ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމު ވަރުގަދަ ގްރޫޕެއްގައި ވަރުގަދަ ޗެލެންޖަކަށް

އިންޑޮނޭޝިއާގައި 20 އަހަރުން ދަށުގެ ގައުމީ ޓީމު ކުރިއަށްގެންދިޔަ ޕްރެކްޓިހެއްގެ ތެރެއިން ޝާކިއްޓެ.--- ފޮޓޯ: އަދަދު

އިންޑޮނޭޝިއާގައި 20 އަހަރުން ދަށުގެ ގައުމީ ޓީމު ކުރިއަށްގެންދިޔަ ޕްރެކްޓިހެއްގެ ތެރެއިން ޝާކިއްޓެ.--- ފޮޓޯ: އަދަދު

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަންގައި ރާއްޖޭން ވާދަކުރަން ޖެހުނީ ވަރުގަދަ ގްރޫޕެއްގައި ކަމަށާއި އަދި ކޮލިފައިން މެޗުތަކަށް އައިއިރު، ޓީމުގެ ހާލަތު އޮތް ގޮތުން ޗެެލެންޖް ބޮޑުވެފައިވާ ކަމަށް ޓީމުގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ މިދިޔަ މަހު، ނޭޕާލުގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ.

ސާފް ޗެމްޕިއަންޝިޕާއި މި ފަަހަރުގެ އޭޝިއަން ކަޕް ކޮލިފައިންއާ އެކު، ރާއްޖޭން ތަމްރީންތައް ފެށި ނަމަވެސް، ދިމާވި ކަންތައްތަކަކާ ހެދި އޭޝިއަން ކަޕް ކޮލިފައިން އަށް ގެންނަން ޖެހުނު ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އަތުވެފަ އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ސާފަށް ދިޔަ ޓީމާއި މި ޓީމާ އަޅުވާކިޔާ ކަމަށްވާނަމަ ސާފަށް ދިޔަ ޓީމުގެ ތެރެއިން 23 ކުޅުންތެރިންގެ ތެރެއިން ގާތްގަނޑަކަށް 12 ކުޅުންތެރިން މީނީ ބަދަލުވެފައި. ހަމައެއާ އެކު، ސާފްގެ ފުރަތަމަ 11 ގައި ކުޅުނު ފަސް ކުޅުންތެރިން ބަދަލުވެފައި މި ވަނީ. އެހެންވީމަ، ޓީމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައި މި ވަނީ،" ޖަކާޓާގައި، 20 އަހަރުން ދަށުގެ ޓީމުން ބޭއްވި ފުރަތަމަ ޕްރެކްޓިހަށް ފަހު، ޝާކިއްޓެ ބުންޏެވެ.

"މިހާ ބޮޑު ބަދަލެއް އައިސްފައި. ޕްރެކްޓިސް ކުރާކަށް އެހާ ގިނަ ވަގުތު ނުލިބި އަންނަން ޖެހުމަކީ އަސްލު ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި ދިމާވެފައި އޮތް ކަމެއް،"

ޓީމަށް މި ވަރުގެ ބަދަލުތަކެއް އައި ސަބަބެއްގެ ގޮތުގައި ޝާކިއްޓެ ބުނެފައިވަނީ، އޭ ލެވަލްގެ އިމްތިހާނުތަކުގައި ބައިވެރިވާ ކުޅުންތެރިން ގިނަވުމާއި ދިމާވި އަނިޔާގެ މައްސަލަތައް ކަމަށެވެ. އެ ގޮތުން، ހަތް ކުޅުންތެރިއަކު އޭ ލެވަލްގެ އިމްތިހާނު ދުވަސްވަރު ކަމަށްވާތީ، ޓީމާ އެކު ނާދެވުނުއިރު، އޭގެއިން ގިނައީ ފުރަތަމަ އެގާރައިގައި ވެސް ކުޅޭ ކުޅުންތެރިން ކަމަށެވެ.

"ދެން ހަމައެއާ އެކު، އަނިޔާގެ މައްސަލަ ވެސް މީގެ ތެރެއަށް އައި. ފަހަތަށް ކުޅޭ ވަރަށް މުހިންމު ކުޅުންތެރިއެއް، ރާއިދު، އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ، އެއީ ޕޮލސް ކުޅުންތެރިއެއް. ޕޮލިސް ޓްރެއިނިން އަށް ދާން ޖެހިގެން އޭނަ ވެސް ދާން ޖެހުނީ، ދެން ހަމައެއާ އެކު މާޒިޔާގެ ފަަހަތަށް ކުޅޭ އަފްޒަލް ވެސް މެނިސްކަސް އިންޖަރީއެއް ދިމާވެގެން. އެންމެ ބޮޑު ބަދަލެއް މި އައީ، އޭ ލެވަލްއާ މުބާރާތާ ދިމާވާތީ،" ޝާކިއްޓެ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ގްރޫޕްގެ މެޗުތައް މިއަދު އިންޑޮނޭޝިއާގައި ފަށާއިރު، މި ދެ ޓީމުގެ އިތުރުން، ދެން މި ގްރޫޕްގައި ހިމެނެނީ، ޔަމަން އާއި ޓިމޯ ލެސްޓޭ އެވެ.

ދިހަ އަކަށް ވުރެ ގިނަ އަހަރު އުމުރުފުރާ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ޝާކިއްޓެ ބުނީ މި ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމެއް ވެސް ފެންނަނީ ވަރުގަދަކޮށް ކަމަށެވެ.

އޭނާ ބުނީ އިންޑޮނޭޝިއާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ދާދި ފަހުން، އާޝިއާން ކަޕްގެ ޗެމްޕިއަންކަން ހޯދައި، ރަނގަޅު މެޗުތަކެއް ކުޅެފައި އޮތުމުން އެ ޓީމުގެ ފެންވަރު ވަޒަންކޮށްލެވޭ ކަމަށެވެ. އަދި ޔަމަން އަކީ ވެސް އަރަބި އެހެެން ގައުމުުތަކަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އަދި ޔޫރަޕްގައި ދިރިއުޅޭ ޔަމަނަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނޭ ޓީމެއް ކަމަށެވެ.

މީގެ އިތުރުން، ޓިމޯ ލެސްޓޭ އަކީ ވެސް ކުރިއެރުން ހޯދަމުން އަންނަ ޓީމެއްގެ ގޮތުގައި ޝާކިއްޓެ ފާހަގަކުރި އެެވެ.

"މި ގްރޫޕަށް ބަލާއިރު، އިންޑޮނޭޝިއާ އަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް، އެންމެ ފަހުން އާޝިއަން ކަޕްގައި އެ ހޯދި ނަތީޖާތަކަށް ބަލައިފައި ވެސް ހަމަ. އަޅުގަނޑުމެންނަށް އެ ޓީމުގެ ފެންވަރު ވަޒަންކޮށްލަން އެނގޭ. ދެން، ޔަމަން އަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް، ވަަރަށް ފާސްޓް ޕްލޭޔަރުންތަކެއް ކުޅޭ، ޔަމަން އިން ކުޅުންތެރިން މި އަންނަނީ ހަމަ ސީދާ ޔަމަން އަކުންނެއް ނޫން. ގިނައިން މި އުޅެނީ އަރަބި އެހެން ގައުމުތަކުގަޔާއި ޔޫރަޕްގެ ގައުމުތަކުގައި އުޅޭ ކުޅުންތެރިންގެ ޓީމެއް ހަދާލައިގެން މި އަންނަނީ. އެ މީހުންނަކީ ވެސް ވަރުގަދަ ޓީމެއް،" ޝާކިއްޓެ ބުންޏެވެ.

"ދެން، ޓިމޯ ލެސްޓޭ މިއީ ފުޓްބޯޅައިގައި ނަން މަޝްހޫރު ޓީމެއް ނޫން ވިޔަސް މިހާރު އެ ޓީމުން ވެސް ބޮޑު ކުރިއެރުންތަކެއް ހޯދައިފި، އާޝިއަން ކަޕްގައި ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކިތަން ފެނިގެންދިޔަ، މެލޭޝިއާއާ އެކު ކުޅެފައިވެސް ރަނގަޅު ނަތީޖާ ނެރެފައި ވަނީ، މި ގްރޫޕަކީ ވަރަށް ވަރުގަދަ ގްރޫޕެއް ހަގީގަތުގައި ބުނަންޏާ،"

ރާއްޖޭން ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާއާ ކުޅޭއިރު، އެ ޓީމުން މި އަހަރު ތެރޭ ރަސްމީ މެޗުތަކާއި އަދި އެކުވެރިކަމުގެ މެޗުތައް ހިމަނައިގެން، ގިނަ އަދަދެއްގެ މެޗުތަކެއް ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި، ޔޫކްްރެއިންގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗާއި އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗާއި ދެކުނު ކޮރެއާގެ 21 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން، ޖަޕާނުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ.

މުބާރާތުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑޮނޭޝިއާގެ ކޯޗު، އިންދްރާ ޖާފްރީއާ އެންމެ ބޮޑަށް އަމާޒުވި ސުވާލަކީ، އެ ޓީމުގައި، އެހެން ގައުމުތަކަށް ވެސް ނިސްބަތްވާ ފަސް ވަރަކަށް ކުޅުންތެރިން ތިބުމަކީ އެޑްވާންޓޭޖަކަށް ވާނެތޯ އެވެ. އޭނާ ބުނީ، ކޮންމެ މެޗެއް ވެސް ބިނާވަނީ އެ މެޗަކަށް ފޯކަސްކޮށްގެން ވާ ތައްޔާރީތަކެއްގެ މައްޗަށް ކަމަށެވެ.

އިންޑޮނޭޝިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 17:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox