މަސައްކަތް ފެށި ކަމަށް ބުނި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލްކޮށްފި

މަސައްކަތް ފެށި ކަމަށް ބުނި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށި ކަމަށް ބުނި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އެންމެ ގާބުރިއެއް ވެސް ނުބާއްވައި، އެންމެ ފަހުން އެ އެއްބަސްވުން ބާތިލުކޮށްފި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ކުރީގެ ސަރުކާރުން ސެޕްޓެމްބަރު 29، 2022 ގައި އަމިން ކޮންސްޓްރަކްޝަންއާއެކު ސޮއިކުރި އެވެ. ބާޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 168.5 މިލިއަން ރުފިޔާއަށް ހަވާލުކުރި ނަމަވެސް، އިމާރާތުގެ ކުރެހުމަށް ގެނައި ބަދަލާއެކު މަސައްކަތުގެ އަގު 240 މިލިން ރުފިޔާ ކަމަށް އަމިން ކޮންސްޓަރަކްޝަން އިން ހުށަހެޅި އެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު އަރަބިއްޔާ ސްކޫލުގެ މައްސަލައިގައި އަޑުއުފުލި ނަމަވެސް، މި ސަރުކާރަށް 10 މަސް ފާއިތުވެގެން ދިޔައިރު، އަރަބިއްޔާ ސްކޫލާ ގުޅޭ ގޮތުން އާންމުންނަށް އެނގޭ ގޮތަށްކޮށްފައި އޮތީ، މަސައްކަތް ނުފަށައި މަސައްކަތް ފެށި ކަމަށް ބުނުމެވެ.

Advertisement

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ހަފުތާ 14ގެ ތެރޭގައި ފެށި ކަމަށް ދެއްކުމަށްޓަކައި އެ ސްކޫލުގެ ޓީޗަރުންނާއި ބައެއް ދަރިވަރުންނާއެކު، އެ މަޝްރޫއު ބަދަލުކުރި މާލޭގެ 381 ކޮށްޓަށް އެޑިއުކޭޝަން މިނިސްޓަރު ވަޑައިގެން ފޮޓޯއެއް ނެގި އެވެ.

އޭގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް އެ ކޮށީގައި އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދިޔަ ތަނެއް ނުފެނެ އެވެ.

ލަސްތަކެއް އައި ނަމަވެސް ސްކޫލުގެ މަސައްކަތް ދެ އަހަރު ދުވަސް ތެރޭގައި ނިންމައި ޖެނުއަރީ، 2026 ގައި އަރަބިއްޔާގެ އާ ސްކޫލުގައި ކިޔަވައި ދެވޭނެ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވެ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލުކުރިކަން އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، އެ މައުލޫމާތު އެނގޭ ބައެއް ބޭފުޅުން އެކަން ކަށަވަރުކޮށްދެއްވި އެވެ.

އަރަބިއްޔާ ސްކޫލް މިހާރު ހިންގަނީ ކުރިން ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތެއްގެ ގޮތުގައި ބޭނުންކުރި ތަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox