ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުން ރާއްޖެ އަތުން އިންޑޮނޭޝިއާ އަށް މޮޅެއް

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ބުރުގައި، ކޮލިފައިން ގްރޫޕް އެފްގައި މިރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ ވިއްސަކަށް މިނިޓް ތެރޭ ޖެހި ގޯލުތަކާ އެކު، 4-0 އިން ރާއްޖެ އަތުން އިންޑޮނޭޝިއާ މޮޅުވެއްޖެ އެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޔަމަން އިން ވަނީ 3-1 އިން ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.

ޖަކާޓާގެ މަދްޔާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭން ފުރަތަމަ ހާފުގައި އިންޑޮނޭޝިއާ ކައިރީގައި ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ހޯދި އެވެ. އެ ގޮތުން، މި ހާފުގައި ރާއްޖޭގެ ގޯލްކީޕަރު، މުހައްމަދު ޔާމީން ރަނގަޅު ހަމަލާތަކެއް ދިފާއުކުރިއިރު، އިންޑޮނޭޝިއާގެ އެޓޭކްތައް ހުއްޓުވުމުގައި ރާއްޖޭގެ ޑިފެންޑަރުން ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. އަދި ރާއްޖޭގެ ދެ ފުލްބެކުން ކަމަށްވާ އަހުމަދު ނައްވާފު ފައުޒީ އާއި މުހައްމަަދު އައިމަން އަލީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އެ ގޮތުން، ރާއްޖޭގެ މެދުތެރޭގައި ރަނގަޅު ކުޅުމެއް ދެއްކި، އަހުޒަމް ރަޝީދު ހަމަޖެހިލައިފައި އަރިމަތިން ބޯޅަ ހިފައިގެން އަރައި، އޭރިއާތެރޭގައި ހުރި ޓީމުގެ ކެޕްޓަން، ޝަނާން ރަޝާދު އަށް ދިން ބޯޅަ އެއް ފަހަރުން ފޮނުވާލިއިރު، ކީޕަރު، އިކްރާމް އަލްޖިފާރީ ވަނީ މަތަކޮށްފަ އެވެ.

ކައުންޓަ އެޓޭކުގައި ރާއްޖެ ޓީމުގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ބޯޅަ ހިފައިގެން އަރައި އެޓޭކެއް ކުރެވޭތޯ ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.

ރާއްޖެ އަށް މައްސަލަ ދިމާވީ ދެ ވަނަ ހާފު ފަށައިގެން ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ. އެ ގޮތުން، އިންޑޮނޭޝިއާ އިން ވަނީ ފަސް މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ.

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

އެ ގޮތުން، ފުރަތަމަ ލަނޑު ޖެހީ، މެޗުގެ 52 ވަނަ މިނިޓްގައި، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އަދިތުޔާ ވަރްމާން އެވެ. އޭނާ ޖެހި ބޯޅަ ކަނަށް ވަނީ ކީޕަރު ޔާމީން އަތުގައި ޖެހިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، އިންޑޮނޭޝިއާގެ ދެ ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ފީގޯ ޑެނިސް ސަޕުޓްރަނަންޓޯ އެވެ. އިންޑޮނޭޝިއާގެ ކެޕްޓަން، ޑޯނީ ޓްރީ ޕަމުންގްކަސް ނަގައިދިން ހުރަހަކުން އޭރިއާބޭރުން ފީގޯ ތިރިތިރިން ޖެހި ޝޮޓް ގޯލަށް ވަނީ ޑިފެންޑަރުންގެ ތެރެއިން އައިސް އެވެ. އަދި މެޗުގެ 57 ވަަނަ މިނިޓްގައި، އިންޑޮނޭޝިއާ އިން ތިން ވަަނަ ލަނޑު ޖެހީ، ހިލޭ ޖެހުމަކުން ޓޯނީ ފިރްމާންސިއާ އެވެ. އޭނާ އޭރިއާތެރެއަށް ނަގައިދިން ބޯޅަ ގޯލަށް ވަނީ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި އެވެ.

އިންޑޮނޭޝިއާ އިން ތިން ގޯލުގެ ލީޑެއް ނެގި ފަހުން، ރާއްޖެ އަށް އަނެއްކާ ވެސް ގޯލެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ.

މެޗުގެ 60 ވަަނަ މިނިޓްގައި، ރާއްޖޭގެ އަހުޒަމް ހުސްކޮށްލާފައި އޭރިއާތެރެއިން، މުޒްދާން ހަސަން އަށް ދިން ބޯޅަ އެއް ފަހަރުން ފޮނުވާލުމުން، ކީޕަރު އިކްރާމް އަތުގައި ޖެހިފައި ރީބައުންސް ލިބުނީ ޝަނާން އަށެވެ. ޝަނާން ފޮނުވާލި ޝޮޓް ވެސް އަމާޒުވީ ކީޕަރު އިކްރާމް އަތަށެވެ.

އިންޑޮނޭޝިއާ ޓީމުގައި އެެހެން ގައުމުތަކަށް އުފަން ހަތަރު ވަރަކަށް ކުޅުންތެރިން ކުޅުނުއިރު، އެ ޓީމުގެ ހަތަރު ވަަނަ ލަނޑު ޖެހީ، ނެދަލެންޑްސް އަށް އުފަން ފޯވާޑް، ޖެންސް ރަވެން އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ރަވެން މި ލަނޑު ޖެހީ އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތަކުންނެވެ. ކޯނަރަކުން އޭރިއާތެރެއަށް އައި ހުރަހެއްގައި އިންޑޮނޭޝިއާގެ އަދިތުޔާ ފައިން ޖައްސާލި ބޯޅަ ރަވެން ވަނީ ހުސް ގޯލަަކަށް ފޮނުވާލައިފަ އެވެ.

ގްރޫޕްގެ ދެ ވަނަ މެޗުގައި ރާއްޖޭން ހުކުރު ދުވަހު ރާއްޖެ ގަނޑިން 1 ޖަހާއިރު ކުޅޭނީ، ޔަމަންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox