ރާއްޖެ ބަލިކުރިތަން ނުފެންނަ ހަތް މިލިއަން މީހުން ލަންކާގައި އެބަތިިބި: ކޯޗު

Sep 5, 2025, 1:39 AM
ރާއްޖެ ބަލިކުރިތަން ނުފެންނަ ހަތް މިލިއަން މީހުން ލަންކާގައި އެބަތިިބި: ކޯޗު

ރާއްޖޭގެ މައްޗަށް ސްރީ ލަންކާގެ ފުޓްބޯޅަ ޓީމަށް މޮޅެއް ނުލިބި 23 އަހަރު ވެފައިވާ ކަމަށާއި ރާއްޖެ ބަލިކުރިތަން ނުފެންނަ ސްރީ ލަންކާގެ ހަތް މިލިއަން މީހުން އެބަތިބި ކަމަށް ސްރީ ލަންކާގެ ކޯޗު ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

ލަންކާ އިން އެންމެ ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. އޭގެ ފަހުން، މި ދެ ޓީމު ކުޅުނު، 11 މެޗަށް ބަލާއިރު، ހަ މެޗުން ލަންކާ ވަނީ ބަލިވެފަ އެވެ. ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެ އަވަހަށް ކުޅޭނީ، ސްރީ ލަންކާގައި މި މަހު ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ މެޗުތަކުގަ އެވެ.

އެ މެޗުތަކުގެ ކުރިން، ކޮލަމްބޯގައި ބޭއްވި މީޑިއާ ބައްދަލުވުމެއްގައި ލަންކާގެ ކޯޗު މުތައިރީ ބުނީ، ރާއްޖެ އަށް އަބަދުވެސް އިހުތިރާމް އެބައޮތް ކަމަށާއި އެކަމަކު، ލަންކާ އިން ރާއްޖެ އަތުން މޮޅެއް ނުލިބި 23 އަހަރުވެގެންދިއުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

"ލަންކާ އިން އެންމެ ފަހުން ރާއްޖެ ބަލިކޮށްފައި މި އޮތީ 2002 ގެ އެޕްރީލްގައި، އޭގެ ފަހުން ލަންކާގައި 7.1 މިލިއަން މީހުން އުފަންވި ކަމަށް އެބަދައްކާ ލިބެން ހުރި މައުލޫމާތުތަކުން، މާނަ އަކީ، ހަތް މިލިއަން މީހުން އެބަތިބިއޭ ރާއްޖެ އަތުން ލަންކާ އަށް މޮޅެއް ލިބޭތަން ނުފެންނަ. މިއީ ވަރަށް ދިގު މުއްދަތެއް، 23 އަހަރަކީ ދިގު މުއްދަތެއް، މިކަން ބަދަލުކުރަން އެބަޖެހޭ،" ލަންކާގެ ޓީމާ ހަވާލުވެ، ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ މުތައިރީ ބުންޏެވެ.

ލަންކާ އާއި ރާއްޖޭން ކުޅޭ ފޯ ނޭޝަންސް ސުޕަ ކަޕް ދެ މެޗަކީ އެކުވެރިކަމުގެ މެޗުތަކެއް ނަމަވެސް، މި މެޗުތަކުން ލިބޭ ޓްރޮފީ ހުންނަން ޖެހޭނީ "ކޮލަމްބޯ"ގައި ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ. މުތައިރީ ބުނީ، އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް މީގެ ކުރިން ނުކުތް ތިން ފައިނަލުގައި ވެސް ބަލިވެފައިވާ ކަމަށާއި ހަތަރު ވަނަ ފަހަރަށް ފައިނަލަކުން ބަލިވުން ތަޖުރިބާކުރަން ބޭނުންނުވާ ކަމަށެވެ.

"އަހަރެން ވެސް ބޭނުމެއް ނޫން ބަލިވާން، ސްރީ ލަންކާ ޓީމު ވެސް، ފެޑެރޭޝަން ވެސް، ރައްޔިތުން ވެސް ބޭނުމެއް ނުވާނެ ބަލިވާން،" މުތައިރީ ބުންޏެވެ.

މީގެ ކުރިން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި، މުތައިރީ ހަވާލުވެ ހުރި، ނޭޕާލުން 1-0 އިން ރާއްޖެ ބަލިކުރި އެވެ. އެ މެޗުން ނޭޕާލުން ރާއްޖެ ބަލިކުރަން ރޭވި ގޮތް މުތައިރީ ވަނީ ކިޔައިދީފަ އެވެ. އޭނާ ބުނީ، ރާއްޖޭގެ އޭރުގެ ރައީސް އާއި ސްޕޯޓްސް މިނިސްޓަރު އަދި ގައުމުގެ ބޮޑު އެންމެން އައިސް ތިބުމުން، ރާއްޖެ ޓީމު އޮތީ ޕްރެޝަރުގައި ކަމަށެވެ. އަދި އެ ޕްރެޝަރު ބޮޑުކޮށް ދައްމާލުމަށްޓަކައި، ރާއްޖެ އަށް ލަނޑެއް ޖެހިޔަނުދީ ގިނަ ވަގުތު ހިފެހެއްޓުމުގެ ނަތީޖާ އަކީ ފަހު ވަގުތު 1-0 އިން ނޭޕާލް މޮޅުވުން ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ.

މުތައިރީ ބުނީ އޭރު އޮތް ރާއްޖޭގެ ޓީމަކީ މިހާރަށް ވުރެ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި، ލަންކާ އިން ސައުތު އޭޝިއަން ސުޕަ ކަޕް މެޗަށް ނުކުންނައިރު، މެޗުގެ 90 މިނިޓް ސަމާލުކަން ދީގެން ކުޅެން ޖެހޭ ކަމަށް ވެސް މުތައިރީ ވަނީ ބުނެފަ އެވެ.

ލަންކާ އިން ޔޫރަޕާއި ދުނިޔޭގެ އެހެނިހެން ބައްރުތަކުގައި ކުޅޭ އެ ގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ޓީމު އެކުލަވާލައި ކަންކަން ބަދަލުކުރަމުން އަންނައިރު، މުތައިރީ ބުނީ، އެއީ ޕްރޮފެޝަނަލް ސްރީ ލަންކާ ކުޅުންތެރިން ކަމަށް ބުނެފަ އެވެ.

ލަންކާ އާއި ރާއްޖޭން ވެސް ސައުތު އޭޝިއަން ސުޕަ ކަޕްގެ މެޗުތައް ނަގާނީ، ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ. މުތައިރީ ބުނީ، ލަންކާ އިން އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި މަސައްކަތްކުރާއިރު، އެ އަމާޒަށް ވާސިލްވުމުގެ ޕްލޭން އޮތީ ހަތަރެއް ނޫނީ ފަސް އަހަރަށް ބަހާލެވިފައި ކަމަށާއި އެ މަސައްކަތުގެ މުހިންމު ކަމެއްގެ ގޮތުގައި، ރާއްޖެ އަތުން މޮޅުވާން ޖެހޭ ކަމަށެވެ.

ފީފާ ރޭންކިންގައި ލަންކާ އިން 196 އަށް ކުރިއަށް ޖެހިލުމުން، ދެން ފަސް އެނބުރިގެން ނުހުރެވޭނެ ކަމަށާއި މިހާރު ވިސްނަން ޖެހޭނީ މަސައްކަތްކޮށްގެން ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމެއް ކަމަށް މުތައިރީ ވަނީ .ބުނެފަ އެވެ.

އެންމެ ފަހުން ސްރީ ލަންކާގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނީ، 2021 ވަނަ އަހަރު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕުގަ އެވެ. އެ ގޮތުން، އެ އަހަރުގެ ނޮވެމްބަރު މަހުގައި ކުޅުނު މެޗުން ރާއްޖޭން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި، ލަންކާ އިން ވަނީ ފަހަތުން އަރައި 4-4 އިން އެއްވަރުކޮށްފަ އެވެ. އޭގެ އެއް މަސް ކުރިން، މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން 1-0 އިން ލަންކާ ބަލިކުރި އެވެ. އެންމެ ފަހުން ރާއްޖެ އާއި ލަންކާ ކުޅުނީ، 2022 ވަނަ އަހަރުގެ ޖޫން މަހު ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިން ފަހު މެޗުގަ އެވެ. އެ މެޗުގައި، ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން ރާއްޖޭން 1-0 ލަންކާ ބަލިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox