އެންރީކޭ ބުނީ ޑެމްބެލޭއާ ޒާތީ ކަމެއް ނެތް ކަމަށް

Oct 1, 2024, 7:09 AM
އެންރީކޭ ބުނީ ޑެމްބެލޭއާ ޒާތީ ކަމެއް ނެތް ކަމަށް

ލަންޑަން (އޮކްޓޫބަރު 1) - ޗެމްޕިއަންސް ލީގުގައި މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ޕީއެސްޖީ ސްކޮޑުން އޮސްމާން ޑެމްބެލޭ ބާކީކުރީ ޒާތީކަމެއް އުޅޭތީ ނޫން ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން، 27 އަހަރުގެ ޑެމްބެލޭ އާއި އެންރީކޭއާ ދެމެދު މައްސަލަ ޖެހުނީ މިދިޔަ ހުކުރު ދުވަހު ފްރެންޗް ލީގުގައި، ރެނެސް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ހިނގައިދިޔަ ކަމަކުންނެވެ. އެއީ، އެ މެޗުގައި، ޑެމްބެލޭ ބަދަލުކުރަން ނިންމި ނިންމުމާ ހެދި، އޭނާ ހިތްހަަމަނުޖެހިގެން އެންރީކޭއާ މެދު މުއާމަލާތުކުރި ގޮތުންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭ މެޗަށް ޕީއެސްޖީން ނެގި ސްކޮޑުގައި ޑެމްބެލޭ ނުހިމެނީ އަހުލާގީ މައްސަލައެއްގެ ސަބަބުން ކަމަށް އެ ކްލަބުން ވަނީ މައުލޫމާތުދީފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން، އެންރީކޭ ބުނީ، މުޅި ޓީމުގެ ހައްގުގައި ނިންމަން ޖެހޭ ނިންމުން ނިންމަން އަބަދުވެސް ފަސްނުޖެހޭނެ ކަމަށެވެ.

"ޓީމުގެ ކަންކަމަށް އިހުތިރާމްކޮށް، ޓީމާ އެކީ ކުރިއަށްދާން ފަސް ނުޖެހޭނަމަ، އޭގެ މާނަ އަކީ އެ ކުޅުންތެރިއަކު އެ ހުރީ މެޗު ކުޅެން ތައްޔާރީ ހާލަތެއްގައެއް ނޫނޭ. އަހަރެން ބޭނުންވަނީ އަހަރެންގެ ހުރިހާ ކުޅުންތެރިން ތައްޔާރަށް ހުންނަން ކޮންމެ ހާލަތަކަށް ވެސް. އެ ވިސްނުމުގައި ބަލާއިރު އޭނަ (ޑެމްބެލޭ) ހުރީ ތައްޔާރަކަށް ނޫން،" އެންރީކޭ ބުންޏެވެ.

"އަހަރެމެން ދެމެދުގައި މައްސަލައެއް، ޒާތީ ކަމެއް، އެއްވެސް ކަމެއް ނެތް. އެހެން ދައްކާ ވާހަކަ ތަކުގައި ހަގީގަތެއް ނެތް. މި ދެކެވެނީ ކުޅުންތެރިއަކު އަދާކުރަންޖެހޭ ޒިންމާއެއްގެ ވާހަކަ. އަހަރެން ގޮތް ނިންމަނީ މުޅި ޓީމާ މެދު ވިސްނާފައި،"

ކީލިއަން އެމްބާޕޭ ދިޔަ ފަހުން، ޕީއެސްޖީގެ އެޓޭކްގެ އެންމެ އިސް ކުޅުންތެރިއަކީ، ޑެމްބެލޭ އެވެ. އެކަމަކު، އޭނާ ނެތި އާސެނަލާ ދެކޮޅަށް ޕީއެސްޖީން ނުކުންނާނީ ވަރަށް "ކެރިގެން ރަނގަޅު ނަތީޖާއެއް ހޯދަން" ކަމަށް އެންރީކޭ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox