ޔަމަން ވެސް ވަރުގަދަ، މަސައްކަތް ކުރަންޖެހޭ: ޝާކިއްޓެ

ޔަމަން ވެސް ވަރުގަދަ، މަސައްކަތް ކުރަންޖެހޭ: ޝާކިއްޓެ

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަންގައި ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މިއަދު ބައްދަލުކުރާ ޔަމަަނަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރާއްޖެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި މި ވަގުުތު އޮތީ ފުރަތަމަ މެޗުން ރާއްޖެ އަތުން 4-0 އިން މޮޅުވެ، ތިން ޕޮއިންޓާ އެކު އިންޑޮނޭޝިއާ އެވެ. ދެ ވަނައިގައި އޮތް ޔަމަނުން ވެސް ތިން ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ އަތުން 3-1 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓާ އާއި ހަތަރެއްގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޝާކިއްޓެ ބުނީ، މި ގްރޫޕް ރޭންކް ކުރާނަމަ އެއް ވަނައިގައި ކިޔަންޖެހޭނީ އޭނާ ދެކޭގޮތުގައި އިންޑޮނޭޝިއާ ކަމަށެވެ.

"މި ގްރޫޕް ރޭންކް ކުރާނަމަ، އިންޑޮނޭޝިއާ އެއް ވަނައިގައި މި ކިޔަންޖެހެނީ. ދެން، ދެ ވަނައިގައި ޔަމަން، ޔަގީންކަމެއް، ޔަމަން އަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް، އަހަރެމެންނަށް ވުރެ ވެސް ރަނގަޅު ޓީމެއް. އެކަމަކު، އަހަރެމެން މި ތިބީ ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރަން ތައްޔާރަށް. އަހަރެމެންނަށް ކުރެވުނު ހިތްވަރެއް ކޮށްގެން އަދި ވެސް ކުރިއަށް ދިއުމުގެ އުންްމީދުގައި މި ތިބީ،" ދިހަ އަކަށް ވުރެ ގިނަ އަހަރު އުމުރުފުރާ ގައުމީ ޓީމުތަކުގެ ކޯޗިންގައި މަސައްކަތްކޮށްފައިވާ ޝާކިއްޓެ ބުންޏެވެ.

ކޮލިފައިން މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝާކިއްޓެ ބުނީ، ޔަމަން އަކީ ވަރަށް ހަލުވި ކުޅުންތެރިންތަކެއް ކުޅޭ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ޔަމަން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ހަމަ ސީދާ ޔަމަން އަށް ނިސްބަތްވާ ކުޅުންތެރިން ނޫން ކަމަށާއި އަރަބި އެކި ގައުމުތަކާއި އެހެން ގައުމުތަކުގައި ދިރިއުޅޭ ޔަމަނަށް ނިސްބަތްވާ ކުޅުންތެރިން އެއްކޮށްލައިގެން ހަދާ ޓީމެއް ކަމަށް ޝާކިއްޓެ ވަނީ ފާހަގަކޮށްފަ އެވެ.

ފުރަތަމަ މެޗުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖޭން ފުރަތަަމަ ހާފު ނިންމާލީ 0-0 ގަ އެވެ. އިންޑޮނޭޝިއާ އިން ދެ ވަނަ ހާފުގައި ފަސް މިނިޓް ތެރޭ ތިން ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ، ތިން ވަނަ ލަނޑު ޖެހިތާ ނުވަ މިނިޓް ފަހުންނެވެ. ރާއްޖެ އަށް ވެސް އެ މެޗުގައި ލަނޑު ޖަހަން ފުުރުސަތުތަކެއް ލިބި ބޭނުންނުކުރެވިދިޔަ އެވެ.

"ފުރަތަމަ ހާފުގައި އަހަރެމެން ޕްލޭން ކުރި ގޮތަށް މި ކަންކަން މި ދިޔައީ. ދެ ވަނަ ހާފުގައި މި ދިމާވީ ފިޓްނަސްގެ ކަންކަމުގެ މައްސަލަ މައިގަނޑު ގޮތަކަށް. އެ މައްސަލަ މި ދިމާވީ ކުރިން ވެސް ފާހަގަކުރި ގޮތަށް ފަހުން ޓީމާ ގުޅުނު ކުުޅުންތެރިންނާއި އެންމެ ފުރަތަމަ ޓީމުގައި ތިބި ކުޅުންތެރިން ދެމެދުގައި ފިޓްނަސްގެ ފަރަގެއް ދިމާވީ. މި ނަތީޖާ ނުކުތުމުގެ އަސްލަކީ އެ ފިޓްނަސް މައްސަލަ،" ޝާކިއްޓެ ބުންޏެވެ.

ރާއްޖެއާ އަޅާކިޔާއިރު، އިންޑޮނޭޝިއާ މި ވަގުތު ފެންނަނީ މާ ރަނގަޅުކޮށް ކަމަށާއި އެ މީހުންގެ ތައްޔާރީތައް ވެސް ރަނގަޅު ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ.

"އެއީ، އެ މީހުން (އިންޑޮނޭޝިއާގެ 20 އަހަރުން ދަށުގެ ޓީމު) އެ އަންނަނީ ހުއްޓާލުމެއް ނެތި މި އަހަރުގެ ޖެނުއަރީން ފެށިގެން އެކުވެރިކަމުގެ މެޗުތަކާއި މުބާރާތްތަކުގައި ކުޅެމުން. ތައްޔާރީތައް ވެސް އެ މީހުންގެ ލެވަލް ވެސް އަހަރެމެންނަށް ވުރެ ރަނގަޅުކޮށް ފެންނަނީ،" ޝާކިއްޓެ ބުންޏެވެ.

ޔަމަން އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ، ރާއްޖެ ގަނޑިން މިއަދު މެންދުރު 1 ޖަހާއިރު އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox