އުކުޅަހު މަގުތައް ހެދުމުގެ މަސައްކަތް ނުނިންމައި، ހިމުން ހިލަތަކުން ބައެއް މާފަރަށް ގެންގޮސްފި

އުކުޅަސް މަގު ހަދަން ގެންދިޔަ ބައެއް ސާމާނު އެ ރަށުން ގެންދިޔުން

އުކުޅަސް މަގު ހަދަން ގެންދިޔަ ބައެއް ސާމާނު އެ ރަށުން ގެންދިޔުން

އއ. އުކުޅަސް މަގު ހަދަން ކުރީގެ ސަރުކާރުން އެރަށަށް ގެންގޮސްފައި ހުރި ތަކެތީގެ ތެރޭގައި ހިމެނޭ ހިމުން ހިލަތަކުން ބައެއް، އެ މަސައްކަތް ނުނިންމައި އެހެން ރަށަކަށް ގެންގޮސްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ކުރީ ސަރުކާރުން ފެށި އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫއަށް ގެންދިޔަ ހިމުން ހިލަތަކުން ބައެއް މިސަރުކާރުން ގެންދިޔައީ މާފަރު އެއާޕޯޓު ހެދުމުގެ މަޝްރޫއަށެވެ.

"މަގު ހަދަން ގެނެސްފައި ހުރި ހިމުން ހިލަތައް ގެންދިޔައީ. އެމްޓީސީސީން ބާޖެއް ކައިރިކޮށްފައި ލޮރީއަށް އެ އެއްޗެހި އިއްޔެ އަރުވައި ލޯޑްކޮށްގެން މިއަދު ގެންދިޔައީ،" އެކަން އެނގޭ މީހަކު ބުންޏެވެ.

Advertisement

އުކުޅަހުން "އަދަދު" އާ ވާހަކަ ދެއްކި މީހާ ބުނީ މަގު ހެދުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް ދިޔަ ނަމަވެސް، މަގު ހަދަން ގެނައި ސާމާނު ގެންދިޔުމުން މަޝްރޫއު ނިމުން ލަސްވާނެ ކަމަށެވެ.

އޭނާ ބުނީ މަގު ހެދުމުގެ މަޝްރޫއު ނުނިމި ދިގުލައިގެން ދިޔުމުގެ ރަށުގެ ޓޫރިޒަމަށް އަސަރު ކުރަމުންދާ ކަމަށާއި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރީ ވަޅުގަނޑުތައް ހެދިފައި ކަމަށެވެ.

"ޓޫރިޒަމަށް އަސަރު ކުރަމުންދަނީ. މަގު ހަދަން އެކި ތަންތަނުގައި ވަޅު ކޮނެފައި ހުރީ. ވާރޭ ވެހިލާ އިރަށް ޗަކަ ހެދި ވަރަށް އުނދަގޫތައް ދިމާވޭ. މަގު ހެދުން ލަސްވާ ވަރަކަށް ގެއްލުންވާނެ،" އޭނާ ބުންޏެވެ.

އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ގެނެސްފައި ހުރި ހިލަތަކެއް ވެސް ކުރިން ގެންގޮސްފައިވާއިރު، ރަށުގެ އެކި މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ.

މިދިޔަ އަހަރު އެމްޓީސީސީން ފެށި އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 2678 މީޓަރުގެ 10 މަގެއް ތަރައްގީ ކުރުމަށް އޮތީ ހަމަޖެހިފަ އެވެ.

އެކި ރަށްރަށުގެ މަޝްރޫތަކަށް ގެންގޮސްފައި ހުރި ސާމާނު އެހެން ރަށްރަށުގެ މަޝްރޫއުތަކަށް ގެންދާ މައްސަލައިގައި ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox