މެޗު އިތުރުކުރާއިރު ކުޅުންތެރިންގެ ލަފަޔަކަށް ނާހާތީ އެލިސަންގެ ކަންބޮޑުވުން

Sep 17, 2024, 4:06 AM
މެޗު އިތުރުކުރާއިރު ކުޅުންތެރިންގެ ލަފަޔަކަށް ނާހާތީ އެލިސަންގެ ކަންބޮޑުވުން

މިލާން، އިޓަލީ (ސެޕްޓެމްބަރު 17) - ސީޒަނެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް، މުބާރާތްތަކުގެ ފޯމެޓް ބަދަލުކުރުން ފަދަ މުހިންމު ނިންމުންތައް ނިންމާއިރު، ކުޅުންތެރިންގެ ލަފާނުހޯދާތީ ލިވަޕޫލްގެ ކީޕަރު، ބްރެޒިލްގެ އެލިސަން ބެކާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލުން ހުރިހާ މުބާރާތެއްގައި 58 މެޗު ކުޅެފައިވެ އެވެ. މި ފަހަރު ޗެމްޕިއަންސް ލީގުގެ ފޯމެޓަށް އައި ބަދަލާ އެކު، މެޗު އިތުރުވިއިރު، ސީޒަނުގެ ހުރިހާ މުބާރާތެއްގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިނަމަ، އެ ޓީމުން ކުޅޭ މެޗުގެ އަދަދު ޔަގީނުން ވެސް 65 އަކަށް އަރާނެ އެވެ. އެއީ، އެފްއޭ ކަޕްގެ ރީޕްލޭ އާއި ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ކުޅެން ޖެހިއްޖެނަމަ، އެ މެޗުތައް ނުހިމަނަ އެވެ.

ލިވަޕޫލާއި ބްރެޒިލަށް މިދިޔަ ސީޒަނުގައި، 42 މެޗު ކުޅެދިން، އެލިސަން އަށް އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަސް ގެއްލުނެވެ. މި ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު، އަނިޔާގެ މައްސަލަ އައުމުގެ ބިރު އެބައޮތެވެ.

"އެއްވެސް މީހަކު ނާހާ އަހަރުމެން ދެކޭ ގޮތެއް. ފަހަރެއްގައި މުހިންމު ނުވަނީ ކަންނޭނގެ. އެކަމަކު، ޔަގީނުން ވެސް މިއީ އަހަރެމެން ދައްކަމުން އަންނަ ވާހަކައެއް މެޗު އިތުރުވުމަކީ އަހަރެމެންނަށް މީގެ ގެއްލުން ކުރިމަތިވާ ކަމެއް،" އެލިސަން، 31، ބުންޏެވެ.

ފުޓްބޯޅަ ސަޕޯޓަރުން ގިނަ މެޗުތައް ބަލާހިތްވާނެކަން އެނގޭ ކަމަށާއި ފުޓްބޯޅައިގައި މީޑިއާ އާއި ޓީވީގެ މި އާމްދަނީ އާއި އެހެން ހުންނަ ފައިސާގެ ކަންކަން ވެސް އެނގޭ ކަމަށް އެލިސަން ވަނީ ބުނެފަ އެވެ.

"އަހަރެމެން މޮޔައެއް ނޫން މި ބުނި ކަންކަން ނުވިސްނޭހާ. އެކަަމަކު، މި ކަލަންޑަރު ހަދާ މީހުން އެބަޖެހޭ އެއްތަނެއްގައި ތިބެ އިށީނދެލައިގެން އަހަރެމެންގެ (ކުޅުންތެރިން ދެކޭ ގޮތް ވެސް) އަޑުވެސް އަހާލަން. އަހަރެމެން ކޮންމެ މެޗެއްގައި ވެސް އެންމެ މޮޅަށް ކުޅެން ބޭނުމީ. އެކަމަކު، ވަރުބަލިވެފައި ހުރެގެން، އެންމެ ރަނގަޅަށް ނުކުޅެވޭނެ،" އެލިސަން ބުންޏެވެ.

ފުޓްބޯޅައިގައި ހުރި މި ފަދަ މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި އެކަމަކު، މި ވަގުތުގެ މަންޒަރުތައް ފެންނަ ގޮތުން އެއްވެސް ކަމެއްގެ ހައްލެއް އަވަަހަަށް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެލިސަން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox