ބޮޑު 43 ކުންފުންޏަކުން އިންކަމް ޓެކްސް ބަޔާން ހުށަނާޅާތީ ނަން ހާމަކޮށްފި

Oct 1, 2024, 5:25 AM
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަންބޯޑް. ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ ނަން އެ އިދާރާއިން އާންމުކުރޭ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަންބޯޑް. ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ ނަން އެ އިދާރާއިން އާންމުކުރޭ.

ބޮޑެތި އާމްދަނީ ލިބޭ ކުންފުނިތަކުގެ ތެރެއިން، އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް)ގެ ގޮތުގައި މިދިޔަ އަހަރަށް ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް ޓަކައި ބަޔާން ހުށަނާޅާ 42 ކުންފުންޏަކާއި ފަރުދެއްގެ ނަން، މޯލްޑިވްސްް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ ހާމަކޮށްފި އެވެ.

ކުރާ ވިޔަފާރިތަކާ އެކު މީރާއިން އާންމުކުރި ލިސްޓުގައިވާ 43 ކުންފުންޏަކީ ވެސް ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުނިތަކާއި ފަރުދުންނެވެ.

ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތައް

  1. ތްރީ އޭ އެންޑް ޓްރޭޑިން ކޮމްޕެނީ ލިމިޓެޑް
  2. ތްރީއޭ ވިލާ، މާލެ، އަބްދުﷲ އަލީ
  3. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިިމިޓެޑް
  4. ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  5. ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް
  6. ކެނެރީސް ރިސޯޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  7. ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް
  8. ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން
  9. ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  10. ދިވެހި ވިއުގަ ޕްރައިވެޓް ލިމިޓެޑް
  11. ޑްރިފްޓް ވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  12. އިކާވޯ
  13. އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
  14. އިކްއެޓޯރިއަލް ލައިންސް ޕްރައިވެޓް ލިމިޓެޑް
  15. އިހުސާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  16. ކަނޑިންމަ ހޯލްޑިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  17. ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  18. ލިޓަސް ޖެނެރަލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  19. ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  20. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް
  21. މޯލްޑިވިއަން ހޮލިޑޭސް ވިލެޖަސް ޕްރައިވެޓް ލިމިޓެޑް
  22. މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
  23. މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
  24. މިރިއަންދޫ މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
  25. މިސްކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  26. ނަވަލޯކާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  27. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  28. ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑް
  29. ރިނިއުވަބުލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  30. ސަންކެން އޯވަސީސް ޕްރައިވެޓް ލިމިޓެޑް
  31. އެސްއޭ އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  32. ސައުދީ ބިންލާދިން ގްރޫޕް ކޮމްޕެނީ ލިމިޓެޑް
  33. ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  34. ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް
  35. ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  36. ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  37. ޓީ އީޕީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  38. ޓެންސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  39. ޓްރެެވެލާސް ސްޓްރީޓް ޕްރައިވެޓް ލިމިޓެޑް
  40. ވައީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  41. ވާމްސް ޕްރައިވެޓް ލިމިޓެޑް
  42. ޔޮންސަން އެންޖިނިއަރިން މޯލްޑިވްސް ޕްރައިވެޓް ލިިމިޓެޑް
  43. ޒަހާ ރެސިޑެންސް ޕްރައިވެޓް ލިމިޓެޑް

މީރާގެ އުސޫލު އޮންނަ ގޮތުން، މި ލިސްޓްގައި ހުރި ކުންފުނިތަކުގެ ތެރެއިން ޓެކްސް ބަޔާން ހުށަހަޅާ ކުންފުނިތަކުގެ ނަން ލިސްޓުން އުނިކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox