ސޮން އަށް މަލާމަތް ރައްދުވާގޮތަށް ދިން އިންޓަވިއުއަކާ ހެދި ބެންޓަންކޫރު ހޫނުފެނަށް

Sep 13, 2024, 4:03 AM
ސޮން އަށް މަލާމަތް ރައްދުވާގޮތަށް ދިން އިންޓަވިއުއަކާ ހެދި ބެންޓަންކޫރު ހޫނުފެނަށް

ލަންޑަން (ސެޕްޓެމްބަރު 13) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން، ސޮން ހެއުން މިންގެ ނަސްލަށް މަލާމަތް ރައްދުވާ ގޮތަށް އެ ޓީމުގެ މިޑްފީލްޑަރު، ރޮޑްރީގޯ ބެންޓަންކޫރު ވާހަކަދެއްކި މައްސަލައެއްގެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.

އުރުގުއޭގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި، އެ ގައުމުގެ މިޑްފީލްޑަރު، ބެންޓަންކޫރު ގާތުގައި ޓޮޓެންހަމްގެ ޖޯޒީއެއް ދޭން އެދުމުން، އޭނާ ބުނެފައިވަނީ، ބޭނުންވަނީ ސޮންގެ ޖޯޒީއެއް ތޯ ސުވާލުކޮށް، ސޮންގެ އާއިލާ މީހެއްގެ ޖޯޒީ ދިނަސް ނޭނގޭނެ ކަމަށާއި އެންމެން ތިބެނީ އެއްގޮތަށް ކަމަށް ބުނެފަ އެވެ.

މިއީ، ދެކުނު ކޮރެއާގެ މީހުންގެ ބުރުސޫރަ ހުންނަ ގޮތަށް މަލާމަތް ރައްދުވާ ގޮތަށް، ބެންޓަންކޫރު ބުނި އެއްޗެއް ކަމަށް ބަލައި، ގިނަ ބަޔަކު އެ ވާހަކަ ދެއްކި އެވެ. އޭގެ ފަހުން، ބެންޓަންކޫރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ސޮން ކިބައިން މާފަށް އެދިފަ އެވެ. އަދި އެއީ ވަރަށް ޖޯކަކަށް ބުނި ކަމުގައި ވިޔަސް ދެއްކުނު ގޯސް ވާހަކައެއް ކަމަށް ބެންޓަންކޫރު ވަނީ އެއްބަސްވެފަ އެވެ.

ބެންޓަންކޫރުގެ މި ވާހަކައިގެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށާފައިވަނީ، މިއީ، އޭނާގެ ފަރާތުން ފެނުނު ޑިސިޕްލިނަރީ މައްސަލައެއް ކަމަށް ބުނެފަ އެވެ. އަދި މި މައްސަލައިގައި، ޖަވާބުދާރީވެ، އެޕީލެއް ކުރަން ބޭނުންނަމަ، މި މަހުގެ 19 އަށް ބެންޓަންކޫރަށް އޮތީ ފުރުސަތު ދީފަ އެވެ.

މި މައްސަލަ ބަލައި ނިމެންދެން، ބެންޓަންކޫރަށް އެއްވެސް ސަސްޕެންޝަނެއް ނާންނާނެ އެވެ. އެހެންކަމުން، މެޗުތަކުގައި ކުޅެން އެއްވެސް ހުރަހެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox