ކައުންސިލް އިންތިހާބުގައި ވޯޓު ނުލާނެ ކަމަށް ބުނެ ޕީއެންސީ ސަޕޯޓަރުން ކުރި ޑިމާންޑަށް އުކުޅަހު ޕްރިންސިޕަލް ބަދަލުކޮށްފި

އއ. އުކުޅަސް މަތިން ފެންނަ ފޮޓޯއެއް: އެ ސްކޫލުގެ ޕްރިންސިޕަލް ބަދަލު ކުރަން ނިންމާފައި ވަނީ އެ އަތޮޅު މަދަރުސާއަށް -- ފޮޓޯ: ސޯޝަލްމީޑިއާ

އއ. އުކުޅަސް މަތިން ފެންނަ ފޮޓޯއެއް: އެ ސްކޫލުގެ ޕްރިންސިޕަލް ބަދަލު ކުރަން ނިންމާފައި ވަނީ އެ އަތޮޅު މަދަރުސާއަށް -- ފޮޓޯ: ސޯޝަލްމީޑިއާ

މި އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދޭނެ ކަމަށް ބުނެ އއ. އުކުޅަހުގެ ޕީއެންސީ ސްޓިއަރިން ކޮމިޓީގެ މެންބަރުން ކުރަމުންދިޔަ ޑިމާންޑުތަކަށް އިޖާބަދީ، އެ ސްކޫލުގެ ޕްރިންސިޕަލް، ޝަހުލާ އިމާދު އެހެން ސްކޫލަކަށް ބަދަލުކޮށްފި އެވެ.

ޝަހުލާއަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އުކުޅަހު ސްކޫލްގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށް، އއ. އަތޮޅު ސްކޫލަށް އޭނާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތަށް ބުރާސްފަތި ދުވަހުން ފެށިގެން އއ. އަތޮޅު މަދަރުސާއަށް ރިޕޯޓު ކުރުމަށް އެޑިއުކޭޝަނުން އޭނާއަށް އަންގާފައިވެ އެވެ.

އެކަމާ ގުޅިގެން އެ ރަށު ޕީޓީއޭ ހިންގާ ކޮމިޓީގެ މެންބަރަކު މި ނޫހާ ވާހަކަދެއްކަމުން ބުނީ އެޑިއުކޭޝަނުގެ އެ ނިންމުމުގެ ފަހަތުގައި އޮތީ ސިޔާސީ ކަންތައްގަނޑެއް ކަމަށެވެ. އެ ގޮތުން ޝަހުލާ ވަކިކުރުމުގެ މައްސަލައަކީ މިއަދު ފެންމަތިވީ މައްސަލައެއް ނޫން ކަމަށާއި އެއީ އޭނާ އެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން ވެސް ބަޔަކު ކުރަމުން އަންނަ މަސައްކަތެއް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

"[ޕްރިންސިޕަލް ކަމާ ޝަހުލާ ހަވާލުވުމުގެ ކުރިން] މީގެ ކުރިން ކަން ހިންގަމުން ގޮސްފައި ވަނީ ކުދިންނަށް ވަރަށް ތަފާތުކުރުން ބޮޑުކޮށް، ޓީޗަރުން ވެސް ބޭނުން އިރަކު، ސްކޫލަށް އައިސް ގޮސް ހަދާގޮތަށް، އޭރު ސްކޫލުގެ ކެޕްޓަނުންނަށް ވެސް ގެންނަނީ ޓީޗަރުންގެ ދަރިން، ދިދައެެއް ނަގަން ޖެހުނަސް އެކަން ވެސް ކުރަނީ ޓީޗަރުންގެ ދަރިން، އެކަމަކު މި ޕްރިންސިޕަލް އައިސްފައި މިކަން ބަދަލުކުރީ،" އޭނާ ބުންޏެވެ.

ޝަހުލާއާ މެދު އޮތް ހިތްހަމަ ނުޖެހުމަކީ އެ ސަބަބާ ގުޅިގެން، ކުރިން މަންފާތަކެއް ވަމުން އައި ބައެއްގެ އޮތް ހިތްހަމަނުޖެހުމެއް ކަމަށް އޭނާ ބުންޏެވެ. އެ މީހުންގެ ހިތްހަމަ ނުޖެހުން ހުރި ނަމަވެސް މިހާރުގެ ޕްރިންސިޕަލް މަގާމާ ހަވާލުވިފަހުން ދަރިވަރުންގެ ކިޔެވުމުން ވެސް ހެޔޮ ނަތީޖާ ފެނިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"މި ޕްރިންސިޕަލް އައިފަހުން އުކުޅަހުގެ ތަރީހުގައި ވެސް އަލަށް ޖީސީއީ އޯލެވެލްއިން މި ރަށު ކުއްޖަކަށް ރާއްޖެއިން އެއްވަނަ ލިބިއްޖެ، މި ރަށު ކުއްޖަކަށް ބައިލޮޖީން ދުނިޔެއިން އަށް ވަނަ ރާއްޖެއިން އެއްވަނަ ލިބިއްޖެ، ޓްރެވެލް އެންޑް ޓޫރިޒަމްއިން މި ރަށު ކުއްޖަކަށް ރާއްޖެއިން ދެވަނަ ލިބިއްޖެ، އެހެންވީމާ ހެޔޮ ބަދަލު ވަރަށް ބޮޑަށް ކުދިންގެ ކިޔެވުމަށް އައިސްފި،" އޭނާ ބުންޏެވެ.

ނަމަވެސް ޕްރިންސިޕަލް މަގާމާ ހަވާލުވިފަހުން ސިވިލްސާވިސް ގަވާއިދަށް ފުރިހަމައަށް އަމަލު ކުރަންޖެހުމުން ކުރިން ނާޖާއިޒު ފައިދާތައް ލިބެމުން އައި މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ބުންޏެވެ. އެ ސަބަބާހުރެ ޕްރިންސިޕަލް ބަދަލު ކުރުމުގެ މަސައްކަތް އެ ފަރާތްތަކުން ފެށި ނަމަވެސް އެކަން މިދިޔަ ވެރިކަމުގައި ކަމިޔާބު ނުވި ކަމަށް އޭނާ ބުންޏެވެ.

"ޕްރިންސިޕަލްގެ މައްސަލަތަކެއް އެބަ ހުއްޓޭ ކިޔައިގެން އެމީހުން މައްސަލަ ޖެއްސީމާ މިދިޔަ ސަރުކާރުގެ ދުވަސްވަރު ދިން ޖަވާބަކީ ޕްރިންސިޕަލްގެ މައްސަލައެއް ނެތީސް ހިތްހަމަ ނުޖެހޭނަމަ، ހިތްހަމަ ނުޖެހޭ މީހުން މަގާމުން އިސްތިއުފާ ދޭން،" އޭނާ ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެހީތެރި ނުވާނެ ކަމަށް ބުނެ ސްޓިއަރިން ކޮމިޓީއަށް

ވެރިކަން ބަދަލުވީ އެ ބައެއްގެ ހިތްހަމަނުޖެހުމަށް ހައްލު ނުލިބި އޮއްވައި ކަމަށް ޕީޓީއޭ ހިންގާ ކޮމިޓީގެ މެންބަރު ބުންޏެވެ. އެހެންކަމުން ވެރިކަން ބަދަލުވުމާއެކު އެ ރަށުގައި ޕީއެންސީގެ އިސްކޮށް އުޅޭ މީހުންނާއެކު ކުރިން ސްކޫލުގައި ނާޖާއިޒު ފައިދާ ލިބެމުން އައި މީހުން އެއްބަސްވުމެއް ހެދި ކަމަށް އޭނާ ބުންޏެވެ.

"[ވެރިކަން ބަދަލުވުމާއެކު] ޕީއެންސީ ލީޑު ކުރަން ތިބި މީހުންނާ ޓީޗަރުން ހެދި އެއްބަސްވުމެއް، ޕްރިންސިޕަލް ބަދަލުކުރަން، އެކަމަކު ޓީޗަރުގެ މައްސަލައެއް ނުފެނުނު،" އޭނާ ބުންޏެވެ.

މައްސަލައެއް ނުފެނިގެން ބަދަލު ނުކުރެވިފައި ހުރި ޕްރިންސިޕަލް އެހެން ސްކޫލަކަށް ބަދަލުކުރަން މިހާރު ނިންމާފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދޭނެ ކަމަށް އެ ޕާޓީގެ ސްޓިއަރިން ކޮމިޓީން ނިންމުމެއް ނިންމުމުން ކަމަށް މި ނޫހާ ވާހަކަދެއްކި މީހާ ތުހުމަތުކުރި އެވެ.

"ސްޓިއަރިން ކޮމިޓީން ނިންމީ ނިންމުމެއް ވޯޓެއް ނުލާނެ ކަމަށް ޕްރިންސިޕަލް ބަދަލު ނުކުރާނަމަ، އެހެންވެ އެޑިއުކޭޝަންގެ ޕީއެސް ނިންމި ނިންމުމެއް މިއީ، މި ރަށުގެ ބެލެނިވެރިން ބޭނުންވާ ކަމެއް ނޫން މިއީ،" އޭނާ ބުންޏެވެ.

އެ ވާހަކަތައް ތެދުކޮށް ވާހަކަދައްކަވަމުން އުކުޅަހު ސްކޫލްގެ ލީޑިން ޓީޗަރު، އަބްދުالله ހަމީދު އިމާދު ވިދާޅުވީ އެ ރަށު ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރަން ނިންމީ ޕީޓީއޭއާ ވެސް ސީނިއާ މެނޭޖުމެންޓާ ވެސް އަދި ރަށު ކައުންސިލާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

"ޕީޓީއޭގެ ކަންބޮޑުވުމެއް ނާހައި، އެސްއެމްޓީގެ މަޝްވަރާއެއް ނާހައި، ރަށު ކައުންސިލާ ވެސް މަޝްވަރާ ކުރުމެއް ނެތި ނިންމި ނިންމުމެއް މިއީ، އެކަމުގެ ހިތްހަމަނުޖެހުމުގައި މިއަދު މިއީ އަޅުގަނޑު ވެސް އެސްއެމްޓީގައި އަޅުގަނޑު އަދާކުރަމުންދިޔަ މަގާމުން އިސްތިއުފާ ދިން ދުވަސް،" ހަމީދު ވިދާޅުވި އެވެ.

ޕްރިންސިޕަލް ބަދަލުކުރަން އެދުނީ ސްކޫލުގެ މަދު ޓީޗަރުންކޮޅެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މީހުން ޑިމާންޑު ކުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް މަސައްކަތެއް ކޮށްދެވޭނީ ޕްރިންސިޕަލް ބަދަލުކޮށްދިނުމުން ކަމަށް ބުނެ ކަމަށެވެ.

ސްކޫލުގެ މަދު ޓީޗަރުން ކޮޅެއް ސިޓީއެއް ހިފައިގެން މި ދަނީ މި ރަށު ސްޓިއަރިން ކޮމިޓީގެ ބޭފުޅުންގެ ގާތަށް، އޭގެ ތެރެއިން މި ސްކޫލުގެ އެއް ޓީޗަރަކީ ޕީއެންސީ ސްޓިއަރިން ކޮމިޓީގެ މެންބަރެއް ވެސްމެ، އެ މީހުން ގޮސް މި ދަންނަވަނީ ކުރިއަށް މިއޮތް އިންތިހާބުގައި އެއްވެސްކަހަލަ އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ޕްރިންސިޕަލް ބަދަލުކޮށްދިނިއްޔާއޭ، ބުނީމާ އެ ހުށަހެޅުމުގެ ޖަވާބުގައި އެ ބޭފުޅުން ބުނި ކަމަށް ވަނީ ވަރަށް މަސައްކަތް ކުރަމުންނޭ މިދަނީ އެކަން ފުއްދައިދެވޭތޯ،" ހަމީދު ވިދާޅުވި އެވެ.

ޕްރިންސިޕަލް ބަދަލު ނުކުރުމަށް އެދި ބެލެނިވެރިންގެ ޕެޓިޝަނެއް

އުކުޅަހު ޕްރިންސިޕަލް ބަދަލު ނުކުރުމަށް އެދި އެ ރަށު ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ 220 ދަރިވަރުންގެ ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް މި މަހު 13، ގައި ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އުކުޅަހު ސްކޫލާ ޝަހުލާ ހަވާލުވުމުގެ ކުރިން އެ ސްކޫލުގެ ދަރިވަރުންގެ މެދުގައި ތަފާތުކުރުމް އޮތް މިންވަރާއި ހިންގުމުގައި ހުރި މައްސަލަތައް ބެލެނިވެރިންގެ ފަރާތުން އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

"މިކަން ހިނގަން މެދުވެރިވީ އޭރު ސްކޫލް ހިންގުމުގައި އެއްވެސް ހަރުދަނާ ކަމެއް ނެތުމުންނެވެ، މިފަދަ ކަންކަމަށް ކުޑަވެސް ސަމާލުކަމެއް ދޭނެ މީހަކު ނެތުމުންނެވެ، މުދައްރިއްސުންނާއި މުވައްޒަފުން ބޭނުންހާ ކަމެއްކޮށް ބޭނުންހާ ގޮތަކަށް އުޅެން ފުރުސަތު އޮވެ އެކަމަށް ފާރަވެރި ވާނެ މީހަކު ނެތުމުންނެވެ،" ބެލެނިވެރިންގެ ޕެޓިޝަނުގައި ލިޔެފައިވެ އެވެ.

"ހުންގާނެއް ނެތް އޮޑިއަކާއި ސްކޫލާ އެއްވެސް ތަފާތެއް ނެތެވެ،"

ނަމަވެސް އެ ސްކޫލުގެ ޕްރިންސިޕަލްކަމާ ޝަހުލާ ހަވާލުވިފަހުން އެ ހުރިހާ ކަމެއް ބަދަލުވިކަން އެ ޕެޓިޝަނުގައި ވެސް ފާހަގަކޮށްފައިވެ އެވެ. ސްކޫލުގެ ދަރިވަރުންގެ މެދުގައި އޮތް ތަފާތުކުރުން ނެތި ގޮސް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގެ ވަނަތައް ސްކޫލަށް ލިބެން ފަށާފައިވާކަން އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއުއަށް އެޑްރެސްކޮށް ހުށަހަޅާފައިވާ އެ ޕެޓިޝަނުގައި ބެލެނިވެރިން ވަނީ ޝަހުލާގެ ހިންގުންތެރިކަމާއި އޭނާގެ ސަބަބުން ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށް އައި ހެޔޮ ބަދަލުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް އޭނާ އެހެން ސްކޫލަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށްދޭން އެދިފަ އެވެ.

"ބެލެނިވެރިންނަށް ޕްރިންސިޕަލް ބަދަލު ކުރުމުގެ ހަބަރު ލިބުންވީ ވަރަށް ބޮޑު ޝޮކެއް ލިބުނު ހަބަރަކަށެވެ، އެހެންކަމުން އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް ބަދަލު ނުކުރެއްވުމަށް އަޅުގަނޑުމެން އެދެމެވެ، އެއީ އަޅުގަނޑުމެން ނުހަނު ދެކޮޅު ހަދާ ކަމެއް ކަމުގައި ވެސްމެ އެވެ، އެކަމުގެ ގެއްލުން ސީދާ ދަރިވަރުންނަށް ކުރާނެތީ އެވެ، އެއީ ސީދާ ފަހަތަށް އެޅޭ ފިޔަވަޅަކަށް ވާތީ އެވެ،" ބެލެނިވެރިންގެ ޕެޓިޝަނުގައި ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox