2022 ގައި އެމްބާޕޭ ލިވަޕޫލާ ގުޅެން އެއްބަސްވި

Sep 12, 2024, 3:58 AM
2022 ގައި އެމްބާޕޭ ލިވަޕޫލާ ގުޅެން އެއްބަސްވި

މެޑްރިޑް (ސެޕްޓެމްބަރު 12) - ހިލޭ ޓްރާންސްފާއެއްގައި މި ފަހަރު ރެއާލް މެޑްރިޑަށް ސޮއިކުރި ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ، 2022 ވަނަ އަހަރު ޝަރުތަކާ އެކު، ލިވަޕޫލަށް ސޮއިކުރަން އެއްބަސްވި ކަމަށް ފްރާންސްގެ ނޫހެއް ކަމަށްވާ ލެކިއުޕޭ އިން ރިޕޯޓްކޮށްފި އެވެ.

އެމްބާޕޭ، 25، އާއި ލިވަޕޫލުން 2022 ވަނަ އަހަރު ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދިޔައިރު، ލިވަޕޫލް ހިންގާ ފެންވޭ ސްޕޯޓްސް ގްރޫޕްގެ ވެރިޔާ، ޖޯން ހެންރީ ވަނީ އެމްބާޕޭގެ އާއިލާއާ ވެސް ބައްދަލުކޮށްފަ އެވެ. އެ ގޮތުން، 2022 ވަނަ އަހަރު ލިވަޕޫލުން ނިންމީ އެމްބާޕޭ ގަންނަން 200 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ކަމަށާއި އެ ޑީލަށް އެމްބާޕޭ ރުހުނީ ޝަރުތަކާ އެކު ކަމަށް ވެސް ލެކިއުޕޭ އިން ރިޕޯޓްކޮށްފައިވެ އެވެ.

އެ ޝަރުތަކީ، އެމްބާޕޭ އަށް ވަކި ހިސާބަކުން ރެއާލް މެޑްރިޑަށް ބަދަލުވެވޭ ގޮތަށް، ލިވަޕޫލާ އެކު ސޮއިކުރާ ކޮންޓްރެކްޓްގައި މާއްދާއެއް ހިމެނުމަށް ފަހު އެވެ.

މި ހުރިހާ މަޝްވަރާއެއް ކުރިއަށްދަނިކޮށް ޑީލްގެ ވާހަކަތައް ހުއްޓުނީ، ޕީއެސްޖީން އެމްބާޕޭ ވިއްކާލަން ކީ އަގު އަނެއްކާ ވެސް ބޮޑުކުރަން ފެށުމުން ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މީގެ ކުރިން، 2020 ވަނަ އަހަރު އެމްބާޕޭ ވަނީ ލިވަޕޫލްގެ ކުޅުމަށާއި އެ ޓީމުގެ އޭރުގެ ކޯޗު ޔާގަން ކްލޮޕްގެ ފިލޯސަފީ އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އެމްބާޕޭއާ ބެހޭގޮތުން، ކްލޮޕް ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، ކްލޮޕް ބުނީ، އެމްބާޕޭ ލެވަލްގެ ކުޅުންތެރިއަކު ލިވަޕޫލުން ސޮއިކުރާނަމަ އަމަލުކުރަން ޖެހޭނީ އެއްވެސް އުސޫލެއް ހަަމައެެއް ނެތި، ހަރަދުކުރާ ކްލަބެއް ގޮތަށް ކަމަށާއި އެއީ އޭނާ ވިސްނާ ގޮތެއް ނޫން ކަމަށެވެ.

ގިނަ އަހަރުތަކެއްގެ އިންތިޒާރަށް ފަހު، އެމްބާޕޭ މި ފަހަރު ރެއާލަށް ސޮއިކުރީ ޕީއެސްޖީގެ ކޮންޓްރެކްޓް ނިންމާލުމަށް ފަހު އެވެ. އެމްބާޕޭ، ރެއާލާ އެކު ހެދީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox