ސިޓީގެ ރޮޑްރީ އަށް ސީޒަން ނިމުމުގެ ބިރު

Sep 23, 2024, 4:12 PM
ސިޓީގެ ރޮޑްރީ އަށް ސީޒަން ނިމުމުގެ ބިރު

މެންޗެސްޓާ (ސެޕްޓެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ރޭ 2-2 އިން އެއްވަރުވި މެޗުގައި، މެންޗެސްޓާ ސިޓީގެެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގައި އެންމެ 66 މިނިޓް އަދި ކުޅެފައިވާ ރޮޑްރީ، އާސެނަލް މެޗުގައި ފުރަތަަމަ އެގާރައިގައި ހިމެނިގެން މެޗު ފެށިތާ އިރުކޮޅެއްގެ ތެރޭގައި ކަކުލަށް އަނިޔާވި އެވެ. އެކަމަކު، މެޗު ކުރިއަށް ނުގެންދެވިގެން، ރޮޑްރީ ވަނީ ބަދަލުކޮށްފަ އެވެ.

ރޮޑްރީގެ ކަކުލަށް ލިބުނު އަނިޔާގެ ފުރަތަމަ ޓެސްޓްތަކުން ލިބުނު ނަތީޖާ އަށް ބަލާއިރު، އޭނާގެ ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވެފައިވާ ކަމަށް ސްޕެއިނާއި އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސިޓީން ހުރިހާ ކަމެއް ޔަގީންކުރަން، އިތުރު ޓެސްޓްތަކެއް ހަދަން ރޮޑްރީ ސްޕެއިނަށް ފޮނުވައި، އެ ފަދަ އަނިޔާތަކުގެ ސްޕެޝަލިސްޓަކަށް ދައްކާނެ އެވެ.

މިދިޔަ އަހަރުތަކުގައި، ރޮޑްރީ، 28، އަށް އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލިފައިނުވެ އެވެ. އެހެންވެ، އޭނާ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ބޮޑަށް އިތުބާރުކުރާ އަދި ބަރޯސާވާ ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ޔޫރޯ ސްޕެއިނުން ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ރޮޑްރީ އަކީ، މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް ވާދަކުރާ ކުޅުންތެރިއެކެވެ.

ސިޓީގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ވެސް މި ވަގުތު ހުރީ އަނިޔާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox