ރިޒާވު މަތިވި ކަމަށް ދެއްކި އެމްއެމްއޭގެ ހިސާބުތައް ތައްޔާރުކުރި ދުވަހު އެސްޑީއެފް ގެ ބެލެންސް ދަށަށް ދިޔަ

ފިނޭންސް މިނިސްޓަރު ޝަފީގު އަދި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު: އެމްއެމްއޭގެ ހިސާބުތައް ތައްޔާރުކުރި ދުވަހު އެސްޑީއެފް ގެ ބެލެންސް ދަށަށް ދިޔަ ކަމަށް ފިނޭންސުން ވަނީ މައުލޫމާތު ދީފަ --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޝަފީގު އަދި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު: އެމްއެމްއޭގެ ހިސާބުތައް ތައްޔާރުކުރި ދުވަހު އެސްޑީއެފް ގެ ބެލެންސް ދަށަށް ދިޔަ ކަމަށް ފިނޭންސުން ވަނީ މައުލޫމާތު ދީފަ --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

މިދިޔަ މަހުގެ ތެރޭގައި ރިޒާވުގެ ހާލަތު އިންތިހާއަށް ދަށްވުމަށް ފަހު، މަސް ނިމުނުއިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވު މަތިވިކަމަށް ބުނެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ތަފާސްހިސާބުތައް ނެރުނު ދުވަހު ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގެ ބެލެންސް ދަށަށް ދިޔަކަން އެނގިއްޖެ އެވެ.

އޮގަސްޓު 21, ގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވު އެއްކޮށް ހުސްވި ކަމަށް އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ދިނެވެ. ސަރުކާރުން މި ހަބަރުތައް ދޮގުކުރުމަށް ފަހު ބުނީ، ރިޒާވު އެ ވަރަށް ނުވެއްޓޭ ކަމަށާއި މަސް ނިމެންވާއިރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.

މި ބަޔާންތަކަށްފަހު އެމްއެމްއޭއިން އޯގަސްޓު މަހުގެ ތަފާސް ހިސާބުތައް ނެރުނީ ސެޕްޓެމްބަރު 3، ގަ އެވެ. އެ ތަފާސްހިސާބުތަކަކީ އޯގަސްޓު 31، ގެ އަދަދުތަކަށް ކަމަށް އެމްއެމްއޭ އިން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓު ނެރުމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައިގެން އޯގަސްޓު 15، 31، އަދި ސެޕްޓެމްބަރު 3، ގެ އެސްޑީއެފްގެ ބެލެންސް މި ނޫހުން ބެލިއިރު، އެމްއެމްއޭގެ ރިޒާވް މަތިވި ދުވަހު އެސްޑީއެފްގެ ބެލެންސް ވަނީ ދަށްވެފަ އެވެ.

އެސްޑީއެފް އެކައުންޓުގެ ބެލެންސް

އޯގަސްޓު 15: 55.96 މިލިއަން ޑޮލަރު

އޯގަސްޓު 31: 49.70 މިލިއަން ޑޮލަރު

ސެޕްޓެމްބަރު 3: 61.38 މިލިއަން ޑޮލަރު

މި ހިސާބުތަކަށް ބަލާއިރު އޯގަސްޓު މަހުގެ 15 އަށްވުރެ، އެމްއެމްއޭއިން ތަފާސްހިސާބުތައް އެކުލަވާލި އެ މަހުގެ 31 ގައި އެސްޑީއެފްގައި ހުރި ފައިސާގެ އަދަދު ވަނީ ހަ މިލިއަން ޑޮލަރު މަދުވެފަ އެވެ.

އެމްއެމްއޭ އިން އާންމުކުރި އޯގަސްޓުމަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވުގައި 443 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 28 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އަދި ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދު 18 މިލިއަން ޑޮލަރު އިތުރެވެ.

ރިޒާވުގައި ހުރި ފައިސާގެ އަދަދު އިތުރުވެފައި މިވަނީ ވެއެތުވި އަހަރުތަކުގައި ނުވެއްޓޭ ވަރަށް ރިޒާވުގެ ހާލަތު ދަށަށް ދިޔުމަށް ފަހުގަ އެވެ. އެމްއެމްއޭއިން ކުރިން ބުނެފައިވަނީ ރިޒާވު ރަނގަޅު ކުރުމަށް ރިޒާވު ބޭންކު އޮފް އިންޑިއާއާއެކީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި، ގްރީން ބޮންޑެއް ވިއްކާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox