ކުޅުންތެރިން ހަޅުތާލުކުރުން ރަނގަޅު މޭރުމަކުން ގާޑިއޯލާ ވާހަކަ ދައްކައިފި

Sep 21, 2024, 3:15 AM
ކުޅުންތެރިން ހަޅުތާލުކުރުން ރަނގަޅު މޭރުމަކުން ގާޑިއޯލާ ވާހަކަ ދައްކައިފި

މެންޗެސްޓާ (ސެޕްޓެމްބަރު 21) - ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނެސް، ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް މުބާރާތްތަކުގެ ފޯމެޓް ބަދަލުކުރާ މައްސަލައިގައި، ކުޅުންތެރިން ހަޅުތާލުކުރަން ޖެހިދާނެކަމަށް، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ބުނެފައިވަނިކޮށް، އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދޭހަވާ ގޮތަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވާހަކަ ދައްކައިފި އެވެ.

ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ އާއި ރެއާލް މެޑްރިޑްގެ ސްޕެއިން ޑިފެންޑަރު، ޑެނީ ކާވަހާލް އަދި ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާ ވަނީ، ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނެސްގެން ގިނަ މެޗުތަކެއް ކުޅުވާއިރު، ކުޅުންތެރިންގެ ލަފަޔަކަށް ނާހާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ވެސް ގިނަ ކުޅުންތެރިންތަކެއް މި ކަމާ ބެހޭގޮތުން، ޝުއޫރުފާޅުކުރިއިރު، ގިނަ ކުޅުންތެރިންތަކެއް ވަނީ ހަޅުތާލަކަށް ދިއުމަކީ ވެސް އޮތް ކަމެއް ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅޭގޮތުން ކުރި ސުވާލަަކަށް ދިން ޖަވާބުގައި ގާޑިއޯލާ ބުނީ، ކުޅުންތެރިން ދައްކާ ވާހަކަ އަށް އޭނާ ދެބަސްނުވާ ކަމަށެވެ.

"ކަމެއް ބަދަލުވަންޏާ ނޫނީ ކަމެއް ބަދަލުކުރަންޏާ އެ ކަމެއް މި އަންނަން ޖެހެނީ ކުޅުންތެރިންނާ ހަމައިން ކުޅުންތެރިންނާ ގުޅޭ ގޮތަކަށް. ފުޓްބޯޅައިގެ މި ވިޔަފާރިތައް، ވެރިންނާއި ސްޕޯޓިން ޑިރެކްޓަރުންނާއި މެނޭޖަރުންނާއި މީޑިއާއާ ނުލައި ނުހިނގާނެ. އެކަަމަކު ކުޅުންތެރިންނާ ނުލައި ނުއެއް ކުޅެވޭނެ، އެމީޙުން އަތުގައި އެ ބާރު މި އޮތީ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ، ސީޒަނެއްގެ މައްޗަށް ގިނަ މެޗުތަކެއް ކުޅުވައިގެން ކުޅުންތެރިންގެ ކެރިއަރަށް އެ ދެވެނީ ރަނގަޅު މެސެޖެއް ނޫން ކަމަށެވެ.

ޔޫރަޕިއަން ލީގްސް (33 ގައުމުން 39 ލީގު ތަމްސީލުކުރާ ޖަމިއްޔާ) އިން ވަނީ ކުޅުންތެރިންގެ ޖަމިއްޔާއެއް ކަމަށްވާ، ފިފްޕްރޯއާ އެކު ބައްދަލުވުމެއް ބާއްވައި، އަންނަ އަހަރު ފަށަން އުޅޭ، ގިނަ މެޗުތަކެއް ކުޅެން ޖެހޭ ކްލަބް ވޯލްޑް ކަޕަކީ، ކުޅުންތެރިންގެ ސިއްހަތާއި އެެހެނިހެން ކަންކަމަށް ބެލުމެއް ނެތި ރާވާފައިވާ މުބާރާތެއް ކަމަށް ބުނެފަ އެވެ. ޖަމިއްޔާތަކުން، މި އާ ފޯމެޓާ މެދު ހިތްހަމަނުޖެހެނީ ކުޅުންތެރިން ބްރޭކެއް ނުލިބި އިންތިހާ އަށް މެޗު ކުޅެމުންދާތީ، ކުޅުންތެރިންގެ ސިއްހަތާއި ފުޓްބޯޅަ މެޗުތަކުގެ ފެންވަރަށް އަސަރުކުރަމުންދާތީވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox