ސިޓީ އަށް ދެ ވަނަ މޮޅު، އާސެނަލުން ޕީއެސްޖީ ބަލިކޮށްފި

Oct 2, 2024, 3:58 AM
ސިޓީ އަށް ދެ ވަނަ މޮޅު، އާސެނަލުން ޕީއެސްޖީ ބަލިކޮށްފި

ލަންޑަން (އޮކްޓޫބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ 4-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން މި ފަހަރުގެ މުބާރާތުގައި ދެ ވަނަ މޮޅު ހޯދިއިރު، އާސެނަލުން 2-0 އިން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފި އެވެ.

އާސެނަލުން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރަށުންބޭރުގައި އެޓަލަންޓާއާ އެއްވަރުވެފަ އެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު އާސެނަލުން ޕީއެސްޖީ ބަލިކުރީ ފުރަތަމަ ހާފުގައި ޖެހި ގޯލުތަކާ އެކު އެވެ.

ރޭގެ މެޗުގައި އާސެނަލުން ލީޑުނެގީ، މެޗުގެ 20 ވަަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ނަގައިދިން ބޯޅައަކުން، ކައި ހަވާޓްޒް ޖެހި ގޯލުންނެވެ. މި ސީޒަނުގައި އާސެނަލް ދަނޑުގައި ކުޅުުނު ހުރިހާ މެޗެއްގައި ހަވާޓްޒް އަންނަނީ ލަނޑު ޖަހަމުންނެވެ. ޕީއެސްޖީ ކޮޅަށް އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ހިލޭ ޖެހުމަކުން، ބުކާޔޯ ސަކާ އެވެ.

އަހުލާގީ މައްސަލައެއްގެ ސަަބަބުން ޕީއެސްޖީން ރޭގެ މެޗުގައި ކުޅުނީ އޮސްމާން ޑެމްބެލޭ ނުލަ އެވެ. މި މެޗުގައި ޕީއެސްޖީ އަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުުނުއިރު، މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު 52 މެޗުގެ ތެރެއިން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ބްރަޓިސްލާވާ ކޮޅަށް ސިޓީ އަށް ލީޑުނަގައިދިނީ، މި ސީޒަނުގައި ބާސެލޯނާ ދޫކޮށް އަލުން ސިޓީއާ ގުޅުނު އިލްކާއި ގުންޑޮގާން އެވެ. ފިލް ފޯޑެން، މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލުން ސިޓީން ލީޑުފުޅާކުރި މި މެޗުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. ސިޓީން ދެ ވަނަ ހާފުގައި އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހިއިރު، މި ލަނޑު ޖެހީ، ޖޭމްސް މެކްއަޓީ އެވެ.

ބާސެލޯނާ އިން ރޭ ވަނީ ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން 5-0 އިން މޮޅުވެ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. ބަޔާ ލެވަކޫސަނުން ވަނީ 1-0 އިން އޭސީ މިލާން ބަލިކޮށްފަ އެވެ. އަދި އިންޓަ މިލާނުން ވަނީ 4-0 އިން ރެޑްސްޓާ ބެލްގްރޭޑް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox