ގްލޯބަލް އިސްލާމިކް ފައިނޭންސްގައި އެލިއާއަށް އެވޯޑެއް ލިބިއްޖެ

ގްލޯބަލް އިސްލާމިކް ފައިނޭންސްގައި އެލިއާއަށް އެވޯޑެއް ލިބުން -- ފޮޓޯ: އެލިއާ

ގްލޯބަލް އިސްލާމިކް ފައިނޭންސްގައި އެލިއާއަށް އެވޯޑެއް ލިބުން -- ފޮޓޯ: އެލިއާ

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑުގެ "އެކްސެލެންސް އެވޯޑް - ނޮން ބޭންކް އިސްލާމިކް ފައިނޭންސިން" އެވޯޑް އެލިއާ އިންވެސްޓްމަންޓްއަށް ލިބިއްޖެ އެވެ.

ވިލާ ނޯޓިކާ ޕެރެޑައިޒް އައިލޭންޑް ގައި ބޭއްވި އެ ވޯޑް ހަފްލާގައި އެލިއާގެ ފަރާތުން އެވޯޑާ ހަވާލުވީ އެލިއާ މާކެޓިންގެ މެނޭޖަރު އަހުމަދު އަސީލް އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އެލިއާއިން އަންނަނީ ވިޔަފާރީގެ 60 އަހަރު ކާމިޔާބު ފުރުން ފާހަގަކުރަމުންނެވެ.

Advertisement

ލަކުޑި އާއި ހާޑްވެއާގެ ވިޔަފާރިން ފެށުނު އެލިއާގެ ވިޔަފާރި ފުޅާވެ، 1974 ގައި އެލިއާ އިން ރާއްޖެއަށް ތައާރަފު ކުރި ޔަމަހާ އައުޓްބޯޑު އިންޖީނު ވެގެންދިޔައީ ރާއްޖޭގެ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއިން އިންގިލާބެއް ގެނެސްދިން ކަމަކަށެވެ.

އެލިއާއިން ބުނީ ރާއްޖޭގެ އެންމެ މަގުބޫލު އައުޓްބޯޑް އިންޖީނުގެ ގޮތުގައި ޔަމަހާ ވޭތުވެދިޔަ 50 އަހަރު ދެމިއޮތީ ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުނުކެނޑި ފޯރުކޮށްދޭތީ ކަމަށާއި އެ ރޮނގުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އެލިއާއިން 2013 ގައި ތައާރަފްކުރި "އެލިއާ އިޖާރާ މޮޑެލް" އަކީ ރާއްޖޭގައި ޕްރައިވެޓް ކުންފުންޏަކުން ތައާރަފްކުރި ފުރަތަމަ އިސްލާމިކް ފައިނޭންސިން (އިންސްޓޯލްމަންޓް) ސްކީމެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސްގައި އެލިއާއަށް އެވޯޑެއް ލިބުން -- ފޮޓޯ: އެލިއާ
ގްލޯބަލް އިސްލާމިކް ފައިނޭންސްގައި އެލިއާއަށް އެވޯޑެއް ލިބުން -- ފޮޓޯ: އެލިއާ

ގްލޯބަލް އިސްލާމިކް ފައިނޭންސްގައި އެލިއާއަށް އެވޯޑެއް ލިބުން -- ފޮޓޯ: އެލިއާ

އެލިއާއިން 2017 ގައި ބައިއުލް ތަގްސީތު ތައާރަފުކޮށް، އެ ސްކީމްގެ ދަށުން ސައިކަލު ގަންނަ ފަރާތްތަކަށް ފުރަތަމަ ޑައުން ޕޭމަންޓް ދެއްކުމުން، ސައިކަލު ގަންނަ މީހާގެ ނަމުގައި ސައިކަލު ރަޖިސްޓްރީ ކުރުމުގެ އިތުރުން "ސީ" ބޯޑުގެ ބަދަލުގައި "ޕީ" ބޯޑުގައި ސައިކަލު ދޫކުރަން ފެށި އެވެ.

އެލިއާގެ އިސްލާމިކް ފައިނޭންސިން ސްކީމްތައް ޑިޒައިން ކުރެވިފައި ވަނީ އެލިއާގެ ޝަރީއާ އެޑްވަޒަރީ ކޮމިޓީގެ ލަފަ އާއި މަޝްވަރާގެ މަތިންނެވެ.

އެލިއާގެ އެޑްވަޒަރީ ކޮމިޓީގައި ހިމެނެނީ ޕްރޮފެސާ ޑރ. އާއިޝަތު މުނީޒާ، އައްޝައިހް ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އަދި އައްޝައިހް އަހުމަދު ސަމީރު އެވެ.

އެލިއާގެ އިސްލާމިކް ފައިނޭންސިން ސްކީމްތައް ތައާރަފް ކުރުމުގެ ކުރިން، އެލިއާގެ ޝަރީއާ އެޑްވަޒަރީ ކޮމިޓީން މުވައްޒަފުންނަށް އަމާޒުކޮށް، އެ ސްކީމުގެ ތަފްސީލްތައް އޮޅުންފިލުވައި ދިނުމަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައިވެ އެވެ.

އެއީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ މާލީ ހައްލުތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މުވައްޒަފުން ތަމްރީނު ކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށް އެލިއާއިން ބުންޏެވެ.

އެލިއާގެ ޝަރީއާ ފައިނޭންސިން ސްކީމަކީ ޒަމާނީ ވިޔަފާރީގެ އުސޫލުތަކާއި އިސްލާމީ ރިވެތި އާދަތަކަށް އެލިއާއިން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށާއި ރާއްޖޭގެ އިސްލާމިކް ފައިނޭންސިން ދާއިރާއަށް އެލިއާއިން ކޮށްފައިވާ މުހިންމު ހިދުމަތެއްގެ އިތުރުން، އެލިއާގެ ވިޔަފާރިއަށް ދިވެހިން ކުރާ އިތުބާރަށް އެމުނުނު އިތުރު ބޮޅެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox