ފީފާ ރޭންކިންގައި ސާފް ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ލަންކާ އަށް

Sep 20, 2024, 9:26 AM
ފީފާ ރޭންކިންގައި ސާފް ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ލަންކާ އަށް

މި މަހު ނެރުނު ފީފާގެ ރޭންކިންގައި ސާފް ސަރަހައްދުން އެންމެ ބޮޑު ކުރިއެެރުމެއް ހޯދި ގައުމަކަށް ސްރީ ލަންކާ ވެއްޖެ އެވެ.

އިއްޔެ، ފީފާ އިން ނެރުނު، ކޮކާކޯލާ ފުޓްބޯޅަ ރޭންކިންގައި، ސްރީ ލަންކާ އޮތީ ދުނިޔޭގެ 200 ވަނައިގަ އެވެ. މިއީ، މިދިޔަ މަހަށް ބަލާއިރު ފަސް ދަރަޖައިގެ ކުރިއެރުމެކެވެ.

މަހަކު އެއް ފަހަރު ފީފާ އިން ނެރޭ ރޭންކިންގެ ތެރެއިން، މި މަހުގެ ރޭންކިންގައި، ލަންކާ ނޫން، ސާފް ސަރަހައްދުގެ ހަތަރު ގައުމެއްގެ ރޭންކިން އަށް ވެއްޓުމެއް އައިއިރު، ދެ ގައުމެއްގެ ރޭންކިން އަށް ބަދަލެއް ނާދެ އެވެ.

ރޭންކިން އަށް ބަދަލެއް ނައިސް އޮތީ، 163 ވަނައިގައި އޮތް ދިވެހި ރާްއްޖެ އާއި 198 ވަނައިގައި އޮތް ޕާކިސްތާން އެވެ. މީގެ ތެރެއިން ރާއްޖޭން އެންމެ ފަހުން ބައިނަލްއަގުވާމީ މެޗެއް ކުޅުނުތާ އެއް އަހަރު ދުވަސް ހަމަވުމާ ގާތަށް ދަނީ އެވެ.

ސާފް ސަރަހައްދަށް ބަލާއިރު، އެންމެ ކުރީގައި އޮތީ، ދެ ދަރަޖައިގެ ވެއްޓުމަކާ އެކު، ދުނިޔޭގެ 126 ވަނައިގައި އޮތް އިންޑިއާ އެވެ. ދެ ވަނައިގައި ރާއްޖެ އޮތްއިރު، ތިން ވަނައިގައި އޮތް ނޭޕާލް އެއް ދަރަޖައިގެ ވެއްޓުމަކާ އެކު، އޮތީ ދުނިޔޭގެ 176 ވަނައިގަ އެވެ. ބޫޓާން ވެސް ދެ ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ ދުނިޔޭގެ 184 ވަނައިގަ އެވެ. ދުނިޔޭގެ 186 ވަނައިގައި ބަންގްލަދޭޝް އޮތީ ދެ ދަރަޖައިގެ ވެއްޓުމަކާ އެކު އެވެ. ޕާކިސްތާނުގެ ރޭންކިން އަށް ބަދަލެއް ނައިސް، އެ ޓީމު އޮތް ހިސާބުގައި އޮތްއިރު، ލަންކާ މި ވަނީ ރޭންކިންގައި ކުރިއެރުމުގެ މަސައްކަތް ފަށައިފަ އެވެ.

ލަންކާ އަށް މި ފަހަރުގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު، ކެމްބޯޑިއާގެ މައްޗަށް ކުރިހޯދުމުންނެވެ. ނޭޕާލްގެ ކުރީގެ ކޯޗު، ކުވެއިތުގެ އަބްދުﷲ އަލް މުތައިރީގެ ކޯޗުކަމުގައި ކުޅުނު ލަންކާ ޓީމުން، ކޮލަމްބޯގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، ކެމްބޯޑިއާގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި ލަންކާ ވަނީ 4-2 އިން މޮޅުވެފަ އެވެ.

އަންނަ މަހުގެ ފީފާ ދުވަސްތަކުގައި ވެސް ސްރީ ލަންކާ އިން މެޗުތަކެއް ކުޅެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، މިޔަންމާއާ ދެކޮޅަށް ދެ މެޗެއް ކުޅުމުގެ މަަސައްކަތް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރު ހަތް މަސް ވަންދެން ފީފާ އިން ލަންކާ ސަސްޕެންޑްކޮށްފައި އޮތެވެ. އެއީ، ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ އެވެ. އެ ސަސްޕެންޝަނާ ހެދި ލަންކާ އަށް މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގެއްލުނެވެ. ހަތް މަހާއި ހަތް ދުވަހަށް ފަހު، ސަސްޕެންޝަނުން ސަލާމަތްވެ، ލަންކާ އިން އަންނަނީ އެ ގައުމުގެ ފުޓްބޯޅަ ހަމަމަގަށް އެޅުވުމަށާއި ކުރިއެރުން ހޯދަން، ގައުމީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އެކި ގައުމުތަކުގައި ތިބި ލަންކާ އަށް ނިސްބަތްވާ ކުޅުންތެރިން ލަންކާ ގައުމީ ޓީމަށް ކުޅެވޭ ގޮތް ވަނީ ހަދައިފަ އެވެ. އެ ގޮތުން، ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، މަޝްހޫރު ގައުމުތަކުގައި ދިރިއުޅޭ ލަންކާ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ޓީމަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

އޭއެފްސީން 2030 ވަނަ އަަހަރު ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން 2030 ވަނަ އަހަރު އަލަށް ފަށާ ނޭޝަންސް ލީގު، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިންއާ ގުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައި. ތިން ފަންތިއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅައިގެ ލެވަލް ކުރިއަށްދާނެ.

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

Newsletter

Get the latest news delivered straight to your inbox