ރިޓަޔާކުރަން ނިންމި ނިންމުން ދޫކޮށްލައި ޝެޒްނީ ބާސެލޯނާ އަށް

Sep 27, 2024, 1:52 AM
ރިޓަޔާކުރަން ނިންމި ނިންމުން ދޫކޮށްލައި ޝެޒްނީ ބާސެލޯނާ އަށް

ބާސެލޯނާ (ސެޕްޓެމްބަރު 27) - މިދިޔަ މަހު ފުޓްބޯޅައިން ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށް، ޕޮލެންޑްގެ ގޯލްކީޕަރު، ވޮޒްޝިއޭ ޝެޒްނީ، ބާސެލޯނާއާ އެކު ކޮންޓްރެކްޓެއް ހެދުމަށް އެއްބަސްވެއްޖެ އެވެ.

ޝެޒްނީ، 34، މިދިޔަ މަހު ފުޓްބޯޅައިން ރިޓަޔާކުރަން ނިންމީ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ވެސް ލިބިފައި އޮއްވަ އެވެ. އެކަމަކު، ބާސެލޯނާގެ އެއް ވަނަ ކީޕަރު، މާކް އަންދްރޭ ޓާ ސްޓެގެންގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި އޭނާ އަށް ގާތްގަނޑަކަށް ސީޒަން ނިމިފައިވާއިރު، ބަދަލުގައި ބާސެލޯނާ އިމަޖެންސީ ޓްރާންސްފާއެއްގެ ގޮތުގައި ކީޕަރެއް ބޭނުންވުމުން، ޝެޒްނީ އެ ޑީލަށް އެއްބަސްވީ އެވެ.

"ބާސެލޯނާގެ ތާރީހަށް އަހަރެންގެ ވަރަށް ބޮޑު އިހުތިރާމެއް އެބައޮތް. އަހަންނަށް އެނގޭ މިއީ ވަރަށް އުނދަގޫ ވަގުތެއްކަން ބާސެލޯނާ އަށް. ސްޓެގެންގެ އިންޖަރީއާ އެކު ބާސެލޯނާ އިން މި ނިންމުން ނިންމަންޖެހޭ،" ސްޕެއިނުގެ ނޫހަކަށް ކުރިން އާސެނަލާއި ޔުވެންޓަސް އަށް ކުޅުނު ޝެޒްނީ ބުންޏެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ، ޝެޒްނީއާ ބެހޭގޮތުން ވާހަކަ ނުދެއްކޭނެ ކަމަށާއި އަދި އެއީ އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއެއް ނޫން ކަމަށެވެ. އެކަމަކު، ބާސެލޯނާގައި މި ވަގުތު ހުރި ކީޕަރު، އިނާކީ ޕެންޏާ އަކީ 25 އަހަރުގެ ޒުވާން ކީޕަރެއް ކަމަށާއި ދެން ތިބީ އެ އަށް ވުރެ ވެސް ހަގު ކީޕަރުން ކަމަށްވާތީ، ތަޖުރިބާކާރު ކީޕަރެއްގެ ބޭނުން ޓީމަށް ބޮޑު ކަމަށް ފްލިކް ވެސް ވަނީ ބުނެފަ އެވެ.

އާސެނަލުން 2009 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ކީޕަރު ޝެޒްނީ، 2017 އާ ހަމައަށް އެ ޓީމަށް ކުޅުނެވެ. އެ މުއްދަތުގައި އެއް އަހަރު ލޯނަކަށް ބްރެންޓްފޯޑަށް އަދި ދެ އަހަރު ލޯނަކަށް ރޯމާ އަށް ކުޅުނެވެ. ފަހުން، 2017 ގައި ޔުވެންޓަސްއާ ގުޅުނުއިރު، މިދިޔަ ސީޒަނުގެ ނިޔަލަށް ހުރީ އެ ޓީމުގެ ކޮންޓްރެކްޓްގަ އެވެ. އޭނާ ކޮންޓްރެކްޓް ނިންމާލީ ޔުވެންޓަަސްއާ އެކު ވަކިން އެއްބަސްވުމަކަށް އަތުވުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox