ލަންކާގެ ސްޕިނަރު މެޗުފިކްސް ކުރުމުން ސަސްޕެންޝަނެއް

Oct 4, 2024, 4:48 AM
ލަންކާގެ ސްޕިނަރު މެޗުފިކްސް ކުރުމުން ސަސްޕެންޝަނެއް

ކޮލަމްބޯ، ސްރީ ލަންކާ (އޮކްޓޫބަރު 4) - ސްރީ ލަންކާގެ ގައުމީ ކްރިކެޓް ޓީމުގެ ސްޕިނަރު، ޕްރަވީން ޖަޔަވިކްރަަމަ، މެޗު ފިކްސް ކުރި ކަމަށް އެއްބަސްވުމުން އޭނާ އެއް އަހަރު ދުވަހަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.

ޖަޔަވިކްރަމަ އަށް ފިޔަވަޅު އަޅަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމީ އެންޓި ކޮރަޕްޝަން ކޯޑާ ހިލާފުވެ، ތިން މައްސަލައެއް ފާހަގަކުރެވުމުންނެވެ. އެ ގޮތުން، ޖަޔަވިކްރަމަ، 26، އަށް މެޗު ފިކްސް ކުރަން ހުށަހެޅުމުން އެ ވާހަކަ ހިއްސާ ނުކުރި މައްސަލަ އާއި ތަހުގީގުގައި ފުރަތަމަ އެއްބާރުލުން ނުދިނުމާއި މި ކަމުގައި ބައިވެރިވެފައިވާތީވެ، ފިޔަވަޅު އަޅަން އައިސީސީން ނިންމީ އެވެ.

ތަހުގީގުގެ ވަކި ހިސާބަކުން އެއްބާރުލުން ދީ ޖަޔަވިކްރަމަ ކުރެވުނު ކުށަށް އިއުތިރާފުވުމުން، އޮންނަ އުސޫލުގެ ތެރެއިން، އައިސީސީން ވަނީ، އޭނާގެ އަދަބު ލުއި ކޮށްދީފަ އެވެ. އެ ގޮތުން، އެއް އަހަރަށް ކުރި ސަސްޕެންޝަންގައި އޭނާ ތަންފީޒުކުރަން ޖެހޭނީ ހަ މަސް ދުވަހުގެ ސަސްޕެންޝަނެވެ. ބާކީ ހަ މަސް ދުވަހުގެ އެ ސަސްޕެންޝަން ތަންފީޒުކުރަން ޖެހޭނީ އެ ފަދަ މައްސަލައެއް ތަކުރާރުވެއްޖެނަމަ އެެވެ.

ޖަޔަވިކްރަމަ، މެޗު ފިކްސްކޮށްފައިވަނީ، ލަންކާ ޕްރިމިއާ ލީގުގެ މެޗެއްގައި 2021 ވަނަ އަހަރު އެވެ. އެ އަހަރު ލަންކާ ގައުމީ ޓީމަށް އޭނާ ކުޅެން ފެށިއިރު، ފުރަތަމަ ޓެސްޓް މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް 11 ވިކެޓް ނެގި އެވެ.

އެ ފަހުން، ޖަޔަވިކްރަމަ ވަނީ ލަންކާ ޓީމަށް ފަސް ޓެސްޓް މެޗާއި ފަސް ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) މެޗާއި ފަސް ޓީ20 އިންޓަނޭޝަނަލް މެޗު ކުޅެފަ އެވެ. އެންމެ ފަހުން، އޭނާ ލަންކާ އަށް މެޗެއް ކުޅުނީ 2022 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އޭނާ އަށް މެޗުތަކުން ފުރުސަތު ގެއްލުނީ މި މެޗު ފިކްސިންގެ މައްސަލައިގެ ތުހުމަތު އަމާޒުވި ހިސާބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox