ކްލަބް މޯލްޑިވްސް ކަޕް: އެސްޓީއޯ، ސްޓެލްކޯ އަދި އާރްއާރްސީ ނޮކައުޓް ބުރަށް

Sep 29, 2024, 3:44 AM
އެސްޓީއޯ ޓީމުގެ އިސާމް ލަނޑު ޖެހުމަށް ފަަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެސްޓީއޯ ޓީމުގެ އިސާމް ލަނޑު ޖެހުމަށް ފަަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގައި އިއްޔެ ހަވީރު އާއި ރޭ ކުޅުނު މެޗުތަކުން ކާމިޔާބު ހޯދި އެސްޓީއޯ ރެކްރިއޭޝަން ކްލަބް އާއި ސްޓެލްކޯ ކްލަބް އަދި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕް ސީގައި އެސްޓީއޯ އިން ވަނީ އޭވިއޭޝަން ސެކިއުރިޓީ އަތުން 7-1 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، ޕްރިޒަން ކްލަބުން ވަނީ ޕޮލިސް ކްލަބް 4-0 އިން ބަލިކޮށްފަ އެވެ. ގްރޫޕް ޑީގައި އިމިގްރޭޝަން އަތުން ސްޓެލްކޯ 2-0 އިން މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން، ކަސްޓަމްސް އާއި ދިރާގު ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.

ގްރޫޕް އީގައި ޔުނައިޓެޑް ބީއެމްއެލް އިން 5-0 އިން އެމްޓީސީސީ ބަލިކުރިއިރު، ގްރޫޕް އެފްގައި އާރްއާރްސީން އުރީދޫ އަތުން މޮޅުވީ 4-0 އިންނެވެ.

އާރްއާރްސީގެ ހާފިޒް ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

އިމިގްރޭޝަން އަތުން ސްޓެލްކޯ މޮޅުވި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އިބްރާހިމް ރިމާހު (ރިމޭ) އާއި އަބްދުﷲ ޒިޔާން އެވެ.

އެސްޓީއޯ އިން އޭވިއޭޝަން ސެކިއުރިޓީ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، މުހައްމަދު އިސާމް ހަތަރު ގޯލުގެ އިތުރުން އިޔާން އަހުމަދު ރަޝީދު، އިސްމާއިލް އީސާ (މެސީ) އަދި ހަސަން ނަޒީމް (ޗޯޓު) އެވެ. އޭވިއޭޝަން ސެކިއުރިޓީގެ ލަނޑު ޖެހީ، އަހުމަދު ޒައުލް ނާޒިމް އެވެ. ޕްރިޒަން އިން ޕޮލިސް ބަލިކޮށް ފުރަތަމަ މޮޅު ހޯދިއިރު، ލަނޑުތައް ޖެހީ އިބްރާހިމް އިމްރާން (އިންމި) ދެ ގޯލާއި މުހައްމަދު ނޫހު އިބްރާހިމް އާއި އިސްމާއިލް ޒަރީރު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

ގްރޫޕް އީގައި އެމްޓީސީސީ ކޮޅަށް ބީއެމްއެލްގެ ލަނޑުތައް ޖެހީ، އިޝާން އިބްރާހިމް (ސައްޓު)، ޒައިން ޒަފަރު، އަހުމަދު މަހުދޫމް، މުހައްމަދު ފާލިލް ފާއިގް އަދި އަލީ އުޒައިރު މުހައްމަދު އެވެ. އާރްއާރްސީން ރޭގެ މެޗުގައި، އުރީދޫ ކޮޅަށް ލަނޑުތައް ޖެހީ، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ދެ ގޯލާއި އަލީ ހާފިޒް (ހާއްޕެ) އަދި އަބްދުﷲ ޔާމީން (ޔާނު) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox