ޑޮލަރު ގަތުމުގެ މުއާމަލާތުގެ ތެރެއިން ޕީއެސްއެމްއިން ނުވަ މިލިއަން ރުފިޔާ ގެއްލުނު: އޮޑިޓު ރިޕޯޓު

ޕީއެސްއެމް އޮފީސް ހުންނަ އިމާރާތް: މި މައްސަލަ އޮޑިޓު އޮފީހަށް ހުށަހެޅީ ޕީއެސްއެމްގެ މެނޭޖުމަންޓުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީއެސްއެމް އޮފީސް ހުންނަ އިމާރާތް: މި މައްސަލަ އޮޑިޓު އޮފީހަށް ހުށަހެޅީ ޕީއެސްއެމްގެ މެނޭޖުމަންޓުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު ގަންނަން ކަމަށް ބުނެ ނެގި ފައިސާއިން ނުވަ މިލިއަން ރުފިޔާ މަދުވާ ކަމަށާއި ޑޮލަރު ގަތުމުގެ މުއާމަލާތްތަކުގެ ތެރެއިން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު، އަހުމަދު ހަނީފު އާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އިއްޔެ އާންމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ގެއްލިފައިވާ ނުވަ މިލިއަން ރުފިޔާ އަކީ:

  • ޑޮލަރު ގަތުމުގެ ނަމުގައި އެ ކުންފުނީގެ ބޭންކު އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4،583،701ރ.
  • 2017 އިން 2024 ގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ އާއި އެހެނިހެން ގޮތްގިތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4،260،295ރ.
  • ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190،087ރ.

ރިޕޯޓުގައި ބުނެފައި ވަނީ ޑޮލަރު ގަތުމަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި 5.79 މިލިއަން ރުފިޔާގެ ތެރެއިން 4.58 މިލިއަން ރުފިޔާއަށް ލިބެންވާ 297،257 ޑޮލަރު ޕީއެސްއެމްއަށް ލިބިފައި ނުވާ ކަމަށެވެ.

އެ ފައިސާއަށް ލިބުނު 76،731 ޑޮލަރުގެ ތެރޭގައި ވެސް ހަނީފުގެ އަމިއްލަ ޑޮލަރު އެކައުންޓުން ޓްރާސްފާ ކޮށްފައިވާ 10،947 ޑޮލަރާއި އޭޓީއެމް މެދުވެރިކޮށް އޭނާ ޖަމާކުރި 8060 ޑޮލަރުގެ އިތުރުން ހަނީފުގެ ދަރިއެއްގެ އެކައުންޓުން ޕީއެސްއެމްގެ އެކައުންޓަށް ޖަމާ ކޮށްފައިވާ 36،071 ޑޮލަރު ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑޮލަރު ގަތުމަށް ޗެކު މެދުވެރިކޮށް 4،500،867ރ. ނެގި ނަމަވެސް އެ ފައިސާގެ ތެރެއިން އަހުމަދު ހަނީފު ހަވާލުވެފައި ވަނީ 968،580ރ. އާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އެކަން އެގޮތަށް ހިނގި ނަމަވެސް، ޗެކު މެދުވެރިކޮށް ނެގި ފައިސާގެ ތެރެއިން އަނެއްބައި ނުލިބުމުން، ފައިސާ ނަގަން ދިޔަ މުވައްޒަފުންނަށް ހަނީފު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމާއި ބޭންކު އެކައުންޓުން ފައިސާ ނަގައިގެން ޑޮލަރު ގަތުމުގެ ކަންކަން އާންމުކޮށް ކުރިއަށް ގެންގޮސްފައި ވަނީ ހަނީފު ކަމަށް ވާތީ ލިޔެކިޔުމުން ނުފެނުނު ނަމަވެސް، ބާކީ ހުރި ފައިސާ ވެސް ހަނީފު އާ ހަވާލު ކުރިކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި، ޕީއެސްއެމްއަށް 2017 އިން 2024 ގެ އޭޕްރިލްގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު ނަގުދު ފައިސާގެ ތެރެއިން 4،260،295ރ. ޕީއެސްއެމްގެ ބޭނުމަށް ބޭނުން ކޮށްފައި ނުވާއިރު، އެ ފައިސާ ކުންފުނީގެ އެކައުންޓަށް ވެސް ތިޖޫރީއަށް ވެސް ވައްދާފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން 112،235ރ. ފިޔަވައި އެހެން ހުރިހާ ފައިސާއަކާ ޕީއެސްއެމްގެ އެތެރެއިން ހަނީފު ހަވާލުވެފައިވާކަން އޮޑިޓަށް ހާމަވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ޕެޓީ ކޭޝް ފިޔަވައި ޕީއެސްއެމްގެ ތިޖޫރީގައި ހުންނަންޖެހޭ 190،087ރ. ބޭންކު އެކައުންޓަށް ޖަމާ ކުރުމަށް އޯގަސްޓު 7، 2021 ގައި ހަނީފު ހަވާލުވި ނަމަވެސް ޕީއެސްއެމްގެ އެކައުންޓަށް އެ ފައިސާ ޖަމާ ނުކޮށް، ގެއްލިފައިވާމަށެވެ.

ދަރިއެއްގެ އެކައުންޓަށް ވަތް ފައިސާ އާއި ބޭރުގެ ބިލުތައް

އޮޑިޓު ރިޕޯޓުގައި ބުނެފައި ވާގޮތުން އޮންލައިން ޓްރާންސްފާ ހަދައިގެން 1.28 މިލިއަން ރުފިޔާ ޑޮލަރު ގަތުމަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ޖުމުލަ 75،491 ޑޮލަރަށްވާ 1.1 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާ ކޮށްފައިވަނީ ހަނީފުގެ ދަރިއެއްގެ އެކައުންޓަށް ކަމަށެވެ.

އޮންލައިން ޓްރާސްފާ ހަދައިގެން ޑޮލަރު ގަތުމުގެ ނަމުގައި ނަގާފައިވާ ފައިސާގެ ތެރެއިން 403،122 ރުފިޔާގެ ޕޭމަންޓު ވައުޗަރުގައި ފައިސާ ހަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ހަމަ އެކަނި ސޮއި ކޮށްފައި ވަނީ ހަނީފު ކަމާއި އެއްވެސް މީހެއްގެ ސޮއި ނުކޮށް 30،886 ރުފިޔާ ޓްރާސްފާ ކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން، ރާއްޖޭން ބޭރުގެ ކުންފުންޏެއްގެ 10 ބިލަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރު ގަތުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އެ ބިލުތައް ބޭނުން ކޮށްގެން ތަކުރާރުކޮށް ޑޮލަރު ގަތުމުގެ ނަމުގައި ޕީއެސްއެމްގެ ރުފިޔާ އެކައުންޓުން 254،152ރ. ނަގާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި، އިތުރު ހަތަރު ފަރާތެއްގެ 11 ބިލަކަށް ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް އެކި ފަހަރު މަތިން 1.1 މިލިއަން ރުފިޔާ ޕީއެސްއެމްގެ ބޭންކު އެކައުންޓުން ނެގި ނަމަވެސް، އެ ބިލުތަކަށް ފައިސާ ދައްކާފައި ވަނީ އެކައުންޓުން ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހަމައެހެންމެ، ތިން ބިލަކަށް ފައިސާ ދެއްކުމަށް 15،000 ޑޮލަރު ގަތުމަށް 231،300ރ. ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގުމަށްފަހު ޕީއެސްއެމްގެ ޑޮލަރު އެކައުންޓަށް އެހެން ފަރާތްތަކުން ޖަމާކޮށްފައިވާ ޑޮލަރު ބޭނުން ކޮށްގެން ފައިސާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ހުރިހާ މުއާމަލާތްތަކެއް ހަނީފު ހިންގިއިރު، ކުންފުނީގެ ބޭނުމުގައި ބޭރު ފައިސާ ހޯދުމުގައި އަމަލު ކުރާނެ އެއްވެސް އުސޫލެއް ޕީއެސްއެމްގައި ނެތްކަން އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މި އޮޑިޓަކީ ޕީއެސްއެމްއަށް ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބި ހުރި މައްސަލަ އާ ގުޅިގެން ޕީއެސްއެމްއިން އެދިގެން ހެދި ހާއްސަ އޮޑިޓެކެވެ.

އޮޑިޓުގައި ބަލާފައި ވަނީ 2017 އިން ފެށިގެން 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޑޮލަރު ގަތުމަށް ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކާއި އެކި ހިދުމަތްތައް ފޯރުކޮށްދީގެން އާމްދަނީގެ ގޮތުގައި ލިބިފައިވާ ނަގުދު ފައިސާގެ މުއާމަލާތްތަކުގެ އިތުރުން ތިޖޫރީގައި ބަހައްޓާ ފައިސާ އާއި ނަގުދު ފައިސާއިން ކުރި ހަރަދުތަކާ ގުޅޭ މުއާމަލާތްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox