މުއިއްޒުގެ "އަންނަ ހަފުތާ" އެއް އުކުޅަހަށް ނައިސް ރައްޔިތުން މާޔޫސްވެފައި!

އއ. އުކުޅަސް

އއ. އުކުޅަސް

އުކުޅަހަކީ ފަތުރުވެރިކަމުގެ ރަން މުތެއް ފަދަ ރަށެކެވެ. ގެސްޓްހައުސްތަކުން ރަށުގެ ސޫރަ ބަދަލުވަމުން ދިޔަ ނަމަވެސް، އެ ރީތިކަމުގެ ފުރަގަހުގައި އޮތީ ހިތްދަތި ހަގީގަތެކެވެ. ވޭތުވެދިޔަ 40 އަހަރު ދުވަހު ގޯއްޗެއް ދޫނުކުރުމުގެ ސަބަބުން، ރަށުގެ ބައެއް އާއިލާތައް ތިބީ އަމިއްލަ ފަސްގަނޑުގައި ބިކަވެފަ އެވެ.

ރަށުގެ އާބާދީ ގުނަވެ ތިން ހަތަރު ޖީލު އެއް ފުރާޅެއްގެ ދަށުގައި އުޅެން ޖެހިފައިވާ އާއިލާތައް އެބަ އުޅެ އެވެ.

"އެގާރަ މީހުން އެއް ކޮޓަރިއެއްގައި ވެސް އުޅެން މަޖުބޫރުވެފައިވާ އާއިލާއެއް މިރަށުގައި އެބަ އުޅޭ،" ނަން ނުޖެހުމަށް އެދި މީހަކު ބުންޏެވެ.

"މިފަދަ ކަންކަމުގެ ސަބަބުން ނުކުންނަ މައްސަލަތައް ވަރަށް ބޮޑު. އެކަމަކު ބިން ހިއްކި ފަހުން ވެސް ގެވަޅެއް ދޫކުރާކަށް ނޫޅޭ."

ކުރިން މަސްވެރި އުކުޅަސް މިހާރު މިފަދަ ހާލަތެއްގައި އޮތްއިރު، އަމިއްލަ ބޯހިޔާވަހި ކަމަށް ބޭނުންވެ ތިއްބާ ކުލަ ބަދަލުވެ ބާރު ގެއްލެމުންދާ މީހުން އިންތިޒާރުގައި ތިބެން ޖެހޭނީ ކިހާ ދުވަހެއްގައިތޯ މިއީ އެ މީހުން ކުރާ ސުވާލެވެ.

މިކަމަށް ހައްލު ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުން ބިން ހިއްކަން ފެށިއެވެ. އެ ވެރިކަން 2023 ވަނަ އަހަރު ބަދަލުވިއިރު ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި އޮތަސް، މި ސަރުކާރަށް ދެ އަހަރު ފާއިތުވެގެން ދިޔައިރު އަދިވެސް މަޝްރޫއު ނުނިންމެ އެވެ.

ރައްޔިތުންގެ އެންމެ ބޮޑު މި ޒަރޫރަތަށް މުއިއްޒު ވެސް ދެއްވަނީ އުއްމީދެވެ. އެންމެ ފަހުން، މިދިޔަ އަހަރުގެ އޮގަސްޓު 20 ގައި މުއިއްޒު އުކުޅަހަށް ކުރެއްވި ދަތުރުގައި ވިދާޅުވީ ދޭން ރާވާފައިވާ 250 ގޯތި ދެވޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށް، ގޯތިތައް ދޫކުރުމުގެ ހުއްދަ "އަންނަ ހަފުތާ ތެރޭގައި" ކައުންސިލާ ހަވާލުކުރައްވާނެ ކަމަށެވެ. ނަމަވެސް، އެ ވިދާޅުވި ހަފުތާ ނިމި މަސްތައް ފާއިތުވެގެން ދިޔައިރުވެސް އެ ހުއްދައެއް ނުލިބުނެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް (މަނިކު) ވިދާޅުވި ގޮތުގައި، ސަރުކާރުން މި މަޝްރޫއަށް އެއްވެސް ސަމާލުކަމެއް ނުދޭތާ، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގެވަޅު ދޫކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުން ދަނީ ހުރަސްއަޅަމުންނެވެ.

"ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް މިކަމަކު ނެތް،" އޭނާ ވިދާޅުވިއެވެ.

"ޒަމާނުއްސުރެ ރަށުގެ ބިމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރީ ސަރުކާރު ނިމިގެން ދިޔައިރު، ގާތްގަނޑަކަށް އޮތީ ބިން ހިއްކާ ނިންމާފައި. އެހެން ނަމަވެސް ފެނިގެން މިދަނީ ސަރުކާރުން މި ޕްރޮޖެކްޓަށް އެއްވެސް ސަމާލުކަމެއް ނުދޭތަން. ބިން ހިއްކުމުގެ ބާކީ މަސައްކަތް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ނުދޭތަން އަދި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގެވަޅު ދޫކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާތަން މި ފެންނަނީ."

މި ރަށުގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މިދިޔަ އަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ ގާބުރިއެއް ނުބޭއްވި އެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން މުއިއްޒު ބޭނުން ނުވަނީ، އުކުޅަސް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވި ގޮތުގައި މިރަށުގައި އެމްޑީޕީގެ ކައުންސިލެއް އޮތުމުންނެވެ.

"ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ޖެއްސުންކުރާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު އުކުޅަހަށް ކުރެއްވި ދަތުރުގައި ރަށުގެ ދޯނި އެހެލާ ސަރަހައްދާއި ސްކޫލް ސްޕޯޓްސް ކޮމްޕްލެކްސްގެ އެއްބަސްވުންތަކުގައި ސޮއިކުރި އެވެ. ނަމަވެސް މަސައްކަތެއް ކުރިއަށް ނުދެއެވެ. އެމްޑީޕީގެ ވެރިކަމުގައި ފަށާފައި ހުރި މަޝްރޫއުތައް ވެސް އަދިވެސް ނުނިމެއެވެ. އޭގެ ތެރޭގައި މަގުތަކާއި ބަނދަރާއި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެ އެވެ.

އުކުޅަހުގެ ރައްޔިތުން އެދެނީ މިކަމަށެވެ؛ ސިޔާސީ ފިކުރަށްވުރެ ބޯހިޔާވަހިކަމުގެ ހައްގު އިސްކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox