ޖުލައި މަހު ހުޅުވަން ބުނި ޑިވެލޮޕްމަންޓު ބޭންކު އަދިވެސް ނުހުޅުވޭ

ޑީބީއެމް ގެ އޮފީހުގެ ގޮތުގައި މަރާމާތު ކުރަމުންދާ އިމާރާތް --- ފޮޓޯ: އަދަދު

ޑީބީއެމް ގެ އޮފީހުގެ ގޮތުގައި މަރާމާތު ކުރަމުންދާ އިމާރާތް --- ފޮޓޯ: އަދަދު

ނިމިދިޔަ ޖުލައި މަހު ހުޅުވާނެ ކަމަށް ސަރުކާރުން އިއުލާނުކުރި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ނުހުޅުވި ދެމަސް ވެއްޖެ އެވެ.

ޖުލައި މަހުގެ ތެރޭ ޑީބީއެމް ހުޅުވާނެ ކަމަށް މެއި 12، ގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

"ޖުލައި މަސް ތެރޭގައި އަޅުގަނޑުމެން މި ބަލަނީ ބޭންކުގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް," އޭނާ އެދުވަހު ވިދާޅުވި އެވެ.

އޭގެ ހަތަރު ދުވަސް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެއް އެކުލަވާލެއްވި އެވެ.

ނަމަވެސް ޖުލައި މަހާ ހަމައަށްވެސް ޑީބީއެމްގެ މަސައްކަތް ނުނިމެ އެވެ. އެ ބޭންކުގެ ރަސްމީ އޮފީސް އަދި އައުޓްލެޓް ހުޅުވަނީ ކުރިން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އެސްއެމްއީ ހަބު ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

މިކަން ލަސްވަމުންދާ ސަބަބު ހޯދުމަށް ސުވާލުކުރުމުން މިނިސްޓަރު ސައީދު "އަދަދު" އަށް ވިދާޅުވީ ޑީބީއެމް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ނިމޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމަންޓް ބޭންކެއް ވައްދަން ޖެހުނީ، މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގަ ނެތުމުންނެވެ. އަދި މި ބޭންކު ގާއިމުކުރެވުމުން، ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ ބޭންކު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އެ ބޭންކުގެ ޗެއާޕާސަން ކަމަށް އޭޝިއާގެ ބޭންކިން ސެކްޓަރުގެ ތަޖުރިބާކާރެއް ކަމަށްވާ އަރުނީ ގުނަތިލެކެ އަދި ސީއީއޯއަކަށް ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އައްޔަންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox