ފުޓްބޯޅަ ސީޒަން ފެށެން އޮތީ ކްލަބްތަަކުގެ މާލީ ހާލަތު ރަނގަޅުވެގެން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަަކަ ދައްކަވަނީ.---- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަަކަ ދައްކަވަނީ.---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެން އޮތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅުވެގެން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ފުޓްބޯޅަ ސީޒަން ފެށޭނެ ކަމަށް ބެލެވޭ ތާރީހަކާ ބެހޭގޮތުން ސުވާލު ކުރެވުނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމާއި ގައުމީ ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި ގިނަ އަހަރު މަސައްކަތްކުރެއްވި ރާފިއު ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފައިވާއިރު، އެ ކޮމިޓީން ކްލަބްތަކާ އެކު ބައްދަލުވުމެއް ބާއްވައި، މިނިސްޓްރީއާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެެވެ.

"ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ ކްލަބުތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުން ހުރި ކަމަށް. އޭގެ ތެރޭގަ މީގެ ކުރިން އެފްއޭއެމްއިން ކްލަބުތަކަށް ދޭން ޖެހިފައި އޮތް ފައިސާ ނުދެވި އޮތުމާ އެކު، ކްލަބުތަކަށް ކުޅުންތެރިންނަށް ފައިސާ ނުދެވިގެން ކްލަބު ލައިސަންސިން ފުރިހަމަ ނުކުރެވި އޮތް އޮތުންވެސް އެނގޭ،" ހުރި މައްސަލަތަކަށް އިޝާރާތްކުރައްވައި، ރާފިއު ވިދާޅުވި އެެވެ.

"ނޯމަލައިޒޭޝަން ކޮމިޓީ އާއި ފީފާ އަދި އަޅުގަނޑުމެން، މި މަސައްކަތް ކުރަނީ ކްލަބު ލައިސަންސް ރިނިއު ކުރެވޭނެ ގޮތެއް ހޯދުމަށް. އެކަން، ކުރެވެން އޮތީ ފައިސާގެ ކަންކަން ހައްލުވެގެން. އެއީ ކުޅުންތެރިންނަށް ވެސް ބޭނުންވާ ފައިސާ ދީގެން. އެކަން ހައްލުވެގެން، ލީގު ފެށެން އޮތީ."

މިދިޔަ މަހުގެ 20 ވަނަ ދުވަހު ފީފާ އިން އެފްއޭއެމް ހިންގުމަށް ހަވާލުކުރި ނޯމަލައިޒިން ކޮމިޓީގައި ހިމެނެނީ، ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް، ކުރީގެ ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވި، އަހުމަދު ޒުހޫރުއާ އެވެ. ދެން، އޭގެ އިތުރުން ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ.

ނޯމަލައިޒިން ކޮމިޓީ ކޮމިޓީން، ރަސްމީކޮށް މަސައްކަތް ފަށައި، ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެން ހަަމަޖެހިފައިވާ 10 ކްލަބްގެ އޮފިޝަލުން ބައިވެރިވި އެވެ

އެ ގޮތުން، އެ ބައްދަލުވުމުގައި ނޯމަލައިޒިން ކޮމިޓީން، ސަރުކާރުގެ އެންމެ ބޮޑު އެދުމެއްގެ ގޮތުގައި ބުނެފައިވަނީ، އަވަހަށް ފުޓްބޯޅަ ސީޒަން ފެށޭނެ ހާލަތެއް ހޯދުމަށެެވެ. އެކަމަކު، ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން އޮތް އަށް ޓީމަށް ވެސް އެފްއޭއެމް އިން ދޭން ޖެހިފައިވާ ފައިސާގެ އަދަދު ދެ މިލިއަނަށް ވުރެ އިތުރެވެެ. އެހެންވެ، މިދިޔަ ސީޒަނުގައި އެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަ ފީފާގައި ވެސް އެބަހުއްޓެވެ. މެޖޯރިޓީ ކްލަބްތައް އޮތީ ކުޅުންތެރިން ޓްރާންސްފާ ނުކުރެވޭ ގޮތަށް ފީފާގެ ބޭންއެއްގަ އެވެ.

"ދެ މިިލިއަނަށް ވުރެ ބޮޑު އެފްއޭ އިން ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު. ކްލަބްތަކުގެ މާލީ ހާލަތު އިންތިހާ އަށް ދަށް، ސަރުކާރުން އެއްބާރުލުން ދޭނަމޭ ބުނެފައި އަވަހަށް ސީޒަން ފެށުމަކީ ހައްލެއް ނޫން، ކަންކަން ރަނގަޅުކޮށްފައި ފެށުން ހައްލަކީ،" އެ ބައްދަލުވުމުގައި ބައިވެރިވި، ކްލަބެއްގެ އޮފިޝަލަކު "އަދަދު" އަށް ބުންޏެވެ.

ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ތެރެއިން ކްލަބް ލައިސަަންސިން ފުރިހަމަކުރި ހަމަައެކަނި ކްލަބަކީ ރާއްޖޭގެ ލީގު ޗެމްޕިއަންކަން، އެންމެ ފަހުން ހަަތަރު އަހަރު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެ ޓީމަށް ވެސް އެފްއޭއެމް އިން ލިބެން ޖެހޭ ފައިސާ ދެ މިލިއަނަށް ވުރެ އިތުރެވެ.

އުނދަގޫ ހާލަތެއްގައި ވެސް މާޒިޔާ އަންނަނީ ސާބިއާގެ ކޯޗު ޑްރަގަން ޑުކަނޯވިޗާ ޓީމު ހަވާލުކޮށް، އަންނަ މަހު ފަހުކޮޅުގައި އޮންނަ އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވަމުންނެވެ. އޭނާގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖޭގެ ލީގުގައި ނުކުޅެ، އިންޓަނޭޝަނަލް މުބާރާތަކަށް ދާން ޖެހުމެވެ.

ފުޓްބޯޅައިގެ ހާލަތު މި ވަގުތު އޮތްގޮތުން، ގިނަ ދިވެހި ކޯޗުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ގޮތުން، ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު، އަލީ ނިސްތާރު މުހައްމަދު ބުނީ، ފުޓްބޯޅައިގައި އުޅޭ އެކިއެކި ފަރާތްތައް ފުޓްބޯޅަ ދޫކޮށް އެހެން ވަޒީފާތަކަށް ބަދަލުވާން ފަށާފައިވާ ކަމަށާއި ފުޓްބޯޅަ އަށް މި ވާ ގެއްލުންތަކުގެ ވާހަަކަ ދައްކާނެ ފަރާތްތަކެއް އަދި ހައްލެއް ހޯދުން މުހިންމު ކަމަށެވެ.

"ކިތަށް ފުޓްބޯޅަ ކުޅުންތެރިން، ކޯޗުން، އެޑްމިނިސްޓްރޭޓަރުން، ފުޓްބޯޅަ ދޫކޮށްލާފައި އެހެން ވަޒީފާތަކަށް މި ދަނީ؟ ފުޓްބޯޅަ ސީޒަން ރާއްޖޭގައި މި ދަނީ، އަށް މަހަށް ދިގުދެމިގެން. ދެން މި އޮންނަނީ، އޮފް ސީޒަނުގެ ދެ މަަހާއި ޕްރީ ސީޒަންގެ ދެ މަސް. ރާއްޖޭގައި އޮފް ސީޒަނުގައި މުސާރައެއް ނުދޭ. މިހާރު އޮފް ސީޒަން މިދަނީ އަހަރެއްހާ ދުވަސް ދިގުލައިގެން. އެހެންވެ އެއްވެސް އާމްދަނީއެއް ނުލިބޭ، ދެން، އާމްދަނީއެއް ލިބޭ ދުވަހެއް ބުނަން ވެސް ނޭނގެ، ކޮން ބަޔަކުބާ ފުޓްބޯޅަ އާއިލާގެ ހައްގުގައި މި ވާހަކަތައް ދައްކާނީ،" ނިސްތާރު، ފޭސްބުކްގައި ލިޔެފައިވެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން 15 ގައި ފަށަން ޓެންޓޭޓިވް ކަލަންޑަރެއް ވެސް ހެދި އެވެ. އެ އަށް ފަހު، ޖުލައި 15 ފަށަން ލަސް ވެސް ކުރި އެވެ. މިހާރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ސީދާ ތާރީހެއް ބުނެދެވޭނެ ފަރާތެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox