ތަރިންގެ ކޮންޓްރެކްޓާ ގުޅޭ ސުވާލުތަކަށް ސްލޮޓްގެ ފިނި ޖަވާބުތަކެއް

Sep 28, 2024, 4:14 AM
ތަރިންގެ ކޮންޓްރެކްޓާ ގުޅޭ ސުވާލުތަކަށް ސްލޮޓްގެ ފިނި ޖަވާބުތަކެއް

ލިވަޕޫލް (ސެޕްޓެމްބަރު 28) - މި ސީޒަނަށް ފަހު، ލިވަޕޫލްގެ ސީނިއާ ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވާއިރު، އެ ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުމަށް ކްލަބުން ކުރާ ކަންތައްތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް އަނެއްކާ ވެސް ފިނި ޖަވާބުތަކެއް ދީފި އެވެ.

ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކްގެ އިތުރުން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހު އާއި ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

ލިވަޕޫލުން މި ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ނުކުރާނަމަ، ޖެނުއަރީ 1 ގެ ފަހުން، ޕްރިމިއާ ލީގުގެ ކްލަބްތައް ނޫން ކޮންމެ ޓީމަކާ ވެސް ވާހަަކަ ދައްކައި، ޕްރީ އެގްރީމަންޓެއް ހެދުމުގެ ފުރުސަތު އޮންނާނެ އެވެ.

"ތި އުޅެނީ ތި ސުވާލުތައް އެކި ގޮތްގޮތަށް ކޮށްގެން އަހަރެންގެ ފަރާތުން ތި މީހުން ބޭނުންވާ ޖަވާބެއް ހޯދަން. އަހަރެން ވަރަށް އުފަލުން މި ހުރީ އެ ކުޅުންތެރިން އަހަރެންގެ ޓީމުގައި ތިބީމަ. މި ސީޒަނުގައި އަދިވެސް ވަރަށް ގިނަ މެޗުތަކެއް ކުޅެން އެބަހުރި، އަހަރެން ވަރަށް އުފާވޭ އެ މީހުން މި މެޗުތަކުގައި ބޭނުންކުރެވޭނެތީވެ. ދެން ބަލަންވީ މުސްތަގުބަލު ކިހިނެއްތޯ އޮތީ،" ސްލޮޓް ބުންޏެވެ.

ލިވަޕޫލްގެ ތަރި ސަލާހު ވަނީ މިއީ މިހާރު އޮތްގޮތުން ލިވަޕޫލްގައި އޭނާގެ ފަހު ސީޒަން ކަމަށް ބުނެފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަލާހު ހޯދަން ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާއި ޕީއެސްޖީން މަސައްކަތް ކުރެ އެވެ. އަލެކްސަންޑަ އާނޯލްޑް، ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އޭނާ ވަނީ ކެރިއަރުގައި ގިނަ ތަށިތަކެއް ހޯދުމާއި ލިވަޕޫލްގެ ކެޕްޓަންކަން ކުރުމަކީ ހާއްސަ އަމާޒެއް ކަމަށް ބުނެފަ އެވެ.

ވެން ޑައިކް ވަނީ، އިތުރު ދެ އަހަރަށް ލިވަޕޫލްގައި މަޑުކޮށް، 2026 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ލިވަޕޫލުން ކުޅޭނެ އެވެ. އެ މެޗަށް ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ ފިޓްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox