންމެ ފުރަތަމަ ހެދީ ރޮޖާސް ކަމަށް ބުނެފަ އެވެ. އެކަމަކު، ފަހުން ޕާމާ އަށާް ވެސް އެ ސެލްބެރޭޝަން ކަމުގޮސްގެން، އެ ގޮތަށް ކޮންމެ ލަނޑަކަށް ފަހު އުފާފާޅުކުރަން ފެށުނީ ކަމަށާއި ސަޕޯޓަރުންގެ ސަޕޯޓާ އެކު، އެކަން އާދަޔަކަށް ވީ ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ކުޅުންތެރިންތަކެއް މިހާރު އަންނަނީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރާއިރު، ކޯލްޑް ސެލެބްރޭޝަން ހަދަމުންނެވެ. އެ ގޮތުން، ލާޒިއޯ އަށް ކުޅެމުން އަންނަ އާސެނަލްގެ ކުރީގެ މިޑްފީލްޑަރު، މަޓެއޯ ގެންޑޫޒީ ވެސް ވަނީ ވަރަށް ފަހު "ކޯލްޑް" ސެލެބްރޭޝަން ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox