އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނަން: މިނިސްޓަރު ރާފިއު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،---- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަށް މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އޮންނާނެ އެވެ. ރާއްޖޭގެ ކުޅިވަރު އެކަށީގެންވާ ވަރަށް ކުރިނާރާ ސަަބަބަކީ ސިޔާސީ ނުފޫޒާއި ކޮރަޕްޝަނާއި އެ ފަދަ ކަންކަމާ ހެދި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މި ހުރިހާ ވާހަކަތަކެއް ގުޅިފައި އޮންނަނީ، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކާ އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ރާފިއު ވިދާޅުވީ، އިންތިހާބުތަކުގައި އެސޯސިއޭޝަންތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

"އިންތިހާބުތަކުގައި އެސޯސިއޭޝަންތަކަށް ސިޔާސީ ނުފޫޒު ފޯރުވާނެތޯ ނޫންތޯ، އެ ކިހާވަރަކަށްތޯ އެކަން ކުރާނީ، ނޫނީ ނުކުރާނަންތޯ، އަޅުގަނޑު ދަންނަވާލަން އޮތީ. އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް އެއްވެސް އެސޯސިއޭޝަނެއްގެ އިންތިހާބަކަށް އަޅުގަނޑުމެން ނުފޯރުވާނަން. އެއީ، އެސޯސިއޭޝަނަކީ އޭގެ ހިންގުން ވެސް އޭގެ ޒާތުގައި އަމިއްލަ މުއައްސަސާއެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް،" ރާފިއު ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ އިންތިހާބެއް ބޭއްވުމާ ހަމައަށް މިދިޔަ އަހަރުތަކުގައި އައިއިރު، އެކި މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އަދި އެކި ސަބަބުތަކާ ހުރެ އިންތިހާބު ކުރިއަށް ނުގެންދެވި، ހުއްޓިފައި ވެސް ވެ އެވެ. އެއީ، ބައެއް ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ، ކޮރަޕްޝަންގެ ތުހުމަތުތަކާއި އެ ފަދަ ތަހުގީގުތައް ހިނގާތީ އެވެ.

ރާފިއު ވިދާޅުވީ، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކާ ވިދިގެން އަންނަ އެކި ކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން އެއީ ހަގީގަތެއް ކަމަށެވެ. މި ކަމަށް ހައްލެއް ހޯދޭނެ މަގަކީ، ހަމައެކަނި ކުޅިވަރު ގާނޫނަށް ހައްލު ގެނައުން ނޫން ކަމަށާއި ކުޅިވަރު ގާނޫނާއި އެއްގޮތްވާ ގޮތުގެ މައްޗަށް، ފުށުއެރުންތަކެއް ކުރިމަތިނުވާ ގޮތަށް އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުތައް ވެސް އިސްލާހު ކުރެވިގެން ކަމަށް ރާފިއު ވިދާޅުވި އެވެ.

"އެސޯސިއޭޝަންތައް ހިންގާ ގަވާއިދާއި އުސޫލުތަކުގައި އެ ކަންތައްތައް ރަނގަޅުކުރުމަކީ މީގެ އެންމެ މުހިންމު ފިޔަވަޅު ކަމަށް އަޅުގަނޑު ދެކެން، އެ ކަމަށް އަޅުގަނޑުމެން އެޑްރެސްކޮށްފައި، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައި ހުންނާނީ، ކޮމިޝަނަރު ވެސް އެ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ރިކޮމެންޑޭޝަން ސްޕޯޓްސް ކައުންސިލަށް ހުށަހަޅުންވަމުން އެބަ ގެންދަވާ،" ރާފިއު ވިދާޅުވި އެވެ.

"ބައެއް އެސޯސިއޭޝަންތަކުން ކޯޓުތަކަށް ގޮސް މައްސަލަ ހުށަހަޅާ ކަންތައްތައް އެބަކުރޭ، މި ކަން ކުރުމުގެ ބާރުވެސް އެ ލިބެނީ، މި ގަވާއިދުތައް ހެދުމުގައި ފުށުއަރާ މާއްދާތައް ވެސް ހިމެނުމުން، އެހެންވީމަ އެކަން ރަނގަޅުކުރުން އެއީ، ދިގު މުއްދަތަށް ހައްލު އަންނާނެ ކަމަކީ،"

ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެސޯސިއޭޝަންތަކުން އަމަލުކުރާނަމަ، އެކަން ބެލުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ގާނޫނުގެ ތެރެއިން އެކަންކަމަށް އަމަލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށްް ރާފިއު ވިދާޅުވި އެވެ.

ކުޅިވަރު ގާނޫނުގެ ދަށުން އަންނަން ޖެހޭ ސްޕޯޓްސް އާބިޓްރޭޝަން އަދިވެސް ވުޖޫދުވެފައި ނުވެ އެވެ. އެ ގޮތުން، ކުޅިވަރުގައި ޖެހޭ މައްސަލަ ހައްލުކުރަން ދާން ޖެހޭ މަގެއްގެ ގޮތުގައި، ކުޅިވަރުގެ އުސޫލު ބުނާގޮތަކީ، ސްވިިޒަލެންޑްގައި ހުންނަ، ކޯޓް އޮފް އާބިޓްރޭޝަން (ކާސް) އަށް ދިއުމެވެ. އެކަމަކު، މިއީ ރާއްޖެ ފަދަ ގައުމެއްގެ މީހަކަށް ނޫނީ ކުޅިވަރު އެސޯސިއޭޝަނަކަށް ވެސް މާލީ ގޮތުން އުފުލޭނެ ބުރައެއް ނޫނެވެ. އެކަމަށް މިނިސްޓަރު ރާފިއު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

އެ ގޮތުން، އަންނަ މަަހު، މަޖިލީހަށް ފޮނުވޭ ކުޅިވަރުގެ ގާނޫނުގެ އިސްލާހުގެ ކަންކަން ނިމިގެން އަންނައިރު، ސްޕޯޓްސް އާބިޓްރޭޝަން އަކީ ބައިނަލްއަގުވާމީ ޖަމިއްޔާއަކާ ގުޅިގެން އަންނަ ވަކި އެންޓިޓީއަކަށް ވާނެ ކަމަށް މިިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޅިވަރުގައި މިހާރު ހުރި މައްސަލަތަކަށް އަލިއަޅުވާލައި، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އާއި ސްޕޯޓްސް ކައުންސިލާ ގުޅިގެން ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox