ރާއްޖެ ބަލިކޮށް ޔަމަނުން ދެ ވަނަ މޮޅު ހޯދައިފި

ރާއްޖެ ބަލިކޮށް ޔަމަނުން ދެ ވަނަ މޮޅު ހޯދައިފި

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ގްރޫޕް އެފްގައި މިއަދު ކުޅުނު މެޗުން ރާއްޖެ އަތުން 2-0 އިން ކުރިހޯދައި ޔަމަނުން ދެ ވަނަ މޮޅު ހާސިލްކޮށްފި އެވެ.

ޔަމަނުން ވަނީ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ އަތުން 3-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ރާއްޖެ ބަލިކޮށް ޔަމަނުން އެއް ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ އަތުން ފުރަތަމަ މެޗުގައި 4-0 އިން މޮޅުވި އިންޑޮނޭޝިއާ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ.

ކޮލިފައިން މެޗުތައް ހޯސްޓްކުރާ، އިންޑޮނޭޝިއާ އިން ދެ ވަނަ މެޗުގައި، މިރޭ ކުޅޭނީ ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭއާ އެވެ. ދެ މެޗުން ބަލިވެ، ހަތަރެއްގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމަށް އޭޝިއަން ކަޕްގެ ޖާގަ ލިބޭއިރު، ކޮލިފައިން 10 ގްރޫޕްގެ ދެ ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ފަސް ޓީމަކަށް ވެސް އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ.

ޔަމަނާ ދެކޮޅަށް މިއަދު ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މިއަދުގެ މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ޔަމަނުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، އަބްދުލް އަޒީޒް އަވާދު މަސްނޯމް ދިން ބޯޅައަކުން އޭރިއާތެރެއިން، އާދިލް އައްބާސް ގާސިމް އެވެ.

ރާއްޖޭގެ ފަރާތުން ފަށައިގެން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 36 ވަަނަ މިނިޓްގައި ޔަމަނުން ދެ ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ، އޭރިއާ ރޮނގުކައިރިން ކުރިއަށް ޖެހިލުމަށް ފަހު، ތިރިތިރިން ބޯޅަ ފޮނުވާލައިގެން، އަންވަރު ހުސެއިން އަލް ތުރައިގީ އެވެ.

މި މެޗުގައި ރާއްޖޭގެ ކެޕްޓަންކަން ކުރި، ގޯލްކީޕަރު، މުހައްމަދު ޔާމީން ވަނީ ދެ ވަަނަ ހާފުގައި ޔަމަނުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އެ ގޮތުން، ހުސްކޮށް އޭރިއާތެރޭގައި ހުރެފައި ޖެހި ދެ ބޯޅައެއް އޭނާ މަތަކުރި އެވެ.

މެޗުގައި ޔަމަނުން ތިން ވަނަ ލަނޑު ޖެހީ، 90 ވަނަ މިނިޓްގަ އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި ޔަމަނުގެ މުހައްމަދު އިސާމް އަލް އަވާމީ ޖެހި ގޯލެކެވެ. އޭނާ އަރިމަތީގައި ހުރެފައި ހުރަހެއް ގޮތަށް ނަގައިދިން ބޯޅަ ޕަންޗް ކޮށްލަން އުޅުމުގެ ތެރޭގައި ކީޕަރު ޔާމީން އަތްމަތިން ބޯޅަ ވަނީ ގޯލަށެވެ.

ކައުންޓަ އެޓޭކުގައި ރާއްޖޭގެ ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރިއިރު، ބަދަލަކަށް ކުޅެން އެރި، ރާއްޖެ ޓީމުގެ މުހައްމަދު އިޒާން އަލީ އަށް ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، ފަހަތަށް ފައިބައިގެން، ޔަމަނުން ޑިފެންސްކުރުމުގައި ދެއްކި ތަފާތުގެ ސަބަބުން، އެ ޓީމުގެ ކީޕަރުން ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާތަކެއް ފޮނުވައިނުލެވުނެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ޔަަމަންގެ ކީޕަރު، އޮސާމާ އަލް މޮހްރެފް އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި، ކީޕަރު ވަދާ އަންވަރު އަހުމަދު ވަނީ ކުޅެން ނުކުމެފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭން ކުޅޭނީ އަންނަ އާދިއްތަ ދުވަހު ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox