ނޮވެލްޓީ ބުކް ފެއާ: ޒިޔާރަތް ކޮށްގެންް ދެ ލައްކަ ރުފިޔާ ލިބިދާނެ

ނޮވެލްޓީ ބުކް ފެއާ: ޒިޔާރަތް ކޮށްގެންް ދެ ލައްކަ ރުފިޔާ ލިބިދާނެ

ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސްއިން މި މަހު ބާއްވާ "ނޮވެލްޓީ ބުކް ފެއާ 2024" އަށް ޒިޔާރަތް ކޮށްލައިގެން ދެ ލައްކަ ރުފިޔާ ލިބޭނެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޮވެލްޓީން ބުނީ ރާއްޖޭގައި އެންމެ ފުޅާކޮށް ބާއްވަމުން އަންނަ އެންމެ ބޮޑު އެ ބުކް ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 10، އިން ފެށިގެން 26، ގެ ނިޔަލަށް ދަރުބާރު ގޭގައި ކަމަށެވެ.

ފެއާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު މެންދުރު 14:00 އިން ރޭގަނޑު 00:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު 14:30 އިން ރޭގަނޑު 00:00 އަށެވެ.

Advertisement

ފެއާގައި ހުރިހާ އުމުރު ފުރާއަކާ ގުޅޭ 25 ކެޓަގަރީއަކުން އެއް ލައްކައަށް ވުރެ ގިނަ ފޮތް ހުންނާނެ ކަމަށާއި ސްޓޭޝަނަރީތަކާއި އާޓްސް އެންޑް ކްރާފްޓް ޕްރޮޑަކްޓްސްގެ އިތުރުން ގޭމުތަކާއި ޓޯއީސް ވެސް ހުންނާނެ ކަމަށް ނޮވެލްޓީން ބުންޏެވެ.

ނަމަވެސް ނޮވެލްޓީން ބުނީ ޖާގައިގެ ދަތިކަމުގެ ސަބަބުން އެއްފަހަރާ ހުރިހާ ފޮތެއް ވިއްކަން ނުބެހެއްޓޭތީ ކޮންމެ ދުވަހަކު އައު ފޮތް ޑިސްޕްލޭ ކުރެވިގެންދާނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް ފެއާގައި މުޅިން އައު ފޮތް ލިބެން ހުންނާނެ ކަމަށެވެ.

ތަފާތު ފޮތްތަކުގެ އިތުރުން ސްޓޭޝަނަރީ، ކްރާފްޓް އައިޓަމްސްގެ އިތުރުން ބޯޑް ގޭމްސް އާއި ޕަޒްލްސްވެސް އާންމުކޮށް ވިއްކާ އަގުތަކަށްވުރެ 10 ޕަސަންޓާއި 50 ޕަސަންޓް ހެޔޮކޮށް މި ފެއާއިން ލިބެން ހުންނާނެ،" ނޮވެލްޓީން ބުންޏެވެ.

އެގޮތުން ދަރުބާރުގޭ ރަންނަބަނޑޭރި މާލަން ފޮތަށް ހާއްސަ ކުރެވިފައިވާއިރު، ދެން ހުރި ތަކެޗަށް ވަނީ ބިއްލޫރި މާލަން ހާއްސަ ކުރެވިފައި ކަމަށް ވެސް ނޮވެލްޓީން ބުންޏެވެ.

ފެއާގައި ހުންނަ ފޮތްތައް:

ފިކްޝަން: ޓީން ނޮވެލްސް، ނޮވެލްސް، ތްރިލާސް، މިސްޓެރީ، ރޮމޭންސް، ހޮރޯ، ސައިންސް ފިކްޝަން، ފެންޓަސީ، ހިސްޓޮރިކަލް ފިކްޝަން، ސަސްޕެންސް، އެކްޝަން އަދި އެޑްވެންޗާ.

ނޮން ފިކްޝަން: ރިފަރެންސް އެންޑް ޓެކްސްޓް ފޮތް، ސެލްފް ހެލްޕް ފޮތް، ޖެނެރަލް ނޮލެޖް ފޮތް، ކައްކާ ފޮތް، ބަޔޯގްރަފީސް، ބިޒްނަސް އެންޑް މެނޭޖްމަންޓް ފޮތް އަދި އިންސައިލޮޕީޑިއާސް.

ގްރެފިކް ނޮވެލްސް: ކޮމިކްސް، މަންގާ، ސުޕަހީރޯ ސްޓޯރީސް، ނޮން ސުޕަހިރޯ ސްޓޯސީސް، ޕާސަނަލް ނެރޭޓިވްސް އަދި ނޮން ފިކްޝަން ކޮމިކްސް.

ދިވެހި ފޮތްތައް: ތާރީހު، އިސްލާމް ފޮތްތައް، ދިވެހި ލިޓްރެޗާ، ދިވެހި ފިކްޝަން، ޗިލްޑްރެންސް އެކްޓިވިޓީ އެންޑް ކަލަރިން ފޮތްތައް، ކައްކާ ފޮތް އަދި ދިވެހި ވާހަކަ ފޮތް.

ކުޑަކުދިންގެ ފޮތްތައް: ބޯޑް ފޮތް، ވާހަކަ ފޮތް، ކުލަ ޖައްސާ އަދި އެކްޓިވިޓީ ފޮތް، ކޮންސެޕްޓް ފޮތް، ޕްރީސްކޫލް ލާނިން ފޮތް، އެޑިއުކޭޝަނަލް ފޮތް އަދި އެޑިއުކޭޝަނަލް ޗާޓްސް.

ސްޓޭޝަނަރީ ގޭމްސް އެންޑް ޓޯއިސް: ބޯޑް ގޭމްސް، ޕަޒުލްސް، ސްޓެމް ޓޯއިސް، ސޮފްޓް ޓޯއިސް، ސްކޫލް ސްޓޭޝަނަރީސް، ގަދަން އަދި ލިޔާ ސާމާނު، ކްރާފްޓް އައިޓެމްސް އަދި އާޓް ޕްރޮޑަކްޓްތައް.

"އެ ފެއާގައި ފާއިތުވި ފަސް އަހަރުދުވަހު ދުނިޔޭގެ ބާޒާރަށް ނުކުތް އެންމެ ފަހުގެ ފޮތް ލިބެން ހުންނާނެ. 1،000 އަށް ވުރެ ގިނަ ތަފާތު ނޮވެލްޓީގެ އަމިއްލަ ދިވެހި ފޮތް ލިބެން ހުންނާނެ،" ނޮވެލްޓީން ބުންޏެވެ.

ދީނީ ފޮތްތަކާއި ކުޑަކުދިންނަށް ހާއްސަ ކުލަ ޖައްސާ ފޮތްތަކާއި އެކްޓިވިޓީ ފޮތްތަކުގެ އިތުރުން ވާހަކަ ފޮތް ވެސް ހިމެނެ އެވެ. އިލްމީ ތަފާތު މައުލޫއުތަކުގެ ފޮތްތަކާއި ތާރީހީ އަދި އަދަބީ ދާއިރާގެ އެތައް ފޮތެއް ވެސް ލިބޭނެ ކަމަށް، ރާއްޖޭގެ އެންމެ ދުވަސް ވީ ބުކްޝޮޕުން ބުންޏެވެ.

އާންމުކޮށް ކޮންމެ އަހަރަކު ބާއްވަމުން އައި ބުކްފެއާއަށް ފަސް އަހަރުގެ މި މެދުކެންޑުން އައީ ކޮވިޑަށްފަހު މި ބުކްފެއަރ ބާއްވާނެ އެކަށޭނެ ޖާގަ ނުލިބިގެންނެވެ.

ނޮވެލްޓީން ބުނާ ގޮތުގައި 2005 އިން ފެށިގެން ބާއްވަމުން އަންނަ އެ ފެއާގެ އެންމެ ބޮޑު ބޭނުމަކީ ފޮތް ކިއުމަށް އާންމުން އަހުލުވެރިކޮށް، ހެޔޮ އަގުގައި ފޮތް ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

Newsletter

Get the latest news delivered straight to your inbox