މެންބަރުންނަށް ދޭ ފައިސާގެ ވާހަކަ ދައްކާ ޕީއެންސީގެ މެންބަރުން ހޯދަން ސަރުކާރުން އެބަ މަސައްކަތް ކުރޭ: އީސާ

Sep 16, 2024, 4:27 PM
އަހުމަދު އީސާ މިރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ފައިސާ ދޭ ވާހަކަ ދައްކާ ޕީއެންސީގެ މެންބަރު ހޯދަން ހޯމް މިނިސްޓަރަށް އަންގާފައިވާ ކަމަށް -- ފޮޓޯ: ސްކްރީންގްރެބް

އަހުމަދު އީސާ މިރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ފައިސާ ދޭ ވާހަކަ ދައްކާ ޕީއެންސީގެ މެންބަރު ހޯދަން ހޯމް މިނިސްޓަރަށް އަންގާފައިވާ ކަމަށް -- ފޮޓޯ: ސްކްރީންގްރެބް

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ވެރިކަން ހިންގާ ޕާޓީ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދޭ ވާހަކަ ދައްކާ އެ ޕާޓީގެ މެންބަރުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރު އަހުމަދު އީސާ މިރޭ ވިދާޅުވެއްޖެ އެވެ.

ރިޝްވަތުގެ ގޮތުގައި ދޭ ފައިސާ ޕީއެންސީގެ ހުރިހާ މެންބަރުން ނުނަގާ ކަމަށާއި ބައެއް މެންބަރުން އެކަމާ ހިތްހަމަނުޖެހޭ ކަމަށް އީސާ ވިދާޅުވީ އެމްޑީޕީން ގެނެސްދޭ "ހަވަރުބެރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އީސާ ވިދާޅުވީ އެކަމާ ނުރުހި، އެ ވާހަކަ ދައްކާ މެންބަރުން ހޯދަން މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެ މައުލޫމާތުތައް ޕީޕީއެމްގެ [ޕީއެންސީގެ] މެންބަރުންގެ ތެރެއިން އަޅުގަނޑުމެންނާ ހިސާބަށް އަންނާތީ ރައީސުލްޖުމްހޫރިއްޔާ ހޯމް މިނިސްޓަރަށް އަންގަވައިގެން މިހާރު އަމިއްލަ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފާރަލާން ފަށައިފި. ޖާސޫސް ކުރަން ފަށައިފި، ބިރު ދައްކަން ފަށައިފި،" އީސާ ވިދާޅުވި އެވެ.

Advertisement

ރައީސްގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭ ވާހަކަ "ސުވާލެއް ނެތް މިންވަރަށް" ސާފު ކަމަށް ވެސް މިރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހުރިހާ މެންބަރުން މި ފައިސާއެއް ނުނަންގަވާ. ނުނަންގަވާ އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ މެންބަރުން އަޅުގަނޑުމެންނަށް މި ވާހަކަ މި ހިއްސާ ކުރަނީ. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ސާފު، ސުވާލެއް ވެސް ނެތް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އެބަ އެކަން ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ހިންގާ ޕާޓީއަށް ނިސްބަވްތާ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ކޮންމެ މަހަކު 50،000ރ. ދެއްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ ހުރިހާ މެންބަރުންނާއެކު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭގެ ފަހުން ގިނަ މެންބަރުންނަށް އެ ފައިސާ ދެއްވާ ކަމަށް، ޕީއެންސީގެ ބައެއް މެންބަރުން ވަނީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ.

އެންމެ ފަހުން ނިމިދިޔަ މަހުގެ ފައިސާގެ ގޮތުގައި އާންމުކޮށް ދެމުން އަންނަ 50،000ރ. އަށް 25،000ރ އިތުރު ކުރުމަށްފަހު ދީފައި ވަނީ 75،000ރ. ކަމަށް ވެސް ބައެއް މެންބަރުން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ފައިސާ ދޭ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox