ގާޑިއޯލާގެ ރައްދު އާޓެޓާ އަށް: "އޮޅުންފިލާ ގޮތަށް ވާހަކަ ދައްކާ!"

Sep 28, 2024, 1:26 AM
ގާޑިއޯލާގެ ރައްދު އާޓެޓާ އަށް: "އޮޅުންފިލާ ގޮތަށް ވާހަކަ ދައްކާ!"

މެންޗެސްޓާ (ސެޕްޓެމްބަރު 28) - މީޑިއާގައި ވާހަކަ ދައްކާއިރު ބުނާ އެއްޗެއް ފުރިހަމަ އަށް އޮޅުންފިލާނެ ގޮތަށް ވާހަކަ ދެއްކުމަށް ބުނެ، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދުދީފި އެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ސިޓީ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އެ މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މީޑިއާގައި ބަހުގެ ހަމަލާ ބަދަލުކޮށްފަ އެވެ.

އެ ގޮތުން، އާސެނަލްގެ ކޯޗު އާޓެޓާ ވަނީ ސިޓީގައި އޭނާ ހަތަރު އަހަރު ހޭދަކުރި ކަމަށާއި އެ ތަނުގައި ހިނގާ ކަންތައްތައް އޭނާ އަށް އެނގޭ ކަމަށް ބުނެފަ އެވެ. އެއީ، ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

"ދެން ފަހަރަކުން މިކޭލް (އާޓެޓާ) އެބަޖެހޭ އޭނާ ދައްކާ ވާހަކަަ ސާފުކޮށް ބުނެދެން. އޭނަ އެބަ ބުނޭ މި ތަނުގައި ހަތަރު އަހަރު ހޭދަކުރީމޭ، މި ތަނުގައި ހިނގާ ކަންތައްތައް ވަރަށް ރަނގަޅަށް އެނގެޔޭ. އެ ވެދާނެ މިހާރު އަހަރެމެންނާ ދެކޮޅަށް އެ ހިނގާ 115 މައްސަލައާ ގުޅޭ ވާހަކަ އަކަށް ވެސް. ފަހަރެއްގައި އޭނަ އަށް އެ މައުލޫމާތު އެނގެނީ ކަަމަށް ވެސް ވެދާނެ. އުންމީދަކީ އަހަރެން މި ދައްކާ ވާހަކައިގެ ސުވާލުތައް އޭނާއާ ކުރެވި ސާފުކޮށް ޖަވާބުތަކެއް ލިބޭނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ، އާސެނަލުން ބޭނުންވަނީ ސިޓީ ރުޅިއަރުވާލައިގެން މިއީ ހަނގުރާމައެއް ފަދަ ވާދަވެރިކަމަކަށް ހެދުން ކަމަށްވާނަމަ އެ ކަމަށް އެ ޓީމުން ވެސް ތައްޔާރު ކަމަށެވެ.

އާސެނަލްގެ ބްރެޒިލް ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް ވަނީ ސިޓީ މެޗަށް ފަހު، މިއީ ހަނގުރާމައެއް ކަމަށާއި ފުރަތަމަ މެޗު މި ނިމުމުން ދެން ވިސްނުން ހުރީ ސިޓީން އާސެނަލް ދަނޑަށް އަންނަ މެޗުގައި ބަދަލު ހިފުމަށް ކަމަށެވެ.

"އެ މީހުން (އާސެނަލް) މިއީ ހަނގުރާމަ އަކަށް ހަދަން ބޭނުމިއްޔާ. އަހަރެމެން މި ތިބީ މި ހަނގުރާމަ ވެސް ކުރަން ތައްޔާރަށް،" ގާޑިއޯލާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox