ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ ފަސް ވަނަ ޕްރޮގްރާމް ބާއްވައިފި

އެލިއާއިން ބޭއްވި ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން

އެލިއާއިން ބޭއްވި ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން

އެލިއާ އާއި ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީ ގުޅިގެން ރާއްޖޭގައި ހިންގާ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ ފަސް ވަނަ ޕްރޮގްރާމް ފަށައިފި އެވެ.

އެ ޓްރެއިނިންއަކީ ޔަމަހާ ޓެކްނިކަލް އެކަޑަމީން ޖަޕާނުގައި އާންމު ގޮތެއްގައި ޔަމަހާގެ ޑިސްޓްރިބިއުޓަރުންނަށް ދޭ ޔަމަހާ ބޭސިކް އަދި ބޮރޯންޒް ލެވެލް ޓްރެއިނިންތަކެވެ.

"ޓްރެއިނިންގެ މައިގަނޑު މަގްސަދަކީ މެކޭނިކުންގެ ތަޖުރިބާ އިތުރަށް ފުރިހަމަމަ ކުރުމާއި ޔަމަހާ އައުޓްބޯޑް އިންޖީނަށް ބޭނުންވާ ސާވިސް، ތަޖުރިބާ ލިބިފައިވާ މެކޭނިކުން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ވެސް ފޯރުކޮށްދިނުން," އެލިއާއިން ބުންޏެވެ.

Advertisement

އެ ޕްރޮގްރާމުގައި އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން މެކޭނިކުން ބައިވެރި ކޮށްފައިވެ އެވެ.

ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި އަހަރުގެ ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޔަމަހާ ސަޓިފައިޑް އަދި ތަޖުރިބާކާރު އެލިއާގެ ސީނިއާ މެކޭނިކުންގެ ޓީމުންނެވެ.

އެލިއާއިން ބޭއްވި ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން
އެލިއާއިން ބޭއްވި ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން

އެލިއާއިން ބޭއްވި ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން

މި އަހަރަކީ ޔަމަހާ އާއި އެލިއާގެ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ.

ގިނަ އަދަދެއްގެ ބަޔަކު ޔަމަހާގެ ތަފާތު ޓްރެއިނިންތަކުން ތަމްރީނުވެފައިވާއިރު މިދިޔަ މަހު ބޯޓު އޮޕަރޭޓަރުންގެ ތަމްރީން ޕްރޮގްރާމުގައި ވެސް 63 ބައިވެރިޔަކު ތަމްރީނުކުރި އެވެ.

އެލިއާއިން ރާއްޖެއަށް ތައާރަފްކުރާ ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ މޮޑެލްއަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރުމަށް ފަހު ރާއްޖެއަށް ތައާރަފްކުރެވިފައިވާ، އެއަށްފަހު ވެސް ގެންނަން ޖެހޭ ކޮންމެ ބަދަލެއް ގެނެވި ރާއްޖޭގެ މާހައުލަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވުމުން، ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ އިންޖީނެކެވެ.

"ސްޕެއާ ޕާޓްސް ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އެލިއާއިން ލިބެން ހުރުމަކީ ޔަމަހާގެ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އެލިއާއިން ބުންޏެވެ.

ޒަމާނީ އަދި ތަޖުރިބާކާރު އުފެއްދުންތައް ޔަމަހާއިން ތައާރަފް ކުރަމުންދާއިރު އެލިއާގެ މަގްސަދަކީ މި ސިނާއަތުގައި ވިހާ ވެސް ގިނަ ދިވެހި މެކޭނިކުން ތަމްރީނު ކުރެވިފައި ތިބުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox