"ގާޑިއޯލާ އަށް އިހުތިރާމްކުރަން، ބަޔަކު ފިތުނަ ފެތުރުމަކީ އެހެން ކަމެއް"

Sep 30, 2024, 12:48 AM
"ގާޑިއޯލާ އަށް އިހުތިރާމްކުރަން، ބަޔަކު ފިތުނަ ފެތުރުމަކީ އެހެން ކަމެއް"

ލަންޑަން (ސެޕްޓެމްބަރު 30) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް އަބަދުވެސް އިހުތިރާމްކުރާ ކަމަށާއި އޭނާ އާއި ދެމެދު ފިތުނަ އުފެދޭ ގޮތަށް ވާހަކަ ފެތުރުމަކީ އެހެން ބަޔަކު ކުރާ ކަމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އެ މެޗަށް ފަހު ދެ ޓީމުގެ ދެމެދުގައި އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެ ގޮތުން، އޭރު އާޓެޓާ ވަނީ ސިޓީގައި އޭނާ ހަތަރު އަހަރު ހޭދަކުރި ކަމަށާއި އެ ތަނުގައި ހިނގާ ކަންތައްތައް އޭނާ އަށް އެނގޭ ކަމަށް ބުނެފަ އެވެ. އެއީ، އޭނާ ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސަައްކަތްކުރިއިރު، ފެނިފައިވާ ކަންކަމަށް ބަލައިފަ އެވެ. އެ އަށް ދިން ރައްދުގައި ގާޑިއޯލާ ބުނީ، މީޑިއާގައި ވާހަކަ ދައްކާއިރު ބުނާ އެއްޗެއް ފުރިހަމަ އަށް އޮޅުންފިލާނެ ގޮތަށް ވާހަކަ ދެއްކުމަށެވެ.

ގާޑިއޯލާގެ އެ ރައްދާ ބެހޭގޮތުން، އާޓެޓާއާ ސުވާލުކުރުމުން، އޭނާ ބުނީ، ސިޓީގެ ކަންކަން އެނގޭ ކަމަށް އޭނާ ބުނީ، އެ ކްލަބުން ކާމިޔާބު ހޯދުމަށް ކުރާ މަސައްކަތް އެނގޭ ކަމަށެވެ. އަދި ގާޑިއޯލާ ޓީމުގެ ކަންކަން ރަނގަޅު ކުރަން ކުރާ މަސައްކަތް އެންމެ ރަނގަޅަށް އެނގޭނެ ފަރާތަކީ އޭނާ ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

"ގާޑިއޯލާ ބަލައިގަންނަން އަހަރެންގެ އުމުރުން 10 އަހަރުން ފެށިގެން. އަހަންނަށްޓަކައި އޭނާ ކޮށްދިން ކަންތަކަށް އަދި ކޮށްދެމުން އަންނަ ކަންތަކަށް އަބަދުވެސް ޝުކުރުވެރިވާނަން،" އާޓެޓާ ބުންޏެވެ.

"ފިތުނަ އުފައްދައިގެން އަހަރެމެންގެ މި ގުޅުން ހަލާކުކޮށްލަން ބަޔަކު މަސައްކަތް ކުރުމަކީ އަހަރެމެން އަތުގައި އޮތް ކަމެއް ނޫން، ސިޓީއާ މެދު އަހަރެންގެ އެއްވެސް ހިތްބުރަކަމެއް ނެތް. ސިޓީގެ ސްޓާފުންނާއި ވެރިންނާ މިހާރު ވެސް އަހަންނަށް އެންމެ ރަނގަޅަށް ވާހަކަ ދެއްކޭނެ،"

ގާޑިއޯލާ ބުނީ، އާސެނަލުން ބޭނުންވަނީ ސިޓީ ރުޅިއަރުވާލައިގެން މިއީ ހަނގުރާމައެއް ފަދަ ވާދަވެރިކަމަކަށް ހެދުން ކަމަށްވާނަމަ އެ ކަމަށް އެ ޓީމުން ވެސް ތައްޔާރު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox