ލިވަޕޫލާއި އާސެނަލް ލީގު ކަޕްގެ ގަދަ 16 އަށް

Sep 26, 2024, 3:40 AM
ލިވަޕޫލާއި އާސެނަލް ލީގު ކަޕްގެ ގަދަ 16 އަށް

ލިވަޕޫލް (ސެޕްޓެމްބަރު 26) - އިނގިރޭސި ލީގު ކަޕްގައި ރޭ ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ގަދަ 16 ބުރުުން ފުރުސަތު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުން ވަނީ ފަަހަތުން އަރައި 5-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބޯލްޓަން ވެންޑަރާސް އަތުން މޮޅުވީ 5-1 އިންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ވެސްޓް ހޭމް އިން ލީޑުނެގީ، 21 ވަަނަ މިނިޓްގައި ލިވަޕޫލްގެ ޑިފެންޑަރު، ޖަރެލް ކުއަންސާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، ޑިއޯގޯ ޖޮޓާ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. މިއީ، ފެޑެރީކޯ ކިއޭސާ ޖެހި އެކްރަބެޓިކް ކިކަކުން ޖޮޓާ އަށް ލިބުނު ބޯޅައިގައި ބޮލުން ޖެހި ގޯލެކެވެ.

ދެ ވަނަ ހާފް ފެށިގެން ހަތަރު މިނިޓް ތެރޭ ލިވަޕޫލުން ވަނީ ލީޑުނަގައިފަ އެވެ. މިއީ، އެ ޓީމުގެ ކާޓިން ޖޯންސް ދިން ބޯޅައަކުން ޖޮޓާ ޖެހި ގޯލެކެވެ. އޭގެ ފަހުން، ވެސްޓް ހޭމް އިން ޕެނަލްޓީ އަކަށް ގިނަ ފަހަރުތަކެއްގެ މަތިން އެޕީލްކޮށްފަ އެވެ. އެކަމަކު، ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، މުހައްމަދު ސަލާހު އެވެ. މިއީ، އަލެކްސިސް މެކް އަލިސްޓާ ޖެހި ޝޮޓެއް ވެސްޓް ހޭމްގެ ކީޕަރު، ލޫކަޒް ފަބިއަންސްކީ ފައިގައި ޖެހިފައި އައި ވަގުތު ރީބައުންސަކުން ސަލާހު ޖެހި ލަނޑެކެވެ. އޭގެ ފަހުން، ވެސްޓް ހޭމްގެ އެޑްސަން އަލްވަރޭޒަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ސަލާހަށް ކުރި ފައުލަކަށެެވެ.

މެޗުގައި ލިވަޕޫލުން ޖެހި ފަހު ދެ ގޯލު ކާމިޔާބުކުރީ، ކޯޑީ ގަކްޕޯ އެވެ. މިއީ މި ސީޒަނުގައި ގަކްޕޯގެ ފުރަތަމަ ގޯލުތަކެވެ.

އާސެނަލުން ލީޑުނެގީ ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ، 17 އަހަރުގެ ނޭތަން އެންވަނޭރީ ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ، ކައި ހަވާޓްޒް އާއި ރަހީމް ސްޓާލިން އެވެ. ބޯލްޓަންގެ ހަމައެކަނި ލަނޑު ޖެހި، އާރޮން ކޮލިންސް އެވެ.

ގަދަ 16 ބުރުގައި ލިވަޕޫލުން ކުޅެން ޖެހޭނީ ބްރައިޓަންއާ އެވެ. އަދި އާސެނަލުން ބައްދަލުކުރާނީ ޕްރެސްޓަންއާ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ލެސްޓާ ސިޓީއާ ކުޅޭއިރު، ޗެލްސީން ބައްދަލުކުރާނީ އޭއެފްސީ ވިމްބަލްޑަން ނޫނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ގަދަ 16 ގެ އެންމެ ވަރުގަދަ މެޗަކީ، ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީގެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox