ތުއްތު ކުދިންނާއި މައިންނަށް ހާއްސަ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާކެޓް ކުރާ "ދަ ޕޭރެންޓްލީ" އިން ކުޑަކުދިންނަށް ހާއްސަ "ބަޑްސް އޯގެނިކްސް" ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ނެެރެފި އެވެ.
ބަޑްސް އޯގެނިކްސް އަކީ އިންޓަނޭޝަނަލް "އެކޯސާޓް" ސަޓިފިކޭޝަން ލިބިފައިވާ ލިބިފައިވާ އަދި އީޔޫ ކޮސްމެޓިކް ރެގިއުލޭޝަންގެ ދަށުން ސޭފްޓީ އެސެސް ކުރެވި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބްރޭންޑެކެވެ.
އެ ބްރޭންޑަކީ ތުއްދު ކުދިންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާ ސަޓިފައިޑް އޯގެނިކް އުފެއްދުންތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ޕްރޮޑަކްޓް ރޭންޖެއް އެކުލެވޭ ބްރޭންޑެވެ.
ބަޑްސް އޯގޭނިކްސްގެ އަމާޒަކީ ނުރައްކާތެރި ކެމިކަލްތަކުން ސަލާމަތް ކުރެވިފައިވާ ތުއްތު ކުދިންގެ ހަމަށާއި ހެދިބޮޑުވުމަށް ރައްކާތެރި، ކޮލިޓީ ކަށަވަރުކުރެވިފައިވާ އުފެއްދުންތަކެއްގެ ތެރޭގައި ކުދިން ބޮޑެތިވުމުގެ ފުރުސަތު މައިންބަފައިންނަށް ހޯދައިދިނުމެވެ.
އޭގެ އިތުރުން އެކްޒީމާ ފަދަ ހަމުގެ ބަލިތަކަށް އަމާޒުކޮށްގެން ކުދިންނަށް ހާއްސަ އުފެއްދުންތަކެއް ވަނީ ބަޑްސް އޯގެނިކްސް އިން ތައާރަފް ކޮށްފަ އެވެ.

"ބަޑްސް އޯގެނިކްސް" ބްރޭންޑްގެ އުފެއްދުންތައް ވިއްކާ ދަ ޕޭރެންޓްލީ -- ފޮޓޯ: އަދަދު
ރާއްޖެއަށް ދި ޕޭރެންޓްލީ އިން ތައާރަފްކުރި ބަޑްސް އޯގެނިކްސްގެ އުފެއްދުންތައް:
- ބަޑްސް އެވްރީޑޭ އޯގެނިކްސް (ބޭބީ ސްކިން ކެއާ)
- ބަޑްސް ސޫތިން އޯގެނިކްސް (އެގްޒީމާއަށް ހާއްސަ)
- ބަޑްސް އޯރަލް ކެއާ އޯގެނިކްސް (އެކި އުމުރުފުރައިގެ ކުދިންނަށް ހާއްސަ ދަތްއުނގުޅާ ބޭސް، މައުތު ވޮޝް)
- ބަޑްސް ފޯ ކިޑްސް އޯގެނިކްސް (ތިން އަހަރުން 12 އަހަރާއި ދެމެދު ކުދިންނަށް ހާއްސަ)
- ބަޑްސް ހައުސްހޯލްޑް އެކޯ (ޑިޝްވޮޝް، ސެނިޓައިޒާ، ސާފަސް ކްލީނާ ފަދަ ސާފުކުރުމަށް ހާއްސަ)
ބަޑްސް އޯގެނިކްސްގެ އުފެއްދުންތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ދަ ޕޭރެންޓްލީ އިން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ދަ ޕޭރެންޓްލީގެ ފިހާރައެއް މާލޭގެ އިތުރުން ހުޅުމާލޭގައި ހުރެ އެވެ. މާލޭގައި އެތަނުގެ ފިހާރަ ލިލީ މަގުގައި ހުންނައިރު ހުޅުމާލޭގައި ފިހާރަ ހުންނަނީ ފޭސް 1 ގެ ރެއިންބޯ ސެންޓްރަލް މޯލްގަ އެވެ.











