ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހަކަމާއެކު ތާނަ އޭއައި އިން

ފޮޓޯ: އޭއައި

ފޮޓޯ: އޭއައި

 

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، އާންމު އޭއައި އެހީތެރިކަމުގެ އިތުރުން ގާނޫނީ ދިރާސާތަކުގެ ދާއިރާއަށް އެ ޕްލެޓްފޯމް ފުޅާކޮށްފި އެވެ.

ގާނޫނީ މައުލޫމާތު އެކި ދިމާލަށް ބެހިފައި ހުރުމާއެކު، ގިނަ މީހުންނަށް އެ މައުލޫމާތު ހޯދުމަށް ދިމާވެފައިވާ ދަތިތައް ދިމާވެ އެވެ. އެކަމަށް ތާނަ އޭއައި އިން ހައްލު ހޯދައިދީ، އަމިއްލައަށް ލިޔެކިޔުންތައް ވަކިވަކިން ހާވަން ނުޖެހި، ގާނޫނުތަކާއި ކުރީގެ ކޯޓު ހުކުމްތައް ސީދާ އެއްތަނަކުން މިހާރު ހޯދެ އެވެ. 

Advertisement

"މި އިތުރުކުރެވުނު ބަޔަކީ ޕްރިލިމިނަރީ ދިރާސާތައް އަވަހަށް ކުރަންޖެހޭ ވަކީލުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުންނަށް، އަދި ވަކި މައުޟޫއެއް ދިރާސާކުރާ ނުވަތަ ގުޅުންހުރި ގަޒިއްޔާތައް ހޯދާ ގާދާއިރާގެ ދަރިވަރުންނާއި ރިސާޗަރުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ބައެއް،" ތާނަ އޭއައި އިން ބުންޏެވެ. 

ތާނަ އޭއައި
ތާނަ އޭއައި
ތާނަ އޭއައި

ތާނަ އޭއައިން ބުނީ ގާނޫނީ ކަންކަމުގެ ފަސްމަންޒަރު ބަލަންޖެހޭ ނޫސްވެރިންނަށާއި، ގާނޫނީ މާހިރެއްގެ އެހީ ހޯދުމުގެ ކުރިން އެ މައްސަލައަކާ މެދު ސާފު މައުލޫމާތެއް ހޯދަން ބޭނުންވާ ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ވެސް އަލަށް ތައާރަފްކުރި ފީޗާއިން ފައިދާ ކުރާނެ ކަމަށެވެ. 

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީތެރިކަމާއެކު ދިރާސާކުރަން ބޭނުންކުރާ އެހެން ވަސީލަތްތަކެކޭ އެއްފަދައިން، މި ވަސީލަތުން ފޯރުކޮށްދޭ މައުލޫމާތުތަކަކީ ވެސް މަސައްކަތުގެ ފުރަތަމަ މަރުހަލާ ނުވަތަ ބިންގަލެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަންކަން ކަމަށް ތާނަ އޭއައި އިން ބުންޏެވެ.

ތާނަ އޭއައި
ތާނަ އޭއައި

އެހެންކަމުން، މި ވަސީލަތް ބޭނުންކުރައްވާ ފަރާތްތަކުން، ލިބޭ މައުލޫމާތުގެ ސައްހަކަން ގާނޫނުތަކާއި ކޯޓުތަކުގެ ނިޔާތަކުގެ އަސްލު ނައްސާ އަޅާކިޔައިގެން ޔަގީންކުރުމަށާއި، ގާނޫނީ ގޮތުން އަސަރުކޮށްފާނެ ކޮންމެ މައްސަލައެއްގައިވެސް ތަޖުރިބާކާރު ގާނޫނީ ވަކީލެއްގެ މަޝްވަރާ ހޯދުމަށް ތާނަ އޭއައި އިން އިލްތިމާސްކުރި އެވެ.

"މި ފީޗާ ފަރުމާކުރެވިފައިވަނީ ދިރާސާތަކަށް އެހީތެރިވެދިނުމަށް. ޕްރޮފެޝަނަލް ގާނޫނީ ލަފާގެ ބަދަލުގައެއް ނޫން،" ތާނަ އޭއައި އިން ބުންޏެވެ.

ޤާނޫނީ މައުލޫމާތު ހޯދުމުގެ ފީޗާ ލިބެނީ 200ރ. ގެ ޕްރޯ ޕްލޭނާއި އެއަށްވުރެ މަތީ ޕްލޭންތައް ބޭނުންކުރާ މީހުންނަށެވެ. އަދި ކޯޓުތަކުގެ ގަޒިއްޔާތައް ހޯދޭ ކޭސް ސާޗް ފީޗާ ލިބެނީ 500ރ. މެކްސް  ޕްލޭންގަ އެވެ. 

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox